އެޑިއުކޭޝަން މިނިސްޓްރީގެ އައު ބިޑު ކޮމިޓީ އެކުލަވާލާފައި ވަނީ އެކަމާ ގުޅިގެން ހަދާފައިހުރި ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ކަމަށް އެ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން މިގޮތަށް ވިދާޅުވެ، މިއަދު ބަޔާނެއް ނެރެފައި ވަނީ، ދިޔަރެސް ނޫހުގައި އެ މިނިސްޓްރީގެ ބިޑު ކޮމިޓީއާ ގުޅެގޮތުން ދައްކާފައިވާ ވާހަކަތަކާއި ގުޅިގެންނެވެ.

އެ ނޫހުގައި ބިޑް ކޮމެޓީއާ ގުޅޭގޮތުން ލިޔެފައިވާ "އެޑިއުކޭޝަން މިނިސްޓްރީގެ ބިޑްކޮމެޓީ އުވާލުން: ހުޅުމާލެ ޕްރީ ސްކޫލާއި ގުޅިފައި؟" އެ ހަބަރު މިނިސްޓްރީން ވަނީ ދޮގުކޮށްފައެވެ.

"އެއީ އެއްވެސް ހަގީގަތެއް ނެތް ދޮގު މައުލޫމާތުގެ މައްޗަަށް ބިނާކޮށް ލިޔުއްވާފައިވާ ލިޔުމެކެވެ". އެ މިނިސްޓްރީން ނެރުނު ނޫސް ބަޔާނުގައި ވެއެވެ. އަދި އޭގެ ތެދު ދޮގު އޮޅުން ފިލުވުމަށް އެ މިނިސްޓްރީއަށް ގުޅާފައި ނުވާ ކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ..

އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކުރީގެ ބިޑް ކޮމެޓީ އުވާލާފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ، އަދި އަލުން މިހަރުގެ ފެބްރުއަރީ މަހުގެ 18ވަނަ ދުވަހު ބިޑު ކޮމިޓީ އެކުލަވާލާފައިވަނީ ކުރިން މަސައްކަތް ކުރަމުން ދިޔަ ބިޑް ކޮމިޓީގެ ދައުރު ހަމަވެގެންކަމަށްވެސް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޙަސަނު

  ޙަސަން ވެސް ކޮމިޓީއަށް ހަމަ ޖެއްސީވެސް އުސޫލުންތަ އަޅެފަހެ؟ ނޫނީ ތީސިންގެ އަގުތޯ؟

 2. ހަލީލާ

  ނާހަމަ ތެދެއް؟ ތިހާ ވަރަކަށް ޤަވާއިދުން އުޅެވޭނީ، ކީކޭ ދެންބުނާނީ 🤔

 3. ޏ. ފުވައްމުލަކުން: ބެއްޔާގެ ބެއްޔާ

  ޑޮކްޓަރ ޙަސަން ޙަމީދަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގެ މަޤާމް ދެއްވީ ކަމަނާގެ ޕީ. އެޗް. ޑީ ތީސިސްގެ ސުޕަވައިޒަރުކަން ކޮށްދެއްވައި ޕީ. އެޗް. ޑީ ހޯއްދަވައި ދެއްވުމުގެ އަގެއްގެ ގޮތުގައި ތޯއެވެ؟

  4
  8