ހއ.ދިއްދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންތަކެއް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ދިއްދޫން ކޮވިޑް-19 އަށް ފައްސި ވެފައިވަނީ އެރަށު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ 3 ފުލުހެކެވެ. އެތިން ފުލުހުންނަކީ ވެސް ކޮވިޑް-19 އަށް ފައްސިވި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހާއި ބައްދަލުވި ބައެކެވެ.

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހަކު ކޮވިޑް-19 އަށް ފައްސިވުމުން އުތުރުގެ 3 އަތޮޅުން އިތުރު 88 ސުންކު (ސާމްޕަލް) މިއަދު ވަނީ ނަގާފަ އެވެ. އޭގެތެރޭގައި ހިމެނެނީ ހއ.ހޯރަފުށިން 8 ސުންކު، ދިއްދޫއިން 23 ސުންކު، ކުޅުދުއްފުށިން 23 ސުންކު، ށ.މިލަންދޫއިން ދެ ސުންކު، ފޯކައިދޫން ހަ ސުންކު، ކަނޑިތީމުން ދެ ސުންކު އަދި ފުނަދޫއިން 24 ސުންކުއެވެ.

ކުޅުދުއްފުށިން ފުލުހަކު ކޮވިޑް-19 އަށް ފައްސިވުމުން ހަރަށެއް މޮނިޓަރިންގެ ހާލަތައް ގެނައެވެ. އޭގެތެރޭގައި ދިއްދޫ ވެސް ހިމެނެއެވެ. ނަމަވެސް އެއްދުވަސް ފަހުން ހުރިހާ ރަށެއްގެ މޮނިޓަރިން ހާލަތު ވަނީ އުވާލާފައެވެ.

ކުޅުދުއްފުށިން ކޮވިޑް-19 އަށް ފައްސިވި ފުލުސް ހިމެނޭ ކްލަސްޓާ އިން މިހާތަނަށް އަށް މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

މިރޭ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.ނަޒްލާ ރަފީގު ވިދާޅުވީ ކުޅުދުއްފުށިން ކޮވިޑް-19 އަށް ފައްސިވި ފުލުހަކީ މާލެ އިން އުތުރުގެ ރަށްތަކަށް ދަތުރުކޮށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބައިވެރިވި ފުލުހެއް ކަމަށެވެ.

މި ކްލަސްޓާއާ ގުޅިގެން ށ ފުނަދޫން ނެގި ހުރިހާ ސުންކު ވަނީ ނައްސި ވެފައެވެ. އެއީ 16 ފުލުހުންނާއި އާންމުންގެ 11 މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޑޮކްޓަރު

    ފުލުހުން އޮޕަރޭޝަން ހިންގަންވީމަ ކަރަންޓީނު ވެސް ނުއޮވޭތޯ؟

  2. ފުލުސް

    މާލޭ ކޮޅުން އައްނަ ފުލުހުން ކަރަންޓީނު ވާ ކައް ނުޖެހޭތަ! ފުލުހުންނާހެދި ރައްޔިތުން މިހާރުތިބީ ބިރުވެރި ކަމެއްގާ😡

  3. ދިއްދޫ ރައްޔިތުންގެ އަޑު

    މަގޭ ބުނާނީ ހ.އ ދިއްދުއަށް ކޮވިޑް-19 ގެނައީ ފުލުހުންނެވެ. މިމީހުންގެ ކޮންޓެކްޓުން ވަރަށް ގިނަ. މިއީ ކަންބޮޑުވާންޖެހޭ ކަމެއް😠😠😠😠

  4. ބަކުރުބެ

    ޜާއްޖެ އަށް ކޮވިޑް ގެނާ މީހާ ކޮބާތަ ގުންބޯ ސަރުކާރު