ފިލްމް އިންޑަސްޓްރީގައި މަސައްކަތް ކުރަމުންދާ ފިލްމީ ތަރި މުހައްމަދު ޔުނާން އާއި އޭނާގެ އަންހެނުން ފާތިމަތު ރިހުލާ ފުލުހުންގެ ވެހިކަލަށް އަރުވައިގެން ގެންގޮސްފިއެވެ.

މި ދެމަފިރިން ފުލުހުންގެ ވެހިކަލަަށް އަރުވައިގެން ގެންގޮސްފައިވަނީ މީގެ އިރުކޮޅެއް ކުރިންނެވެ.

މި މީހުން ފުލުހުންގެ ވެހިކަލަށް އަރުވައިގެން ގެންދިޔައީ އެ މީހުން ހުޅުމާލޭގައި ދިރިއުޅެމުންދާ ގެ ކައިރީގައި ބަޔަކު މުޒާހަރާ ކުރަން ފެށި ފަހުންނެވެ.

މައުލޫމާތު އިނގޭ މީހަކު ބުނެފައިވާގޮތުގައި، މި ދެމަފިރިން ކުޑަ ދެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

ފުލުހުން ވިދާޅުވީ، ހުޅުމާލޭގައި އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކާއެކު އިތުރު ދެ މީހަކު ގަދަކަމުން ބަދްއަޚްލާގީ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އިއްޔެ ހަވީރު 16:00 ހާއިރު ފުލުހުންނަށް ހުށަހެޅުނު ކަމަށެވެ.

އަދި މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިއަދު އިރުއޮއްސުނު ފަހުން ޔުނާން އާއި ރިހުލާ ފުލުހުންގެ ވެހިކަލަށް އަރުވައިގެން ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާއްމުވެފައެވެ.

ފުލުހުން ވިދާޅުވީ،މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވީ، އެ ސަރަހައްދުން ފުލުހުންގެ ވެހިކަލްގައި ފުލުހުންގެ ސްޓޭޝަނަށް ގެނެސްފައި ވަނީ އަމިއްލައަށް ރައްކާތެރިކަމަށް އެދުނު ދެ މީހެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މިއަދު

    ތިދެމަފިރިންނަށް ކަމެއްކަހަލަ ކަމެއްނުކުރެވުނީތަ

    43
    2
  2. Arrest The Assulters#

    😡 Shame on them

    46
    3
  3. Anonymous

    "އެހެނަސް" އިން ރިއަލް ލައިފް.

    48
    7
  4. އިޖާބަކުރައްވާންދޭންވެ

    ތިޔާއީ ބަޔެއްގެ ނުބައި ރޭވުމުން އެ ދެމަފިރިންގެ އަގު ވައްޓާލަން ވެގެން އެމްޑީޕީގެ ވަގުން ތަކެއް ކުރާ ކަމެއް ކަމަށް މަމެންނަށް ވަރަށް ބޮޑަށް ހީވެއޭ އެނޫން ގޮތަށް ތިޔާ ކަން ނުދާނެއޭ ސަބަބަކީ އެއީ އެމެންގެ ރައީސް އޮބާ ބާއްވާފައޭ އެ ދެ މަފިރިންގެ ތުއްތު ދަރިފުޅު އިންޑިއާ އަށް ފޮނުވީ އެއީ ތީގައި މައްސަލަ އަކީ މީ ވަރަށް އަނިޔާވެރި ސަރުކާރެކޭ ރައީސް އިބޫގެ ސަރުކާރަކީ ރައީސް އިބޫގެ ސަރުކާރު ނުހައްގުން މީސް މީހުންނަށް އަދަބު ދެމުން ދާތީވެ ކުރިއަށް އޮތް 100 ދުވަސް ތެރޭގައި އޭނާގެ އަތުން ރާއްޖޭގެ ހާކިމާގެ މަގާމް ގެއްލޭނެ ގޮތް މެދުވެރިކުރައްވާން ދޭންވެ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ

    54
    76
    • ވިސްނާލުމަށް އެދެމޭ

      އާމީން އާމީން އާމީން އާމީން އާމީން އާމީން އާމީން..

      26
      13
    • ޕުތުރީ

      ޢާމީން

      26
      12
    • ބަލަންޖެހޭތަ؟

      ސާބަސް!! ބޯ ހަލާކު. އެއްކަލަ ޕޮލިޓިކްސް އާ ގުޅުވައިފި! ⁦..މި މީހުން ދުވަހަކު ވެސް ރަނގަޅެއް ނުވާނެ

      16
      8
    • ޒ

      ޕޮލިޓިކަލް ބައެއް ނޫން މީ.... އެމްޑީޕީން އަދި އިދިކޮޅުން ވެސް ކުރި ކަމެއް ނޫން... . މިދެ މީހުން ނުލަފާ ކަންތަށް ކުރީމަ އަދަބް ލިބެން ޖެހޭ.. . . Say No to Rape

      18
  5. އަރީ

    ތިދެމީހުންގެ ނޮހޮރުއްޕާން މިގައުމަށް ބޮޑުވެއްޖެ

    49
    8
  6. ކާކާ

    މީ ދުނިޔޭގަ އުޅެން ދަސްވެފައި ހުރި ދެމަފިރިން، އަޅެ މީހަކު ހައިރާނެއްނުވާނެތަ އަދިވެސް ކުޅިވަރު ނުކުޅެވިގެން ވިއްޔާ އެއުޅެނީ، ހެއްދެވި ފަރާތައް ބިރުވެތިވެބަލަ.

    17
  7. ޔުނާން

    ކޮބާ އޮންނަ އެންމެ ބޮޑު އުގޫބާތަކީ؟

    15
    1