މީސްމީޑިއާގައި މިހާރު ދިވެހިންގެ ގިނަބަޔަކު ވާހަކަދައްކަމުންދާ އެއް ފޮޓޯއަކީ އަންހެނަކާއި ފިރިހެނަކު ހަމަ ޖެހިލައިގެން މިސްކިތެއްގެ ފެންޑާމުގައި ކާން ތިބޭ މަންޒަރު ފެންނަ ފޮޓޯއެކެވެ.

މި ފޮޓޯ ދައުރުވާން ފެށުމުން ގިނަ ދިވެހިން ރުޅިގަދަވެއްޖެ އެވެ. އަދި އެކަމާއި ގުޅޭ ގޮތުން މީހުން ވަނި އެކި ވާހަކަތައް ދައްކާފައެވެ.

ބައެއް މީހުން ބުނަމުން އައިސްފައިވަނީ އެއީ ދެމަފިރިން ކަމަށެވެ.

އެމީހުން ހަމަޖެހިލައިގެން ކާން ތިބީ މާލޭގައި އެންމެ ބާރު ބޮޑު މަޖީދީ މަގާއި ސޯސަން މަގާ ގުޅޭ ހަތަރު އަނގޮޅި ކަންމަތީގައި ހުންނަ އިބްރާހިމް މިސްކިތުގެ ބޭރު ފެންޑާމުގައެވެ.

އެމީހުން ކާންތިބީ އެމީހުން ގެންގުޅޭ ދަބަހާއި އެހެން ސާމާނުވެސް ކައިރީގައި ބަހައްޓައިގެންނެވެ.

މިކަމާއި ގުޅިގެން ގިނަ ދިވަހިން ވަނީ ބޭރު ބަޔަކު އެގޮތަށް ރާއްޖެއައިސް މިސްކިތަށް ދޭން ޖެހޭ ގަދަރުވެސް ނުދީ ފެންޑާމުގައި ކާން ތިބުން އެއީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފައެވެ.

ބައެއް މީހުން ބުނެފައިވާގޮތުން އެއީ އިންޑިއާ ދެމީހެކެވެ. އަދި އެ މީހުން އެފަދަ ގޮތަކަށް ރާއްޖޭގައި އުޅެވިގެން ނުވާނެ ކަމަށް ބުނެފައި ވެއެވެ.

ބައެއް ފަރާތްތަކުން ވަނީ އެމީހުން އެގޮތަށް ތިބޭތީ ސުވާލުވެސް އުފައްދާފައެވެ. ބައެއް ފަރާތްތަކުން ބުނެފައިވަނީ ދިވެހިންވެސް މިސްކިތްތަކަށް އެހާ އިހުތިރާމް ކުރާއިރު، ރާއްޖެ އަންނަ ބިދޭސީންވެސް އެފަދަ ކަންކަމަށް އިހުތިރާމް ކުރަން ދަންނަން ޖެހޭ ކަމަށެވެ.

މި ފޮޓޯ މީސްމީޑިއާގައި ދައުރުވާން ފެށުމުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ސިފާ މުހައްމަދު ވިދާޅުވީ، މާލެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށާއި ބިދޭސީންނަށް ދިވެހިންގެ ސަގާފަތުގައި ނެތް ކަންކަން ބައެއް ފަހަރު ދިވެހިން ބުނެލަދޭން ޖެހޭ ކަމަށެވެ. އަދި އެކަމަކީ އެއީ އެންމެންގެވެސް ޒިންމާއެއް ކަމަށް މޭޔަރު ފާހަގަ ކުރެއްވިއެވެ.

މިކަމާއި ގުޅިގެން ހިތް ހަމަ ނުޖެހުން ފާޅު ކުރި ފަރާތަކުން ވަނީ އެމީހުން މެންދުރުގެ ވަގުތުގައި އެގޮތަށް ތިބޭ އިރު، ކަމާއި ބެހޭ އެއްވެސް ފަރާތަކުން އެމީހުން އެކުރަނީ ކޮންކަމެއްތޯ ނުވަތަ އެމީހުންނަށް ވިސްނައި ނުދޭތީ އެކަމާއި ވެސް ކޮންބޮޑުވުން ފާޅު ކޮށްފައެވެ. އަދި އިންޑިއާ މީހަކަސް ރާއްޖޭގައި އުޅެން ޖެހޭނީ ދިވެހިންގެ އާދަކާދައާއި އެއްގޮތަށް ކަމަށް އެ މީހުން ވަނީ ފާހަގަ ކޮށްފައެވެ.

"ކުރީ ރޭ އިންޑިއާ މީހަކު މަސްތުވެގެން މާލެ މަގުމަތީގައި އެ މީހާ ހިތު ހުރި ގޮތަކަށް މާތްﷲ އަށް ފުރައްސާރަކޮށް ދީނަށް ހަޖޫޖެހިއިރު ވެސް ފުލުހުން ތިބީ ބަލަހައްޓައިގެން. ހައްޔަރުކުރުމާ ކޯޓުން ދޫކޮށްލުމާ އެކުއެކީ ދިޔައީ. މިއަދު މިސްކިތެއްގެ ގޯތިތެރޭ އިންޑިއާ މީހުން ކާން. މިދެން ބޮޑުވަރު،" މީސްމީޑިއާގައި މީހަކު ލިޔެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ވެރިން

    ފިރިހެން ގޮލާ ހަށިގަނޑުން ސިފައިންގެ ގޮލާޔަކާ ހާދަވައްތަރޭ.

    20
    1
  2. އަސްޤަރު ސިއްދީޤް

    ކޮބާތަމައްސަލަޔަކީ؟ އެއީ އެވަރުގެކަމެއްތަ؟ މިއީ އަހަރެން ބުނާއެއްޗެއްނޫނޭ! މިއީ މޭޔަރު ޝިފާއާއި މަޖިލިސްގެ ރައީސް، ރައީސް ނަޝީދު ބުނާވާހަކައެއް!

    34
    1
  3. ޢަދުރޭ

    ކީރިތި ޤުރްއާން ބައްލަވާ . لمسجد اسس علي التقوٰي .. މިހެން އަންގަވާފައި އޮންނާނީ . މާނައަކީ ތަޤްވާގެ މައްޗަށް ބިނާވެފައިވާ މިސްކިތެކެވެ. ތަޤްވާގެ ތެރޭގައި ހިމެނެ މަގު ހިނގާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުން ވެސް . ސިނގިރޭޓް ޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯ ބޯންވެސް މިސްކިތްތެރޭ ތިބެ . މީ މާ ނުބައި ކަމެއް

    6
    2
    • އަލީ

      ނުތިބޭނެ.

  4. ައަހުމަދު

    މައްސަލަޔަކީ އިންޑީޔާވެސްނޫން، ބަނގުލަދޭޝްވެސް ނޫން އަދި ޗައިނާވެސްނޫން މައްސަލަޔަކީ މިދިވެހިޤައުމުގެ ސަރުކާރާއި ނުފޫޒޮގަދަމީހުން އެތިންގައުމުގައިވެސް ހިޔެއްނުވޭ ބޭރުބަޔަކަށް މިޤައުމުގައި މިއުޅޭގޮތަށް ޤަވާއިދައި ޤާނޫނަށް ގޮނަޖަހަފައި އުޅެވޭނެހެން ، އެޤައުމުތަކުގެ ސަރުކާރުން އެޤައުމުތަކުގެ ޤާނުން އާއި ޤަވައިދު ތަންފިޒުކުރޭ ބިދޭސީން އުޅެންޖެހޭ ލިމިޓުން ބޭރުވެގެން ނޫޅެވޭ އުޅެންޏާ ޑީޕޯރޓުކޮށްލަނީ ، އެކަން މިޤައުމުގައި މިހުރިހާކަމަކަށް ގޮންޖަހާލަފައި އުޅެނީ ޤަނޫންއަކާއި ޤަވާއިދަށް ނުބަލާ ތަންފީޒީ އިދާރާތަކަށް ނުފެނޭ ، ދިވެހިން ދިވެހިންގެ ގޮތުގައި ، މިހާރުވެސް ދިވެހިހުރިހާރައްޔިތުންނެއް ތިޤަވާއިދާއި ޚިލާފްށް އުޅޭ ބިދޭސީން މީޤައުމުން ބޭރުކުރަން އުޅެބަލަ ނުވެ ނުހުންނާނެ ސަރުކާރަށް ޖެހޭނީ ކުރަން .

  5. ރާއްޖެ

    މީ އަހަރެމެންގެ ގައުމު މިސްކިތަކީ ﷲ ގެ ކޮޅު އެތާނގަ ކާފަރުން ކާން ތިބުމަކީ ދިވެހި މުސްލިމުން ރުހޭ ކަމެއްް ނޫން އަހަރެމެން މުސްލިމުން މިސްކިތުގަ ރޯދަ ވީއްލަނީ އެތަން ހަޑިކޮޝެއް ނަހަދަން ޝިފާ އަދި އަންނި އމޑޕ ގެ ޖާހިލުން އެކަނި އެކަމައް ތާއީދު ކުރާނީ ދިވެހިން ރަތަށް އެކަންޏެއް ނޫން އެރީކީ ވާނެ ނަމަ އެމީހުންް މަރާވެސް ހަދާނެ

  6. ޒުހެއިރު

    މިސްކިތަކީ އަމާންކަން ލިބިގެންވާތަނެއް. އެމީހުން އެތާކު ޙަރާމްކަމެއް ނުކުރޭ. ތިޔަކުނެތް އެއްވެސް މައްސަލައެއް. މައްސަލައުޅެނީ ކަލޭމެންގެ ވިސްނުމުގަ

    5
    4
    • ސޭކްސްތާން

      އޯކޭ. އަހަރެމެން ވިސްނުން ގޯސް ބޭފުޅާގެ ވިސްނުން ބަރާބަރު. މައްސަލައަކީ ހުރުމަތް ލިބިގެންވާ ﷲ ގެކޮޅަށް އަރާ ޢައިރު މުސްލިމު ބަޔަކު އަރާ ހުރުމަތް ކަނޑަމުންދާތީ. މިސްކިތްތަށް ނޫނަސް ކައިބޮއި ހެދޭނެ ތަންތަން ހުންނާނެ. މީ ފައްޅިއެއްނޫން މިސްކިތްތައް ނަޖިސް ކުރާކަށް. މިއީ ލަދީނީ ސަރުކާރުން ކުރުވާ ކަމެއް. ކުރާ ސަރވޭއެއް.

  7. މުހައްމަދު އަންޖުމް

    ހެހޭ އެބަރަގަޅުވޭ ދެންފެންނާނީ މިސްކިތުގައި ގެރިވެސްގެން ގުޅޭތަން އެއީ އެހާވަރުކަމެއްތަ އޭރުންވެސްބުނާނެއެއަޑުވެސް އަތްޖަހަމުން ހެވިފަ އަހަންތިބޭނެ އަދި ދިވެހިން ތިބޭނީ މިގޮތަށްކުޅިބަލަން އިތުރުއެއްވެސް ކަމެއްނުކުރާނެ މިގައުގަ މިހާރުދިރިހުރި ފުރާނައެއްނެތް ތިބީކަންނެތް ފިނޑި މަސް ގަނޑުތަކެއް މީހަމަ ދިވެހިންނޭ މިކިޔާ މީހުން ބޭނުމްވެގެން ކުރާކަންކަން ބަރިހަމަތާ އަލިފާނުން އަންދާނެ ހަރާންފައިސާ ލިބޭބިއްޔަ

    2
    1
  8. ގުދޯ

    އިންޑިއާގެ ފުލުހެއް ދިވެހިންގެ ކަންތަށްހުރިގޮތް ބެލުމަށްޓަކާ އިންޑިއާސަރުކާރާއި ދިވެހިސަރުކާރު ގުޅިގެން ހިންގާ އޮޕަރޭސަން އެޖެންޑާ19 ކުރިޔަށްގެންދަނީ ދިވެހިންނަށް ކޮންބެހޭކަމެއް މިކަމާބެހުމުގެ ގާބިލްކަންހުރީ އިންޑިއާސަރުކާރާ.

  9. ކޮބާ

    ކޮބާ ތިތަން ފެނި ތި ފޮޓޯ ނެގި ގަމާރު މީހާ.. އޭނަޔަށް ނޭގޭބާ މިމީހުން ގާތު ބުނެދޭން ކަން ކުރަންވީ ރަނގަޅު ގޮތް..
    މިސްކިތުގައި ކެވޭނެ. ޢެއީ މައްސަލައެއް ނޫން. މައްސަލަ އަކަށް ވަނީ ތަން ހަޑިކުރުން..

  10. ސައްޕެ

    މިސަރުކާރައް އިންޑިޔާ ވެއްޖެޔާ އޯކޭ ވާނެ ؛؛؛؛؛ލާދީނީ