ކޮވިޑް-19 ޓެސްޓުގެ ނަތީޖާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ލިބޭ އެންޓިޖަން ޓެސްޓު ހެދުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހުއްދަދީފިއެވެ.

އެޗްޕީއޭ އިން އާންމުކޮށްފައިވާ އުސޫލުގައިވާ ގޮތުން މި ޓެސްޓު އެއްވެސް ފަރާތަކުން އަމިއްލައަށް ހެދުމަށް ދުލެއް ނުކުރެއެވެ. މި ޓެސްޓު ހެދުމުގެ ހުއްދަ ދޫކުރަނީ ހަމައެކަނި ސިއްހީ ހިދުމަތް ދޭ ތަންތަނުގައި ހެދުމަށް ކަމަށް އެޗްޕީއޭ އިން ވަނީ ހާމަކޮށްފައެވެ.

އެޗްޕީއޭ އިން ބުނީ މި ޓެސްޓުގެ ނަތީޖާ އެންމެ ރަނގަޅަށް ފެންނާނީ ބެލި ޖެހޭތާ ކުޑަ ދުވަސްކޮޅެއް ވެފައިވާ މީހުންގެ ކަމަށާއި އެހެން ކަމުން މި ޓެސްޓު ހަދާނީ މި ބަލީގެ އަލާމާތްތައް ފެންނަ މީހުންނަށް އަލާމާތްތައް ފެންނަތާ ހަތް ދުވަހުގެ ތެރޭގައި ކަމަށެވެ.

އަލާމާތްތައް ފެންނަތާ ފަސް ދުވަސް ފަހުން އެންޓިޖެން ޓެސްޓު ހަދާ މީހެއްގެ ނަތީޖާ ނައްސިވެއްޖެ ނަމަ އެމީހަކު އަލުން ޕީސީއާރު ޓެސްޓު ހަދާނެ ކަމަށް އެޗްޕީއޭ އިން ވަނީ ވިދާޅުވެފައެވެ.

މި ބަލި ފެތުރުމުގެ ފުރުސަތު ކުޑަ ހާލަތްތަކުގައި މި ޓެސްޓު ހެދުން ހުއްދަ ނޫން ކަމަށް އެޗްޕީއޭގެ އުސޫލުތަކުގައި ވަނީ ވިދާޅުވެފައެވެ.

މިއާއި ހިލާފަށް ކިޓުގެ ބޭނުންކުރުމަށް ހުއްދަ ދޭނީ ބަލި ފެތުރެން ފަށާފައިވާ ކަމަށް ބެލެވޭ ސަފާރީ، ކެއާ ހޯމް، ޖަލު، ރިހެބް ސެންޓަރު ފަދަ ސެމީ-ކްލޯސްޑް ތަންތަނުގައި އަދި ބަލި ސިއްހީ ހިދުމަތްތެރިންނާއި، ކުރީ ސަފުގައި މަސައްކަތް ކުރާ މީހުންގެ ތެރޭގައި ބަލި ފެތުރެން ފަށާ ހާލަތެއްގައި އެކަނި ކަމަށް އެޗްޕީއޭ އިން ވަނީ ހާމަކޮށްފައެެވެ.

އެންޓިޖަން ޓެސްޓުކިޓުތައް ވާން ވާނީ އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނުވަތަ ޑަބްލިއުއެޗްއޯ އިން އެމެޖެންސީ ހާލަތްތަކުގައި ބޭނުންކުރުމަށް ހުއްދަ ދޫކޮށްފައިވާ ލިސްޓުގައި ހިމެނޭ އެންޓިޖަން ޓެސްޓުކިޓަކަށް ކަމަށް އެޗްޕީއޭ އިން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އޮޅުވާލި ވޯޓު

    ތިވެސް ވިއްކާފަ ފާސާކޮޅުކާލެވޭތޯބަލަ މާސްކު ވިއްކާލިގޮތަ

  2. އަރީ

    އެންޓިޖެން ޖަހައިގެން ތިޔަ އުޅެނީ ޕުރެގްނެސްސީ ޓެސްޓާ ކިޓްގަތޯ؟ ނަޒުލާ އާއި ޝީނާ ފުރަތަމަ ތިޔަ ޓެސްޓް ހަދަން ފެނޭ