މިހާރު އުތުރުގެ ރަށްރަށުގައި ފުލުހުން ހިންގާ މަސްތުވާތަކެތީގެ އޮޕަރޭޝަނާއި އައްޑޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނާއި ގުޅުމެއް ނެތްކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން އައްޑޫ ސިޓީގެ ކަނޑުގެ ސަރަހައްދުގައި އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ގިނަ އަަދަދެއްގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެފައެވެ.

އެހެންކަމުން މިދުވަސްވަރާއި ދިމާކޮށް އުތުރުގައި އެފަަދަ އޮަޕަރޭޝަނެއް ހިންގަމުންދަނީ އެއް މައްސަލައެއްގައިތޯ ނޫސްވެރިއަކު ސުވާލުކުރުމުން ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ވިދާޅުވީ އުތުރުގައި މިހާރު ކުރިއަށްދާ އޮޕަރޭޝަނަކީ މުޅިން ވަކި އޮޕަރޭޝަނެއް ކަމަށެވެ.

" މުދާފެރީ ކޮޗިން ފެރީގެ ނަމުން މަޝްރޫއާއި ގުޅިގެން މާލެއިން ޑިޕްލޯއި ކުރީ ޓީމެއް ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުގެ. ޑޯސް އާއި ފުލުުހުންނާއި ޑްރަގް އޮޕަރޭޝަންގެ ޓީމެއް. އެ ޓީމް އެތަނުގައި ޑިޕްލޯއިވެފައި ފެރީ އެނބުރި އިންޑިއާ އަށް ދަތުރުކުރި ފަހުންވެސް އުތުރުގެ އަތޮޅުތަކުގައި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކާއި މިކަންކަން އޮަޕަރޭޓް ކުރާ ގޮތް އަޅުގަނޑުމެންނަށް އެނގިފައިވާ މައުލޫމާތަށް ބިނާކޮށް ހިންގާ އޮޕަރޭޝަނެއް އެއީ." ސީޕީ ވިދާޅުވިއެވެ.

އަދި އަތޮޅުތެރޭގައި މަސްތުވާތަކެތީގެ މައްސަލަަތައް ކޮންޓްރޯލް ކުރުމަށް ވެސް ވަރަށް ބޮޑު އިސްކަމެއް މިހާރުދެއްވާކަމަށް ސީޕީ ވިދާޅުވިއެވެ.

އަދި ލިބޭ ކޮންމެ ފުރުސަތެއްގައި މަސްތުވާތަކެތީގެ ވިޔަފާރިތައް ހުއްޓުވާ، އެފަދަ ނެޓްވޯކްތައް އަތުލައިގަންނަން މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މިއަދު ފުލުހުން ވަނީ ނައްތާނުލެވިހުރި 300 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލާފައެވެ.

އައްޑޫގައި ހިންގި އަޮޕަރޭޝަނާއި ގުޅޭގޮތުން މައުލޫމާތު ދެއްްވަމުން ސީޕީ ވިދާޅުވީ، އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށާއި، މި މައްސަލައިގައި ހިމެނޭ ތުހުމަތުކުރެވޭ މީހުން މާލެ ގެނައުމުގެ މަސައްކަތް ކުރިއަށް ދާ ކަަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުހައްމަދު އަންޖުމް

    ތީހަމަ ބޮލުންކަނޑާލުން ކޯއްޗެއް އެކަމެއްވެސް ކުރާބައެއް ނޫން ކުރާހާވެސްކަމަކީ ރައްޔިތުން ވާވައްދައިގެން ރޭޕް ކުރުން އެހެންނޫންތޯ ވަނީ މިހާތަނަށް ކިތައްރޭޕްގެ މައްސަލަ ނިންމިއްޖެ މުޅިންވެސް ތަހްގީގް ކުރިޔައްދާކަމަށް ބުނަނީ ދެންފެންނަނީ ރޭޕިސްޓް ދޫވެ ދެވަނަފަހަރަކަށް ރޭޕްކޮށްލާ ތަން ވީއިރު އަދި ޑްރަގްގެކަމެއްބެލޭނެތަ ނުބެލޭނެ ނުވާނެ އެއްކަމެއްވެސް ސްޓިކާޖަހައިގެން ގައުމުހިންގަން ލާރިޖަމާ ކޮށްބަލަ

  2. އިބިލިސް ކިނބޫ

    ރައްޔިތުން ފެލާ ޝައިތޯނީ ވެރިކަން