ސްކޫލްގައި ހިންގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން "ހިތް ކުދި ކުދި " ވެއްޖެ ކަމަށް އެމެރިކާގެ ރައީސް ޓްރަންޕް ބުނެފިއެވެ.

ބަޑިޖެހުމުގެ މިހާދިސާއާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނީ، އެޚަބަރާއެކު ވަރަށްބޮޑު ހިތާމައެއް ލިބިފައިވާ ކަމަށާއި އަދި އެކަމުގެ ސަބަބުން "ހިތް ކުދި ކުދި " ވެއްޖެ ކަމަށެވެ.

ބަޑިޖެހުމުގެ މިހާދިސާއާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އެޚަބަރާއެކު ވަރަށްބޮޑު ހިތާމައެއް ލިބިވަޑައިގެންފި ކަމަށާއި އަދި އެކަމުގެ ސަބަބުން "ހިތްފަޅައިގެންގޮސްފައިވާ" ކަމަށެވެ.

ބަޑި ހިފައިގެން ސްކޫލަށް ވަން ބަޔަކު ދަރިވަރުންގެ ތެރެއަށް ބަޑި ޖެހުމުން 10 މީހަކު މަރުވިކަން މިހާތަނަށް ކަށަވަރުވެފައި ވާއިރު އިތުރު ބައެއް މީހުން ޒަހަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ ކުރިން އެމެރިކާގެ ފްލޮރިޑާގެ ހައި ސްކޫލްގައި ބަޑިޖަހައި 17 ކިޔަވާ ކުދިންނާއި ޓީޗަރަކު މަރާލި ހާދިސާއާ ގުޅިގެން ޓްރަމްޕްވަނީ، ސްކޫލްތަކުގެ ޓީޗަރުންގެ އަތަށް ހަތިޔާރު ދީފައި ބޭތިއްބުމަށް ތާއީދުކުރައްވާކަން ހާމަ ކުރައްވާފައެވެ.

އެމެރިކާގައި އާންމުން ހަތިޔާރު ކޮންޓްރޯލް ކުރަންވެސް ޓްރަމްޕް ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ.

ހަތިޔާރު ހިފައިގެން ތިން މީހަކު ސްކޫލަށް ވަން ކަމަށް ވެއެވެ. އޭގެތެރެއިން އެކަކު މިހާރު ވަނީ މަރާލާފައެވެ. އަދި ދެމީހުން ވަނީ ހައްޔަރުކޮށްފައެވެ.

ސްކޫލްގެ ގޯތިތެރެއިން ގޮވާތަކެތި ވެސް ވަނީ ފެނިފައެވެ.

މިހާދިސާގެ ތަޙްޤީޤުގެ މައުލޫމާތު އެނގޭ ފުލުހުންގެ އޮފިސަރަކު ނަން ހާމަނުކުރަން އެދި މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ދަރިވަރުންނާއި ސްކޫލްގެ މުވައްޒަފުން ވެސް ހިމެނޭ ކަމަށެވެ.

ފުލުހުންގެ އޮފިސަރު ބުނީ ހަމަލާ ދިނުމަށް ރައިފަލާއި، ޝޮޓް ގަން އާއި ފިސްތޯލަ ވެސް ބޭނުން ކޮށްފައިވާ ކަމަށެވެ.

ހަމަލާ ދިނުމުގައި ބައިވެރިވި އެކަކުގެ މައުލޫމާތު ފުލުހުން މިހާރު ވަނީ ހާމަކޮށްފައެވެ. އެއީ 17 އަހަރުގެ ޒުވާނެއް ކަމަށް ފުލުހުން ބުނެއެވެ.

ބަޑި ޖަހާފައި ވަނީ ސަންޓަ ފީ ހައި ސްކޫލްގައެވެ. އެސްކޫލަކީ ބަޑި ޖެހުމުގެ ނުރައްކާތެރި ހާދިސާއެއް ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު ހިނގި ޕާކްލޭންޑްގެ ހައި ސްކޫލާއި 30 ވަރަކަށް މޭލު ދެކުނުގައި ހުންނަ ސްކޫލެކެވެ.

އެމެރިކާގެ ސްކޫލްތަކާއި އާންމުން އެއްވާ ތަންތަނުގައި ބަޑި ޖަހާ ކުށެއް ނެތް މީހުން މެރުމަކީ އާންމު ކަމެކެވެ. ނަމަވެސް ބަޑި އުފައްދާ ބޮޑެތި ކުންފުނިތަކުގެ ނުފޫޒު ސިޔާސީ ދާއިރާގައި ގަދަވުމުން ބަޑި ގެންގުޅުން ކޮންޓްރޯލް ކުރަން ޤާނޫނުތައް ފާސްކުރަން އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސް ވަނީ ނުކުޅެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ދޮންބެ

    އިޒްރޭލުން ހަމަލާދީ ފަލަސްތީނުގެ ރައްޔިތުން ޝަހީދުކުރުމަށް ޓްރަމްޕް ތާއީދުކޮށް ބަޔާންނެރޭއިރު ތިތް ފަޅައިގެންދާނެ މީހުން ތިބޭނެކަމަށް ޓްރަމްޕަކަށް ނުވިސްނޭ... އެމެރިކާ އެންމެން އަމިއްލައަށް އެމީހުން އެމީހުންނަށް ބަޑިޖަހާ މެރުމަށް އަހަރެން ތާއީދު

  2. އާދަނު

    އިސްރާއީލުން ފަލަސްތީނުގެ ކުށެއްނެތް 62 މީހުންގެ ގަޔަށް ބަޑިޖަހައި މަރާލުމުން މީނަގެ ހިތަށް އަސަރުކުރުމުގެ ބަދަލުގައި އެކަންކުރި ގާތިލުންނަށް ދިނީ ހިއްވަރު. މިހާރު އެމެރިކާގެ ދިިހަވަރަކަށް މީހުން މަރުވީމާ ހިއްފަޅައިގެން ދިޔައީ މިއީ ޑިމޮކްރަސީގެ ނަމުގައި އިންސާނީ ހައްގުތަކުގެ ނަމުގައި އެހެން މީހުންނަށް ނަމޫނާ ދައްކާށޭ ކިޔައިގެން މިިއުޅޭ އެމެރިކާގެ އިންސާފު

  3. އަޙުމަދު

    ފަލަސްތީނުގެ ރައްޔިތުން ގަޔަށް އިސްރާއީލްގެ ސިފައިން ލައްވާ ބަޑިޖަހާ ކުޑަކުއްޖެއް މުސްކުޅިއެއް ނުބަލާ މަރަމުން ދާއިރު ހިތް ކުދިކުދި ނުވަނީ ކީއްވެތޯ؟ ތީހަމަ ދެއްކުންތެރިކަން.

  4. ޖިންނި

    ކަލެއަށް ދެ ދުނުޔޭގަ ވެސް އޮތީ ހިތާމަ ، އިންޝާﷲ !

  5. ބުނެލީ

    ހިތެއް އޮްތް މީހެއް ނަމައެއްނު ފަޅަގެން ދާނީ..

  6. ހިތް ކުދިކުދި

    ފަލަސްތީނުގެ ކުދިން މަރުވީމާ އުފާކުރުން ހުއްޓާލަން ނުވޭތޯ

  7. އައްމި

    ކަލޭގެ ހިތް ކުދިކުދި ވިއިރު ފަލަސްތީނުގެ ހިކަމެތި ރައްޔިތުން މަރަމުންދާއިރު ކަލާއަށް ނުފެނޭތަ

  8. ޅޮކު

    ތިޔަ ހިތް ރަންގަޅީ ހަމައަސްލައްވެސް ފަޅައިގެން ދިޔައިއްޔާ..