ދައުލަތުގެ މަގާމުތަކުގައި ތިބެގެން ނުހައްގު މުއްސަނދިކަން ހޯދާ މީހުންގެ އިތުރުން އަމިއްލަ ތަނެއްގެ ވަޒީފާގައި ހުރެގެން ވިޔަސް ނުހައްގު މުއްސަނދިކަން ހޯދައިފި ނަމަ އަދަބު ދެވެން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން މިއަދު ވިދާޅުވެއްޖެއެވެ.

ނުހައްގު މުއްސަނދި ކަމަކީ ކުށެއް ކަމަށް ކަނޑައަޅާ ގޮތަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަ ބިލަށް ބަހުސް ކުރައްވަމުން އަލީ ހުސައިން ވިދާޅުވީ ނާޖާއިޒު ގޮތުގައި މުއްސަނދިވުން ހުއްޓުވެން އޮތީ ގާނޫނަށް އެ އިސްލާހު ގެނެސްގެން ކަމަށެވެ.

ފުނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް ހުށަހެޅުއްވި ބިލުގައި ވަނީ ދައުލަތުގެ މަގާމެއް އަދާކުރާ ނުވަތަ އަދާކުރި މުވައްޒަފުން އެކަނި ކަން ފާހަގަކުރައްވައި އަލީ ހުސައިން ވިދާޅުވީ ކޮންމެ މީހަކު ކުރިޔަސް ނުހައްގު މުއްސަނދި ކަން ހޯދުމަކީ ކުށެއް ކަމަށެވެ.

"އަޅުގަނޑު ހުށަހަޅަން ކޮންމެ މީހަކަށް ވެސް މި އަދަބު އެޕްލައިވާ ގޮތަށް، އަމިއްލަ ވަޒީފާއެއްގައި ހުރެފައި ވެސް އާމްދަނީއާ ނުބައްދަލު އާމްދަނީއެއް ހޯދައިފިނަމަ އެއީ ކިހިނެއް ހޯދި މުއްސަނދިކަމެއް ކަން ސާބިތުކޮށްދޭން ޖެހޭނެ،" އަލީ ހުސައިން ވިދާޅުވިއެވެ.

އަލީ ހުސައިން ވިދާޅުވި ގޮތުގައި މިހާރު ގާނޫނު އޮންނަ ގޮތުން މީހަކު ނުހައްގު މުއްސަނދި ކަމެއް ހޯދައިފިނަމަ އެއީ ނުހައްގު މުއްސަނދިކަމެއް ކަން ސާބިތު ކުރަން އޮންނަނީ ޕްރޮސެކިއުޓާ ޖެނެރަލްއަށެވެ.

ގާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހު ފާސްވެއްޖެނަމަ، އެ މުއްސަނދިކަން ހޯދާާފައިވަނީ ކިހިނެއްކަން ސާބިތު ކުރުމުގެ ޒިންމާ އެެޅިގެން ދާނީ އެ މުއްސަނދިކަން ހޯދާ މީހާއަށް ކަން އަލީ ހުސެއިން ފާހަގަކުރެއްވިއެވެ.

ބިލުގައިވާ ގޮތުން، މި ކުށް ކުރި ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ވަޒީރަކު ނުވަތަ ފަނޑިޔާރަކު ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވާނަމަ، އެއީ ޖިނާއަތުގެ ދެވަނަ ދަރަޖައިގެ ކުށެކެވެ. އެހެންވާނަމަ އެ ކުށުގެ އަދަބަކީ އެންމެ ގިނަވަގެން 15 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.

މި ކުށް ކުރި ފަރާތަކީ ދައުލަތުގެ އެހެން ވަޒީފާއެއްގައި އުޅޭ މީހެއްކަމަށްވާ ނަމަ، އެއީ ޖިނާއަތުގެ ތިންވަނަ ދަރަޖައިގެ ކުށެކެވެ. އެ ދަރަޖާގައި ކުށުގެ އެންމެ ބޮޑު އަދަބަކީ އަށް އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކަނަމަނަ

    ރައްޔަތުންގެމަޖިލިސްގަމިހާރުތިބިމީހުނައް ނުހައް ފައިސާގައައްނުލެވިގެން ތެޅިމަރުވަނީ

  2. ވެރިން

    ތިބިލުގަ ވަޒީފާ އެއް އަދާނުކޮށް މުއްސަދި ދިރިއުޅުން އުޅޭ މީހުންގެ ވާހަކަވެސްް ހިމަނަން ޖެހޭ. އެބައުޅޭ އެއްވެސް ވަޒީފާ އެއް އަދާނުކޮށް އަގުބޮޑު ކާރާ ސައިކަލާ އަގުބޮޑު ފުލެޓް ގަނެގެން އުޅޭ މީހުންވެސް

    11
  3. ސަންފައްތަ

    ވަޒީފާ އަދާ ނުކުރާމީހާ މުއްސަނދިކަން ހޯދިގޮތްވެސް ސާބިތުކޮށްދޭން ޖެހޭނެ ސާބިތުކޮށް ނުދެވިއްޖެނަމަ ކުށެއްކަމަށް ވާންޖެހޭނެ. ބިލަށް އިތުރުކޮށްލައްވާ. ދައުލަތުގެ ވަޒީފާއެއް އަދާކުރާމީހަކު ނުވަތަ އަމިއްލަ މީހެއްގެ ނުވަތަ ކުންފުންޏެއްގެ ވަޒީފާއެއް އަދާކުރާ މީހަކު ނުވަތަ ވަޒީފާއެއް އަދާނުކުރާމީހަކުވިޔަސް އެމީހަކާ އެކަށީގެންނުވާވަރުގެ މުއްސަނދިކަމެއް ހޯދައިފިނަމަ، އެމުއްސަނދިކަން ހޯދި ގޮތެއް ޝަރީޢަތަށް ސާބިތުކޮށްނުދެވޭނަމަ އެމީހަކު ކުށްވެރިވާނެކަމަށާއި، އެމީހަކާ އެކަށީގެން ނުވާކަމަށް ބެލެވޭ އޭނާ އަތުގައިހުރި ފައިސާގެ ޢަދަދުން އެމީހަކު ޖުރިމަނާ ކުރެވޭނެ ކަމަށްވެސް އޮންނަންވާނެ.

    4
    1
  4. މުހަންމަދު އުސާމުގެ ބޭބެ

    ށ. ފުނަދޫ / ލ. ފޮނަދޫ

    ދިވެހި ނޫސް ކިޔަންޏާ ފުރަތަމަ ދިވެހި ބަހާއި ރައްރަށަށް ކިޔާ ނަންތައް ދަސްކުރޭ.
    މިރު މިއުޅޭ ދިވެހި ނޫސްވެރިން ދިވެހިބަސް ކިޔަވަން ފުރަތަމަ ފަށަން ޖެހޭނީ ނާސަރީ ގުރޭޑުން.

  5. ކެނަޑާ

    ރާއްޖޭގައި އެއްވެސް މަސަށްކަތެއް ނުކޮށް އުޅޭޕާޓޭންގެ ވާހަކަވެސް ބިލުގައި ހިމަނާލަން އެބަޖެހޭ އަދިމަގުމަތިން ފޭޜޭމީހުންގެ ވާހަކަވެސް ޖަހާލަން އެބަޖެހޭ .

  6. ތަންމަތި ކެޔޮޅާ

    ތޯރިގޫ! މޮޔަ ނުގޮވާ އަނގަ މަޑުން ލައިގެން އުޅެން ދަސްކޮށްބަލަ! ކަލޭމެންކުރެ ކޮއްމެ.މީހަކު ވިޔަސް- ނުކިއްސަރުކޮށް އިސް އުފުލާލިޔަސް އުފުރާލާފަ އެއްލާލެވޭވަަރަށް ތައްޔާރުގައި "މޯދީބޭ" ގެ فوج - ބާޒު ފިޔޮކަށް ބަލާހެން - ރާޑަރ ތަކުންނާއި ރާއްޖޭގެ ބިންމަތީ ކަޅި އަޅައިގެން ތައްޔާރުގައި ބެއިތިއްބިފައި އެބަ ތިބިތަން ނުފެއްނަ ވަރަށް ލޯ ކަނު ވީތޯ؟؟ ދެރަ!! ދޯ!

  7. ހުސޭނުބޭ

    މަޖިލީހު މެމްބަރުންނަށް ލިބޭ މުސާރަ އެއީ ނުހައްޤު މުއްސަދިކަމެއް! އެ މުސާރަ މާ ބޮޑު! ވީމާ މަޖިލީހު ހުރިހައި މެމްބަރުން ކުށްވެރިވާނެ! ތި މުސާތަ 40000 އަށް ދަށްކުރޭ! ރައްޔިތުންގެ ހައްޤޭ ތަރައްޤީއޭ ފަޅޮލޭ ކިޔައިގެން ރައްޔިތުން ހައްދައިގެން ތި ތަނަށް ހޮވޭ މީހުންނަށް 87000 ހަލާލެއްވެސްނުވާނެ!

  8. އިބޫ

    ތިބިލު ފާހެއްނުވާނެ. ތިކަހަލަމީހުން ތިތާތިބީ. މަތީ މަގާމުތަކުގަވެސް. ކަންދައްކަން ހުށހެޅި ބިލެއްތީ.