އެތެރެހަށީގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ޕާކިސްތާންގެ ހަތަރު މީހަކުގެ މައުލޫމާތު ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ވިދާޅުވީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އަހްސަން އުލް ހަސަން (30އ) އާއި، މުހައްމަދު އަލީ ބާއިގް (41އ) އާއި، މުހައްމަދު ސާދު ވަރްސީ (22އ) އަދި އަބްދުﷲ އަލީ ހަސަން (34އ) އެވެ. މި ހަތަރު މީހުންނަކީވެސް ޕާކިސްތާން ފިރިހެނުންނެވެ.

މި ހަތަރު މީހުންގެ އިތުރުން ކެންޔާގެ އަންހެނަކު ވެސް ދިރުވާލައިގެން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅެނިކޮށް މިދިޔަ މަހުގެ 29 ވަނަ ދުވަހު ހުއްޓުވި ކަމަށް ކަސްޓަމްސް އިން ރޭ ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވެސް ވިދާޅުވީ އެ ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ، މިދިޔަ ސެޕްޓެމްބަރ މަހުގެ 11 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ރާއްޖެއައި ފްލައިޓަކުން އައި ޕާކިސްތާން ހަތަރު މީހެއްގެ އެތެރެހަށީގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ކަސްޓަމްސް އޮފިސަރުންނަށް ޝައްކުކުރެވިގެން ފުލުހުންނަށް މައުލޫމާތު ދިނުމާގުޅިގެންނެވެ.

އެ މީހުން ހުއްޓުވައި، އެކްސްރޭ ކުރުމުން ހަށިގަނޑުގެ ތެރޭގައި އެއްޗެހިތަކެއް ހުރިކަމަށް ފާހަގަކުރެވިފައިވާ ކަމަށާއި އަދި ފުލުހުންނާއި ކަސްޓަމްސް ގުޅިގެން އެމީހުން ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމުން އެމީހުންގެ ހަށިގަނޑުގައި ފޮރިން ބޮޑީސްތަކެއް ހުރިކަމަށް އެނގިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި އެ މީހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށް، ފުލުހުންގެ ބެލުމުގެ ދަށުގައި ތިބިއިރު އެ މީހުން ބޮޑުކަމުދިޔަ ތަކެތީގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 81 ބުލެޓް ފެނިފައިވެއެވެ. މިތަކެތީގެ ބަރުދަނުގައި 791 ގްރާމް ހުއްޓެވެ.

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަަލް ކޯޓަށް ހާޒިރުކުރުމުންވަނީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރަދީފް

    އިންޑިޔާ ބައެއްނަމަ ހާމަކުރަން ކެރޭނެބާ؟

  2. ގުލް

    އެކަމަކު މުހަންމަދު އަލީ ބާއިގް އެންމެ ދުވަސްވީކޮށް ފެންނަނީ އޭނައަށް 30 އަހަރު.

  3. ބެއްޔާ

    އޮޅިގެން ނަމަވެސް އިންޑިޔާމީހުންގެ ނަންތައް ހާމަނުކުރާތި. ރާއްޖޭގެ މީހުން ޢާންމުކުރިޔަސް އޯކޭވާނެ.

  4. ގެރިމޯދީ

    އެވަރުންވެސް ބުނޭ އިންޑިޔާއޭ މޯދީއޭ ޑްރަގު އެތެރެ ކުރީ 🙂 އައިއެސްއޭ ޓެރަރިސްޓުންގެ ބައިގަނޑުގެ ކަނެކްޝަން އޮތީ ޕާކިސްތާނުގަ. އަހަރެމެން ބިރުގަންނަން ޖެހޭނީ އިންޑިއާ ދެކެ އެއްނޫން ޕާކިސްތާނު ދެކެ.

  5. ޓަކަފިރޯށި

    ފުލުހުން އިންޑިއާމީހެއް ކައިރީގަ ވިއްޔާތިބެން ޖެހެނީ ސައިޒުވެފައެވެ. އިންއާމީހުން މިތާ ޖަރީމާތަށް ހިންގާލެއްމަދެއްނޫނެވެ. އެމިހުންގެ ވަނަވަރާ ފޮޓޯ ޖަހާކަށް ނުކެރެއެވެ. ބޮޑުވަރަކަށް ބުނެވެނީ އަވައްޓެރި ގައުމެއްގެމީހެކެވެ ވ.ސަލާން ފުލުހުންނަށް!

  6. ދަންޖައްސާ

    ތިމީހުންނަ މަރުގެ ހުކުމް އިއްވާ