ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ފުރަތަމަ ފަހަރަށް މީހުން ދިރިއުޅެން ފަށައިފިއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި، ދެ ވަނަ ފިޔަވަހީގައި މީހުން އާބާދުވާން ފެށީ މިދިޔަ ހަފްތާގެ ތެރޭގައެވެ. ހުޅުމާލެ ދެވަނަ ފިޔަވަހިން ދޫކުރި ބިންތަކުގައި އަމިއްލަ މީހުން އަޅާފައިވާ ބައެއް ގެތަކުގެ މަސައްކަތް ނިމި ބައެއް އާއިލާތަކުން ވަނީ އެ ތަންތަނަށް ބަދަލުވެފައެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވިއްސަށް އަދިވެސް އެރުމުގެ ފުރުސަތު އޮންނަނީ ހައުސިން ޑިވެލޮޕްމަންޓް (އެޗްޑީސީ) ގެ ހާއްސަ ހުއްދައެއް އޮންނަ މީހުންނަށް އެކަންޏެވެ. އެކަމަކު، ގެތަކުގައި ދިރިއުޅޭ މީހުންނަށް ހުއްދައަކާ ނުލައި، ހުޅުމާލެ ދެވަނަ ފިޔަވިއްސަށް އެރުމުގެ ފުރުސަތު އޮތީ ދީފައެވެ.

ނިރޮޅުމަގާ ގުޅޭ ގޮތަށް ހެދި ބްރިޖު ކުރިމަތީ އޮންނަ ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ މަގުގައި މީހުން ދިރިއުޅެން ފަށާފައިވާ އިރު، އެ ސަރަހައްދުގައި ހުރި ބައެއް އެހެން ގެތަކުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރަމުންނެވެ. އެނގިފައިވާ ގޮތުގައި ދެ ވަނަ ފިޔަވަހީގައި ހަ އެޕާޓްމަންޓެއްގައި މީހުން ވަނީ ދިރިއުޅެން ފަށައިފައެވެ. އެކަމަކު، އެމީހުންގެ ގިނަ ކަންބޮޑުވުންތަކެއް އަދިވެސް އެބަހުއްޓެވެ.

ހުޅުމާލޭގެ ދެ ފޭސް ގުޅާލާ ބްރިޖެއް. --- ވަގުތު އިމޭޖަސް: އަހުމަދު އަލީ

އަލަށް ބަދަލުވި ގެއެއްގައި ދިރިއުޅޭ މީހަކު "ވަަގުތަށް" ބުނީ ދެވަނަ ފިޔަވައްސަށް ވަނުމުގެ ފުރުސަތު ލިބެނީ ލޮޓް ނަންބަރު ބުނީމަ ކަމަށެވެ. އަދި އެ ސަރަހައްދަށް ވަނުމުގައި ބޮޑެތި ދަތިތަކެއް ދިމާވަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.

"ލޮޓް ނަންބަރު ބުނެލާ އިރަށް އެޗްޑީސީގެ ސެކިއުރިޓީ ގާޑުން ވައްދާނެ. އެކަމަކު، ބައެއް ފަހަރު ވަރަށް އުނދަގޫވޭ،" އެމީހާ ކިޔައި ދިނެވެ.

އެމީހާ ބުނީ އެންމެ ބޮޑު މައްސަލައަކީ ދެ ވަނަ ފިޔަވަހިން ގިނަ ހިދުމަތްތަކެއް އަދި ލިބެން ނެތުމުން ކަމަށެވެ. އެގޮތުން މަގުތަކުގައި ހުރި ލައިޓްތައް އަދިވެސް ހުރީ ރަނގަޅުނުކޮށް ކަމަށްވާތީ، ރޭގަނޑު ގަޑީގައި އެ ސަރަހައްދު އޮންނަނީ ވަރަށް ބޮޑަށް އަނދިރިކޮށް ކަމަށް އޭނާ ބުންޏެވެ.

"އަނެއްކޮޅުން ނިރޮޅު މަގާ ގުޅިފައި އޮންނަ ބްރިޖު އެބަޖެހޭ ހުޅުވަން،" އެމީހާ ބުންޏެވެ.

މީގެއިތުރުން ވެހިކަލް ޕާކް ކުރެވޭނެ ސްލޮޓްތައް ކަނޑައަޅާފައި ނެތުމަކީ ވެސް އެމީހުންގެ ކަންބޮޑުވުމެކެވެ. އަދި ކެފޭތަކާއި ފިހާރަތައް ދެ ވަނަ ފިޔަވަހީގައި ނެތީމަ ވަރަށް ބޮޑަށް އުނދަގޫވާ ކަމަށް އޭނާ ބުންޏެވެ.

"މިހާރު އެއްޗެއް ގަންނަން ވިޔަސް، ސައި ތައްޓެއް ބޯލަން ވިޔަސް މި ދާން ޖެހެނީ ފުރަތަމަ ފިޔަވައްސަށް. އެހެންވެ ވަރަށް އުނދަގޫވޭ،" އެމީހާ ބުންޏެވެ.

ދެ ވަނަ ފިޔަވައްސަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެޗްޑީސީން މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށްވެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފަށާފައިވާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއަކީ 7000 ހައުސިންގ ޔުނިޓްގެ މަސައްކަތެވެ. ހައުސިން ޔުނިޓްތައް ލިބުނު ގިނަ ކެޓަގަރީތަކުގެ ވަގުތީ ލިސްޓްތައް މިހާރު އާއްމުކޮށްފައުވާއިރު، ސަރުކާރުން ދަނީ ފުލެޓްތައް ލިބޭ ފަރާތްތަކަށް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންނެވެ. ސަރުކާރުން ލަފާ ކުރާ ގޮތުގައި އެ ފްލެޓުތަކަށް މީހުންނަށް ވަދެވޭނީ އަންނަ އަހަރުއެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި މީހުން އާބާދުވާން ފެށީ 2004 ވަނަ އަހަރުއެވެ. އެތަނުގައި މީހުން އާބާދުވާން ފެށިތާ 16 އަހަރުވެފައި ވާއިރު ހުޅުމާލޭގެ އާބާދީ މިހާރު ވަނީ 50،000 އަށް ވުރެ މައްޗަށް އަރައިފައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ނަމުގައި ހުޅުމާލެއިން 244 ހެކްޓަރުގެ ބިން ހިއްކަން ފެށީ 2015 ވަނަ އަހަރުގައެވެ.

 

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. މޮޔަބެ

    ހާދަހާ އަވަހޭ ޖިންނި ބޭނުންކޮށްގެން ރ.ސޯލިހު މިފަދަ ސަހަރެއް ތަރައްގީ ކޮށްލިލެއް. ބަޓް ހުރިހާ ޝުކުރެއް ހައްގުވަނީ ބޭރުގެ ނުފޫޒުން ނުހައްގުން އަދަބު ދެއްވަމުންގެންދަވާ ރ.ޔާމިނަށް. ޤައުމު މިއަދު އަޅާކަރުނަ ތިބާމެން އަޅުވާނެ.. ހޭއަރާ ތިބެ ވިސްނަވާ.. ޤައުމެއްގެ މިނިވަންކަން ގެއްލުވާލަނީ.

    129
    19
  2. ކަނބުލޮ

    ޝުކުރު ހައްޤީ މިރާއްޖެ މިހާތަނަށް ދުށް އެންމެ ގަޓް، ކެރޭ، އިޙްލާސްތެރި، ލޮބުވެތި، ލޯބިވާ ރ.ޔާމީން އަށް. ޝުކުރިއްޔާ ރައީސް ޔާމީން.

    65
    7
  3. ތުނބުޅި

    ކޮއިމަލާ ކަލޯ ވެސް ރާއްޖެ އައީ ހުރިހާވަޞީލަތެއް ހިފައިގެންނެއްނޫން. އެހެންވީމަ ދެވަނަ ފޭސްއަށް އަލައްދާ މީހުންވެސް އެބެޖެހޭ ކެތްތެރިވާން . ފުރިހަމަވާން ވަޤުތުނަގާނެ

    40
    2
  4. ޙުޅުމާލެ ފޭސް 2

    ޢިންޓަނެޓް ހިދުމަތް ލިބެން ނެތުމަކީ ދިމާވާ ދަތި ކަމެއް ދަރިވަރުން އިންޓަނެޓް ބޭނުންކޮށްގެން އޮންލައިން ކްލާސްތައް ކުރިޔަށް ގެންދާއިރު ވަރަށް ދަތިކަމެއް. އެޗްޑީސީއިން މިކަމަށް އަވަސް ހައްލެއް ގެނެސްދޭނެ ކަމަށް އުއްމީދު ކުރަން

    28
    3
  5. އިބްރިހިމް ބެއްޔާ

    އެޖެންޑާ 19 ވަރަށް ތަފާތުވާނެ އަދި ރައްޔިތުމީހާއަށް ނުފެންނަނީ ، ފާސްޓްކަމުން ލޮލަށް
    1-އިންސާފު= ފެއިލް ( ކޓ ތަކުން އެގޭ)
    2-ޖަޒީރާދިރިއުޅުން ؟( ރަށުން ނުލިބޭ އެއްވެސް ޚިދުމަތެއް
    3-އޯގޯތެރިި ސަރުކާރު ފެއިލް
    4- ނޫ = ފެއިލް މަސްވެރިން ނަށް ލާރިކޮޅު ނުދިން
    5-ފަޚުރުވެރި ޢާއިލާ ފެއިލް - މިޤައުމުގައި އުޅެން ޖެހޭނީ އިންޑޯ އަންނި ދަރިކޮޅު

    38
    1
  6. ގަންހިންގާ

    ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިންދޫކޮށްފިތަ،ކޮންބަޔަކަށްތަ ލިބުނީ

    20
    • މޮޔަ ހަސަނު

      އެމް.ޑީ.ޕީގެ މަޖިލިސް އައްޑޫ ހުޅުދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އިލިޔާސް ލަބީބުއަށް ނުހައްގުން މިސަރުކާރުން ދީފައިވާ ބިމުގައި އިމާރާތެެއް އަޅާ އެއިމާރާތުގައި މީހުން އުޅެންފެށިއިރު މިދިޔަ ސަރުކާރުން 7000 ފުލެޓް އަޅައި އެތަންތަނުގެ ހައްގުވެރިން ނަށް ލިޔުން ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ ހަވާލުކޮށް ނިންމާފައިވާއިރުވެސް މި ވަގުސަރުކާރުން އެފަރާތްތަށް ނިކަމެތިކޮށް މަގުމަތިކޮށްލާފައި ވުމަކީ ހިތާމަކުރަންޖެހޭަރުގެ ކަމެއް!

      24
  7. ހައްވަ

    ހުލުމާލޭ ދެވަނަ ފިޔަވަހީގައި ކިހިނެއް އެ ޅިގެތަކެެެެއް. ބާ؟
    ކޮން ބަޔަކަށް ކިހިނެއް ލިބިފަ ހުރި ގެތސކއެއްބާ؟
    ޖަމަ ހިތުގައި އުފެދޭ ސުވާލެއް1

    31
    2
  8. ހަސަން

    2 ވަނަ ފިޔަވެސް އަށް ދާއިރުވެސް އިންގެން ޖެހޭނެ ދޯ ފިހާރަ އާއި ކެފޭ ނުހުންނާކަން. ދެން ކެއް ކޮށްލާ އަންނަ އަހަަރަށް މީހުން އާބާދީ ވަން ދެކަށް!!

    23
  9. ސަމޭދާން

    ކާކު ކޮންއިރަކު ކޮންގޮތަކަށް ދޫކުރި ގޯއްޗެއްތޯ؟

    29
  10. Anonymous

    ޝުކުރިއްޔާ ރ. ޔާމީން.
    ފުރިހަމަ ޞިއްޙަތެއްގައި ލަހައްޓަވާށި. އާމީން
    ޖަލުގައި ހުންނެވިޔަސް މަނިކުފާނުގެ ތަރައްޤީ ހަފަރާތުން.

    53
    5
  11. ކަންބުލޮ

    ރައީސްޔާމީނާ ދެކޮޅައް ކުރިމިނަލް ކޯޓްގަ އުޅުއްވި ވަކީލާއައް އައްޑުއަތޮޅު މަޖްލިސް މެންބަރަކު ގަނެދީފައޮތް ގޯއްޗެއްވެސް 2 ވަނަފިޔަވަހީގަ އޮތްކަމައްކިޔާއަޑުއިވޭ

    7
    2
  12. Anonymous

    ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފަށާފައިވާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއަކީ 7000 ހައުސިންގ ޔުނިޓްގެ މަސައްކަތެވެ. ހައުސިން ޔުނިޓްތައް ލިބުނު ގިނަ ކެޓަގަރީތަކުގެ ވަގުތީ ލިސްޓްތައް މިހާރު އާއްމުކޮށްފައުވާއިރު، ސަރުކާރުން ދަނީ ފުލެޓްތައް ލިބޭ ފަރާތްތަކަށް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންނެވެ
    މި ސަރުކާރަށް އެއްވެސް ޙައްޤެއް އޮތްކަމެއް ނޫން. ފްލެޓް ލިބޭ މީހުން ކަނޑައެޅުން. ކުރިން ދިން މީހުންނަށް ޙަވާލުކުރުމުގެ ޙައްޤު އޮތީ. ބޭނުންވާ ބަޔަކަށް ދިނުމަށްޓަކައި ކުޅޭ އޮށްވަޅު ގޮނޑިއެއްމީ. މަކަރާއި ޙީލަތުން ޙައްޤުވެރިންގެ ކިބައިން ނިގުޅާ ގަތުމަށްކުރާ ކަމަކަށް ނޫނީ ނުވެ މިކަން.

  13. ޢަރިއަރި

    ނޫނޭ ތިހަ އެޕާރޓުމަންޓު މީހުން އެކަނި ތިހެން ތިތާ އުޅުނީ! ދެން ތި ބޭފުޅާއަށް ރެސްޓޯރެންޓަކާއި ސައިބޯން ކެފޭއަކާއި ބްރިޖަކާއި ލޮޓު ނަންބަރު ބުނަން ނުޖެހޭ ކަހަަލަ ގާރޑެއް ބަހައްޓާނަން! އޯކޭއެއްނު! ކަލޯ މީވެސް ހަމަ ޒާތެއްގެ ދިވެހިން!

    4
    1
  14. Anonymous

    ލަދުކޮބާތޯ މިސަރުކާރުގެ
    ނުކެރުނުދެއްތޯ ރަސްމިއްޔާތު ބާއްވާލައިފަ ހުޅުވާލާކަށްވެސް. ދަރުމަވަންތަ ހޮސްޕިޓަލޭ ކިޔާ ބިރުވެރި ހޮހޮޅަވެސް ބޭނުން ކުރަނީ ހުޅުވުމުގެ ރަސްމިއްޔާތު ނުބާއްވާ ކަންނޭނގެ. ހާހާ ނުކެރޭނެ ނު. ތަޢުރީފު ޙައްޤު ބޭފުޅާ ހުންނެވީ ޖަލުގައި ވިއްޔާ. ޝުކުރިއްޔާ ރ. ޔާމީން. ސޯލިޙަށް ވެސް ޝުކުރު ދަންނަވާނަން އެކަހަލަ ބިރުވެރި ހޮހޮޅައާއި ކޮތަރު ކޮށި ތައް އަޅައިދެއްވައިފިއްޔާ. ކަންކަން ނުކުރެއްވެންޏާ އިސްތިޢްފާ ދެއްވާ. ބަހައި ޢަމަލު އެއްގޮތް ކުރައްވާ.

  15. ބިންބި

    ނޫނޭ ފޮނިއަރާލާފަ ހުރި މީހެއް ތިޔަ ވާހަކަދެއްކީ. ބޯކޮޅު ހުރީ މައްޗަށްބާ އަނެއްކާ؟ ދެވަނަ ފިޔަވަހީގެ ގެޔަކަށް ދެވުނީމަ ދުނިޔޭގެ އާޖުފާޖުވެސް ނޭނގުނީދޯ. އަލަށް ތިޔަ ދިޔަ ގޭގައި ހުރިހާ އެއްޗެއް ހަމަތޯ ޗެކްކޮށްލަން ފެނޭ.