ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށާއި އެގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެންނަން ވިސްނަވަމުން ގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން މިއަދު ވިދާޅުވެއްޖެއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތަކާ ގުޅޭ ގޮތުން އަލީ ހުސައިން ވާހަކަ ދެއްކެވީ އެ ގާނޫނަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގެންނަން ބޭނުންވާ އިސްލާހުތަކުގެ ކަރުދާހެއް އެކުލަވާލައި ޕާޓީތަކާއެކު އޭގެ މަޝްވަރާ ފަށާފައިވަނިކޮށެވެ.

އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވަނީ ތިން ކަމަކާ ގުޅޭ ގޮތުން އާންމު ރައްޔިތުންގެ ހިޔާލަކީ ކޮބައިތޯ ސުވާލު ކުރައްވައިފައެވެ. އެއީ ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމާއި، ޕާޓީތަކަށް ރާއްޖެއިން ބޭރުގެ ފަރާތްތަކުން ފަންޑު ހޯދުމާއީ، އީސީ އިން ޕާޓީތަކުގެ ދަފްތަރުތައް ބެލެހެއްޓުމަށެވެ. އަލީ ސުވާލު ކުރެއްވީ އެ ކަންކަން ނިންމުމަކަށް ގެނައުން ކިހިނެއްވާނެތޯއެވެ.

އަލީ ހުސައިން "ވަގުތަށް" ވިދާޅުވީ އެ ތިން ކަމަކީ ކުރަން ޖެހޭ ކަމެއް ކަމުގައި ގަބޫލު ކުރައްވާ ކަމަށެވެ.

އެ ގޮތުން ޕާޓީތަކުގެ ގާނޫނަށް އެ އިސްލާހުތައް އޭނާ ހުށަހެޅުއްވުމަށް ވިސްނަވަމުން ގެންދަވާ ކަމަށާއި އެ ހުށަހެޅުއްވުމުގެ ކުރިން އާންމުންގެ ހިޔާލު ހޯދަން ބޭނުންފުޅުވާތީ މިހާރު ގެންދަވަނީ އެ މަސައްކަތް ކުރައްވަމުން ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ތާއީދު ކުރާ ކަންކަން، އެ އިސްލާހުތައް ގާނޫނަށް ހުށަހަޅަން ވިސްނާފައި އޮންނަނީ، އޭގެ ކުރިން މިހާރު މި ދަނީ އާންމު ރައްޔިތުން އެ ކަމާ ގުޅޭ ގޮތުން ދެކެނީ ކޮން ގޮތަކުންތޯ ހޯދައި ބަލަމުން،" އަލީ ހުސައިން ވިދާޅުވިއެވެ.

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުން ނިންމަން ޖެހޭ ގޮތަށް ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެންނަން އަލީ ހުސައިން ވާހަކަ ދެއްކެވިއިރު، އީސީގެ ކަރުދާހުގައި ވަނީ ބަޖެޓުން ޕާޓީތަކަށް ފައިސާ ދޫކުރަން އޮންނަ އުސޫލު އިތުރަށް ފުޅާކޮށްފައެވެ.

މިހާރު ޕާޓީތަކަށް ފައިސާ ދޫކުރަނީ 10،000 އަށް ވުރެ ގިނަ މެންބަރުން ތިބޭ ޕާޓީތަކަށް މެންބަރުން ތިބި ނިސްބަތުން ފައިސާ ބެހިގެންދާ ގޮތަށެވެ. އެއީ ޖުމުލަ ބަޖެޓުން 10،000 އަށް ވުރެ ގިނަ މެންބަރުން ތިބޭ ޕާޓީތަކުގެ ޖުމުލަ މެންބަރުންގެ ތެރެއިން މެންބަރަކަށް ޖެހޭ ނިސްބަތަށެވެ.

އީސީގެ ކަރުދާހުގައިވަނީ މިހާރު ވެސް އަމަލު ކުރަމުންދާ އެ އުސޫލުގެ ދަށުން ޕާޓީތަކަށް ކަނޑައަޅާ ޖުމުލަ ބަޖެޓްގެ 25 ޕަސެންޓް ދޫކުރުމަށެވެ. ޖުމުލަ ބަޖެޓްގެ 15 ޕަސެންޓް ދޫކުރަނީ އިދާރީ ބަޖެޓެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ކޮންމެ ޕާޓީއަކަށެވެ.

ބަޖެޓްގެ ބޮޑު އިންސައްތައެއް ކަނޑައަޅާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕާޓީތަކަށް ވޯޓު ލިބޭ ނިސްބަތަށެވެ. މި އުސޫލުން ޕާޓީތަކުގެ މެދުގައި ފައިސާ ދޫކުރާ ގޮތަށް ކަނޑައަޅާފައި ވަނީ ޖުމުލަ ބަޖެޓްގެ 30 ޕަސެންޓްއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީގެ ކޮމިޓީތަކުގެ އިންތިހާބުގައި ޕާޓީތަކަށް ވޯޓު ލިބޭ ނިސްބަތުން ފައިސާ ބެހިގެންދާ ގޮތަށް ވެސް ބަޖެޓްގެ ބައެއް ކަނޑައަޅާފައިވެއެވެ. އެއީ ކައުންސިލް އިންތިހާބުގެ ވޯޓުގެ ނިސްބަތަށް 10 ޕަސެންޓް އަދި އަންހެނުންގެ ކޮމިޓީޓަކުގެ އިންތިހާބުގެ ވޯޓުގެ ނިސްބަތަށް 10 ޕަސެންޓްއެވެ.

ޖުމުލަ ބަޖެޓްގެ ބާކީ 10 ޕަސެންޓް ކަނޑައަޅާފައި ވަނީ ޕާޓީތަކުން އަންހެން ކެންޑިޑޭޓުން ނެރޭ ނިސްބަތަށް ބަލާފައި ޕާޓީތަކުގެ މެދުގައި ފައިސާ ދޫކުރުމަށެވެ. އެއީ މަޖިލީހުގެ އިންތިހާބަށް އަންހެން ކެންޑިޑޭޓުން ނެރެފައިވާ ނިސްބަތަށް ފަސް ޕަސެންޓް އަދި ކައުންސިލް އިންތިހާބުގައި އަންހެން ކެންޑިޑޭޓުން ނެރެފައިވާ ނިސްބަތަށް ފަސް ޕަސެންޓްއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ހުސޭނުބޭ

    މިހާތަނަށް ޢަލީ ހުސައިނަށް ބުނެނުނު އެންމެ ރަގަޅު ވާހަކައަކީ ތިއީ!

    32
  2. ަކުރަފިދާދާ

    އަޅުގަނޑު ދެކޭ ގޮތުގައި ދައުލަތުގެ ބަޖެޓުން ފައިސާ ދީގެނެއް ނުވާނެ! އެއީ ޕާޓީ ހިންގަން ބޭނުންވާ ޕާޓީތަކުން އެމީހުން ޖެހޭނެ ޕާޓީ ހިންގާނެ ގޮތް ހޯދަން! އެމީހުން ޕާޓީ ހަދާފައި ދައުލަތަށް ބަލަން ހަވާލުކުރުމަކުން ކަމަކު ނުދާނެ! އަދި ފައިސާ ދޫކުރަންޏާ އުސޫލުތައް އޮންނަންވާނީ ކިތަންމެ މަދުން މީހުން އުޅުނު ކަމުގައިވިޔަސް ފައިސާ ލިބޭގޮތަށް. ސަބަބަކީ މަދު މިހުން އުޅޭ ޕާޓީގައިވެސް އުޅެނީ ދިވެހި ރައްޔިތުން. އެހެންކަމަށް ވަންޏާ ދިހަހާސް ހަމަނުވިޔަސް ދޫކުރާ ހުރިހާ ފައިސާއަކުން ހުރިހާ ޕާޓީއަކަށްވެސް ނިސްބަތުން ލިބެންވާނެ!

  3. ކުޑަ ހުއްތު ބޭ

    އަލީ ހުސެއިނަށް "ދަގަނޑު ދަހަނާ އެވޯޑު" ހައްގު

    9
    1
  4. އަޙްމަދު

    ވަރަށް ރަނގަޅު ވާހަކައެެއް! އޭރުން ޕާޓީ ބޮޑުކުރުމަށް އޮޅުވާލައިގެން މީހުންވެއްދުން ހުއްޓުމަކަށް އައިސް ޒިންމާދާރު ޕާޓީ ސިސަޓަމެއް ހިންގޭނީ!

    11
  5. ޒިޔާ

    މާލަސް ވެއްޖެ އަވަސް ކުރަންޖެހޭ
    ތީ ގައުމީ ވިސްނުމަ ކީ

  6. އިބޫ

    ތީ މިހާރުން މިހާރަށްވެސް ކުރަން ލަސްވެއްޖެ ކަމެއް.

    10
  7. ޔެސް

    ޔެސް. ވަރަށް ރަނގަޅު ވަހަކައެއް. ވަރަށް ތާއީދު. މިހާރުން މިހާރު ކުރަން ވެއްޖެ ކަމެއް. އަދި މިހާލަތް މިއީ ތިކަން ކުރަން އެންމެ ރަނގަޅު ދަނޑިވަޅު. ކައުންސިލް ތަކުގެ ބަޖެޓް ކުޑަ ކުރމަށްވުރެ ރަނގަޅީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭބައި އުނިކުރުން.

  8. ގައުމީ ލޯބި

    1000% ތާއީދު ކުރާ ވާހަކައެއް.. ޓެކްސް ފައިސާއިން ޕާރޓީތަކަށް ޚަރަދުކުރަން އަހަރުމެން ދެކޮޅު..

    ކޮންމެ ޕާރޓީއެއްވެސް ހިންގަންވީ އެމީހުން (ބޮޑުން ގެ ޖީބުން) ދައުލަތުން ނުޖެހޭ ޓެކްސް ފައިސާ ދޭކަށް..

    އަލީހުސޭނުމެން ކަހަލަ ގައުމީ މީހުން މި މަޖިލީހުގަިއ ތިބެންވީ

  9. ބުނެލަން

    ވަރަށް ރަނގަޅު ވާހަކައެއް. ސަރުކާރުގެ ބަޖެޓުން ޕާޓީތަކަށް ލާރި ދީގެން ނުވާނެ. އެމީހުނަށް ދެންޏާ މަދަނީ ޖަމިއްޔާތަކަށްވެސް ދޭންވާނެ. ޕާޓީތަކަށްވުރެމަދަނީ ޖަމިއްޔާތަކުގެ ފަރާތުން ރައްޔިތުންނަށްވާ ފައިދާ ބޮޑު. ޕާޓީ ތަކުން އުފައްދަނީ ފިތުނަ. ލާރިކޮޅަށް ވާނުވާ ނޭނގެ ނޫންތަ؟

  10. ހުޅުކޮޅު

    ފައިސާ ދެއްވާނަމަ ދެއްވަންވީ ދައުލަތައް ލިބޭ އާމުދަނީ އިން.
    ފާސްކުރާ ބަޖެޓަކުން ނޫން.
    އިތުރަށް ނަގަން ނިންމާފައި އޮތް ކައުންސިލު ނެގުންވެސް މަޑުޖައްސަންވީ.
    އެގޮތަށް އިސްލާހެއް ހުށަހަޅަންވީ. ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިި

  11. ޟމމ

    ޢަހަރެމެން ދަރިން ހޯދަނީވެސް އަހަރެމެންނަށް ދަރިންނަށް ކޮށްދޭންޖެހޭ ކަންކަން ކުރެވޭނެތީ، އެހެންވީމަ ޕާރޓީ ހަދައިގެން އަހަރެމެން ދައްކާ ލާރިކޮޅުު އެމީހުން ސިޔާސީ ކުޅިވަރު ކުޅެން ދޫކޮށްގެން ނުވާނެ

  12. Faraa

    Varah bodu thedhu fulheh. Evves party eh ge dhafthatharun niyaavaa meehun ves uni nukoh sarukaarun kamakaa nulaa kuraa bodu kharadheh.

  13. ސާހިދު

    މީ މުޅި ރައްޔަތުންގެ ލާރި ހަމަ ޔަގީނުންވެސް އަހަރެއް ޤަބޫލެއްނޫން ޕާރޓީތަކަށް ފައިސާދޭކަން ތި ޕާރޓީ ސިސްޓަމް މި ޤައުމަށް ގެނައުމުން މުޅި ޤައުމު ހަލާކުވެ ނިމިއްޖެ

  14. ތާކިހާ

    ކަލޯ ޤާސިމު އަތުގައި ނޫނަސް ސިޔާސީ ޕާޓީ ހިންގޭވަރަށް ފައިސާ ހުރެދާނެ. އިނގޭތޯ. ތިޔަ ކުޅުއްވަނީ މާމޮޅު ކުޅިއެއްނޫން. # އުސްތާޒު ބޯގޮވީތޯ

  15. އަލިކާ

    ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ފައިސާ ދިނުން ނިމުމަކަށް ގެންނަން ޖެހޭ: އަލީ ހުސައިން ތިޔައީ 100% ވާހަކައެއް ތިޔަޕާޓީތައް ތިޔަ ހިންގަނީ ރައްޔިތުންގެ އަތުން އަތުލާ ޓެކްސް ޕޭ ރުފިޔާއިން ތިޔައިންޕާޓީޔަކުން ރައްޔިތަކައް ކޮއްދޭ ކަމެއްނޯވޭ ޕާޓީޔަކައް ބާރެއް ލިބޭއިރައް ބަލަނީ ރައްޔިތުންނައް ޖެއްސުންކޮއް އަޅުވެތިކުރަން ހަގީގަތުގަ ޕާޓީގެ މަގްސަދަކީ ރައްޔިތުން ބައިބައިކޮއް ނިކަމެތިކުރުން އެކަން މިހާރު ތަހައްމަލް ކުރަމުން މިގެންދަނީ ވެރިން ބޭނުން ކަމެއް ކުރަމުން ބޭނުންހާ އެއްޗެއް ހަދަމުންދާއިރު ރައްޔިތުން ޕާޓިގެ ހައްގުގައި ހަނު މިތިބެނީ ކާބަފައިންގެ އިރުގައި ޕާޓީއެއް ނޯވޭ ރައްޔިތުން މާބާރުވެތިކޮއް އުޅެމުން އައީ ަރުކާރުން ރައްޔިތުންނައް ގެއްލުންވާ ރައްޔިތުން ބޭނުން ނުވާ ކަމެއް ކުރަންޏާ ސަރުކާރު ހަމަމަގައް އަޅުވާ ރައްޔިތު އެނމެން ނިކުމެ އެއީ ހުރިހާ ރައްޔިތުންނަކީ އެއްޕާޓީއެއް އެހެންވީމަ ޕާޓީތަކެއް ހަދައިގެން ރައްޔިތުން ބައިބައިކޮއްލީ މީޔަހޫދީންގެރޭވުން އެތަންތާގައި އުމުރައް ރަނިކަން އެކުރަނީ މިހެން ހަދައިގެން ރައްޔިތުން ހޭއަރަންވީ

  16. މެކް

    މިހާތަނަށް ޢަލީ ހުސައިނަށް ބުނެވޭނެ އެންމެ ރަގަޅު ވާހަކައަކީ ތިއީ!
    އަހަރެމެން އަބަދުވެސް މިކިޔަނީ ރައްޔިތުންގެ ފައިސާއިން ޕާޓީތައް ހިންގާކައްނުޖެހޭނެޔޭ އެއީ އބައެއްގެ ކަމައެ ފައިސާ ދޭކަމައްވާނަމަ ކޮށްމެ ދިވެހި ކުންފުންޏަކައްވެސް ލާރި ދޭންޖެހޭނެ އަދި ވައުދާ ހުވާކޮށްގެން އަންނަ ވެރިންގެ ވައުދު ފުއްދައް ކިރުބެކެޓާ ނެޕީވެސް ރައްޔިތުންގެ ފައިސާއިން ދޭކަށްނުޖެހޭނެއެވެ. 2023 ގައި އަހަރެއް ހޮވައި ފިއްޔާ ކޮށްމެ ރައްޔިތަކަށް މަހަކު 1000ޑޮލަރު ދޭނަން. ވަރިހަމަ ދައުލަތް އޮޔާދިޔައަސް

  17. ޖުމުހޫރީ މައިދާނުން

    ތާއީދު

  18. ރަނާ

    ޤައުމަށާ، ރައްޔިތުންނަށް ހެޔޮއެދިގެން ތިވަރު ބަހެއް ބުނީތީ އަލީހުސައިނަށް ޝުކުރު އަދާކުރަން، ތިކަން އަވަސް ކުރަން މަސައްކަތް ކޮށްދެއްވުން އެދެން. ޕެޓޝަނެއް ހައްދަވައިގެން ހުރިހާ ރައްޔިތުން ލައްވާ ސޮއިކުރުވާ ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކަށް ހުށައެޅުމަށް ސޮއިކުރަން ތައްޔާރަށް މިތިބީ، މިދަނޑިވަޅު ހަމަކޮންމެހެން ކުރަން ލާޒިމުކަމެއްތީ. އަޅުގަނޑުމެން ރައްޔިތުން މިތިބީ އަލީ ޙުސައިނާއެކު، އަވަސްކޮށްދެއްވާ،

  19. އަހުމަދު ނީޒް

    100 އަށް ތާ އީދު