23:25

ކޮވިޑް-19 "ދެވަނަ ރާޅު" މިހާރު އަރާފައިވާ ސްޕޭނުން ރެކޯޑް އަދަދަކަށް މީހުން ކޮވިޑް-19 އަށް ފައްސިވަމުން އެބަދޭ.

23:04

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުގެ ވިސްނުމެއް ނެތް ކަމަށާއި އަދިވެސް ރާއްޖެ އޮތީ "ރެޑް ޒޯން"ގައި ކަމަށް ޕަބްލިކް ހެލްތު ސްޕެޝަލިސްޓް ޑރ.ޝީނާ މޫސާ ވިދާޅުވެއްޖެ.

22:38

ގދ. ހޯޑެއްދޫން އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

22:24

ޑރ. ޝީނާ މޫސާ: ވެކްސިނެއް ލިބެން ދެން އާދަތަކުގައި ހިފަހައްޓާލަން އެބަޖެހޭ. ޕޮއިންޓަކީ އަދިވެސް ރައްކާތެރިއެއް ނޫނޭ. އެޗްޕީއޭއާ އެކުގައި ދުވަސްކޮޅަކު ހޭދަކޮށްލަ ދެއްވާ.

22:22

ޑރ. ޝީނާ މޫސާ: އަޅުގަނޑުމެން އަދިވެސް ގްރީން ޒޯނަކަށް ނުދޭ. އަދިވެސް ދެ ތިން ހަފްތާ ވަންދެން ފިޔަވަޅުތަކުގައި ދެމިތިބުން ރަނގަޅު. މިކަން ސަސްޓެއިންކޮށް ކުރިއަށް ގެންދަން. އޭރުން މި ފެތުރޭ މިންވަރު އިތުރަށް ދަށްވެގެން ދާނެ. ރައްކާތެރިއެއް ނޫން ފިޔަވަޅުތައް ނަގާކަށް. ދެ ތިން ހަފްތާ ވަންދެން އަދި ހިފަހައްޓާލަން އެބަޖެހޭ.

22:18

ޑރ. ޝީނާ މޫސާ: އަޅުގަނޑުމެންގެ ތެރޭގައި ބަލި ފެތުރޭ މިންވަރު ދަށް އެބަވޭ. އެކަމަކު، ހިތްހަމަޖެހޭ ވަރަކަށް އަދިވެސް ބަލި ފެތުރުން މަދެއް ނުވޭ. އަދިވެސް މަސައްކަތްކޮށްލުން ރަނގަޅު.

22:17

ޑރ. ޝީނާ މޫސާ: ޓެސްޓިން ކެޕޭސިޓީ ސަސްޓެއިންކޮށް އެބަ ބެހެއްޓޭ. މިކަމުން އެނގެނީ އަޅުގަނޑުމެންގެ ތެރޭގައި ބަލި ޖެހޭ މިންވަރު ރަނގަޅުވެފައިވާކަން.

22:14

ޑރ. ނަޒްލާ ރަފީގްް: ކޮންމެވެސް ވަރަކަށް ކޭސްތައް ދަށްވާން ވަނީ ފަށާފައި. މި ފިޔަވަޅުތަކުގައި ދެމިތިބެން އެބަޖެހޭ. ކިރިޔާ ވެސް ދުލެއް ދީފި ނަމަ، އަނެއްކާ ވެސް ކޭސްތައް އިތުރުވުމުގެ ފުރުސަތު އެބައޮތް. ލޮކްޑައުނަށް ގޮސް އަލުން ދޫ ދިން ފަހުން ކޭސްތައް އިތުރުވި ތަން ފެންނާނެ.

22:11

ޑރ. ނަޒްލާ ރަފީގްް: ހޯޑެއްދޫ އިން 45 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައި. 33 މީހަކު ވަނީ ރަނގަޅުވެފައި. 13 މީހަކަށް ދަނީ ފަރުވާދެމުން. އެންމެ ފަހުން ފައްސިވީ ރިލީސް ސާމްޕަލުން ނެގި ނަތީޖާ ފައްސިވި މީހެއް.

22:11

ރާއްޖެ އިން އިތުރު 54 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

22:10

ޑރ. ނަޒްލާ ރަފީގްް: ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 1،424 ޓެސްޓެއް ހެދި އިރު، 54 މީހަކު ވަނީ ފައްސިވެފައި. އެއީ މާލެ ސަރަހައްދުން ފެނުނު 50 ވޭދަނަ އާއި ރަށްތަކުން ފެނުނު ހަތަރު ވޭދަނަ.

 

22:08

ޕްރެސް ކޮންފަރެންސް ފަށައިފި.

21:59

އެޗްއީއޯސީ އިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން ކުޑައިރުކޮޅެއްގެ ތެރޭގައި ފެށޭނެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ޕަބްލިކް ހެލްތު ސްޕެޝަލިސްޓް ޑރ. ޝީނާ މޫސާ ވެސް ބައިވެރިވެވަޑައިގަންނަވާނެ.

15:57

ކޮވިޑް-19 ފެތުރެމުން އަންނަ މި ދަނޑިވަޅުގައި އެމެރިކާގައި ފުރާވަރުގެ ކުދިންނަށް ބޮޑު ޕާޓީއެއް ބޭއްވި މައްސަލާގައި ބަޔަކަށް ދައުވާކުރަން ނިންމައިފި.

14:13

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން އިންޑޮނޭޝިއާއިން މަރުވި މީހުންގެ އަދަދު 10،000 އަށް އަރައިފި.

12:45

މާސްކް އަޅަން ދެކޮޅު ހަދާ މީހުންނަކީ ނަފްސާނީ މައްސަލަ ހުންނަ ބަޔަކަށް ވެދާނެ ކަމަށް ދިރާސާއަކުން ދައްކައިފި.

12:16

އެމެރިކާ ސަރުކާރުން ދިވެހިރާއްޖެ އަށް 60 ވެންޓިލޭޓަރު ހަދިޔާކޮށްފި.

12:14

މި އަހަރު ފެށިގެން މިދިޔަ ހަފުތާގެ ނިޔަލަށް ދައުލަތުގެ ހަރަދު 17.8 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަން ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި.

09:22

ކޮވިޑް-19 އާލާސްކަންފުޅުގައި އިންޑިއާގެ މިނިސްޓަރަކު އަވަހާރަވެއްޖެ.

08:32

އެމެރިކާ އިން ކޮވިޑް-19 އަށް ފައްސިވި ކުޑަކުދިންގެ އަދަދު 587000 އަށް އަރާފައިވާ ކަމަށް އެމެރިކާގެ އެކަޑަމީ އޮފް ޕެޑިއަޓްރިކްސް އާއި ޗިލްޑްރެންސް ހޮސްޕިޓަލް އެސޯސިއޭޝަނުން ނެރުނު ރިޕޯޓެއްގައި ބުނެފި.

04:38

04:07

03:41


ރާއްޖެ އިން މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވެސް ހުރީ ފާއިތުވި ދެހަފްތާއެއްހާ ދުވަހު ވެސް އެވްރެޖްކޮށް ހުންނަ މިންވަރުގައެވެ. މިއަދު ފައްސިވެފައި ވަނީ 67 މީހުންނެވެ. ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު 100 އިން މައްޗަށް ނުދާތާ މިހާރު ދިހަ ދުވަސް ވެއްޖެއެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިހާރު ބަލި ޖެހިފައި ތިބި މީހުންގެ އަދަދު ވަނީ 1315 އަށް މަދުވެފައެވެ. އަދި ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ 93 އަށް މަދުވެފައެވެ.

ރާއްޖޭގެ ހާލަތު އިތުރަށް ގޯސްނުވެ އެއްވަރެއްގައި ހިފެހެއްޓިފައި ވީނަމަވެސް ދުނިޔޭގެ ގިނަ ގައުމުތަކުގެ ހާލަތު ދަނީ ގޯސްވަމުންނެވެ. މިއަދު އިނގިރޭސިވިލާތުން ރެކޯޑް އަދަދަކަށް މީހުން ކޮވިޑް-19 އަށް ފައްސިވިއެވެ. މިއަދު 6178 މީހަކު ވަނީ އިނގިރޭސިވިލާތުން ކޮވިޑް-19 އަށް ފައްސިވެފައެވެ. ފްރާންސުން މިއަދު 13000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވިއެވެ.

ޔޫރަޕްގެ ގައުމުތަކުގެ އިތުރުން އެހެން ބައެއް ގައުމުތަކުގެ ހާލަތު ވެސް ގޯހެވެ. ޔޫއޭއީ އިން ވެސް މިއަދު ވަނީ ރެކޯޑް އަދަދަކަށް މީހުން ކޮވިޑް-19 އަށް ފައްސިވެފައެވެ. އިސްރާއީލުން ވެސް މިއަދު 9000 އަށް ވުރެ ގިނަ މީހުން ފައްސިވިއެވެ. އިންޑިއާގެ ހާލަތައް ބަލާއިރު މިއަދު ވެސް އިންޑިއާ އިން ވަނީ 87000 އަށް ވުރެ ގިނަ މީހުން ފައްސިވެފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު