ދުނިޔޭގައި ވަރަށް މަދުން ހެދޭ އަދި ނެތިދިއުމުގެ ބިރު ހީވެފައިވާ ކަނޑޫފަލުގެ ބާވަތެއް ކަމަށްވާ ބުރުގެރިއާ ހެނެސީގެ ރާއްޖެއިން އަލަށް ފެނިއްޖެއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވީ، މި ބާވަތުގެ މެންގްރޫވް ގަސް ރާއްޖެއިން ފެނުނީ އަހަރުގެ މާރިޗު މަހު ހއ. ކެލާ ކަނޑޫފާ ސަރަޙައްދުގައި ކުރިއަށްގެންދިޔަ އިކޮލޮޖިކަލް ސާރވޭގައި އެރަށުގެ ކުޅީގެ ސަރަޙައްދުން ކަމަށެވެ.
މިސާރވޭ ކުރިއަށް ގެންދިއައީ ހިމާޔަތްކޮށްފައިވާ ސަހަރައްދުގެ ދިރުންތަކާއި ބެހޭ މައުލޫމާތު އެއްކުރުމަށް ޔޫ.އެސް.އޭ.އައި.ޑީގެ ހިލޭ އެހީގެ ދަށުން ދިވެހި ސަރުކާރުން ހިންގާ ޕްރޮޖެކްޓެއް ކަމަށްވާ "ރީޖެނެރޭޓް" ޕްރޮޖެކްޓްގެ ތެރެއިން އިންޓަރނޭޝަނަލް ޔޫނިއަން ފޯރ ކޮންޒަރވޭޝަން އޮފް ނޭޗަރ (އައި.ޔޫ.ސީ.އެން) މޯލްޑިވްސްއާއި ގުޅިގެން ނެވެ. މި ސާވޭއަކީ އެ މިނިސްޓްރީގެ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އަދި އައިޔޫސީއެން ބައިވެރިވެގެނެ ކުރިއަށް ގެންދެވުނު ސާރވޭއެކެވެ.
އެ މިނިސްޓްރީން ވިދާޅުވީ، ކެލާގައި ކުރެވުނު ސާވޭއިން މިބާވަތުގެ ހަތަރު ގަހެއް ހުރިކަން ފާހަގަވެފައިވާ ކަމަށެވެ.
މިގަސް އައިޑެންޑިފައި ކޮށްދެއްވީ ގަހުގެ މައުލޫމާތު ފޯރުކޮށްދިނުމުން އައިޔޫސީއެން މެންގްރޫވް ސްޕެޝަލިސްޓް ގްރޫޕް އަދި އެމްއެސްޖީ ރެޑް ލިސްޓް ކޯރޑިނޭޓަރ ޑރ. ޔޮންގ އެވެ.
ކަނޑޫއާއިލާއަށް ނިސްބަތްވާ މިގަހުގައި އަޅާ މޭވާ ވައްތަރީ ބޮޑަވަތްކާއެވެ. ނަމަވެސް މިމޭވާ ބޮޑަވަކިއަށްވުރެ ކުރުވެފައި ފަލައެވެ. ހެނެސީ ގަހަކީ ކަނޑޫފަލަށް ނިސްބަތްވާ ގަސްތަކުގެ ތެރެއިން ނެތިދާނެކަމުގެ ބިރު ހީވެފައިވާ ދެބާވަތުގެ ތެރެއިން އެއް ބާވަތެވެ. މި ބާވަތުގެ ގަހަކީ އައިޔޫސީއެން ރެޑް ލިސްޓްގައި "ކްރިޓިކަލީ އެންޑެންޖަރޑް" ނުވަތަ ނެތިދާނެ ކަމުގެ ބިރު އެންމެ ބޮޑަށް ހީވެފައިވާ ކެޓެގަރީ ލިސްޓްގައި ހިމެނޭ ބާވަތެކެވެ. މި ބާވަތުގެ ކަނޑޫފަލަކީ އޮސްޓްރޭލިއާ، ޕަޕުއާ ނިއު ގިނީ، އިންޑޮނޭޝިއާ، މެލޭ ޕެނިންސުލާ، ތައިލެންޑް އަދި މިޔަންމާރުން ފެނިފައިވާ ބާވަތެކެވެ. 2010އަކާ ހިސާބަށް ކުރެވުނު ސަރވޭއިން ދައްކާ ގޮތުގައި ދުނިޔޭގައި ހުރީ މިބާވަތުގެ ބޮޑުވެފައިވާ 200 ގަހެވެ. އަދި އޭގެ އާބާދީ ދަނީ މަދުވަމުންނެވެ. ހއ. ކެލާއިން މި ބާވަތް ފެނުމަކީ އެރަށަށް ލިބޭ އިތުރު ޚާއްސަ ސިފައެކެވެ.
މިސާރވޭއާއި ގުޅޭ ރިޕޯޓް މިހާރުވަނީ އެންވެރޮމެންޓް މިނިސްޓްރީ އާއި ، އީޕީއޭ އަދި އައިޔޫސީއެން ގުޅިގެން ތައްޔާރުކޮށްފައެވެ.
ރާއްޖޭގެ ކަނޑޫފާތަކުން މީގެ ކުރިންވަނީ 14 ބާވަތެއްގެމެންގްރޫވް ގަސް ރެކޯޑް ކުރެވިފައެވެ. މި ފެނުނު އާ ބާވަތާއެކު ދިވެހިރާއްޖޭން މުޅިއެކު 15 ބާވަތުގެ މެންގްރޫވް ގަސް މިހާރުވަނީ ފެނިފައެވެ. މިބާވަތް މިހާތަނަށް ކެލާއިން ރެކޯޑް ކުރެވިފައިވީނަމަވެސް ރާއްޖޭގެ އެހެން ކުޅިފާތަކުންވެސް ފެނުން އެކަށީގެންވެއެވެ. މިބާވަތުގެ ގަހަށް ކިޔާނެ ދިވެހި ނަމެއް ހޯދުމަށް މިމިނިސްޓްރީ އާއި ކަމާއި ގުޅޭ ފަރާތްތަކާއެކު މިހާރު މިދަނީ މަޝްވާރާކުރަމުންނެވެ.
ފުވައްމުލަކުގަވެސް ހުރޭ
ޢެރަށު މީހުން ކިޔަނީ "މާވަށޮ ގެހެ"
ރިވައްތަރުގެ ގަސް ފުވައްމުލަކު އަލައޮޅުގެ އިން ވަކިކުރަން ކުރިން ވަރަށް ގިނައިން ހައްދާފަ ހުރޭ. ނުހެއްދިޔަސް މިހާރުވެސް ވަރަށް ގިނަ ގަސް އެބަހުރި. ބަޔަކު ބެލިއްޔާތާ ފެންނާނީ. އެއްޗެއް ފެންނަނީވެސް އޮޅުމަކުން ވިއްޔަ. މިރަށު މީހުން ތިގަހަށް ކިޔަނީ "މާވަށޮ" ގަސް. ކެއުމަށް ދުވަހަކުވެސް ބޭނުން ކުރި ކަމެއް އެނގިފައެއް ނެތް.
އިންޑިޔާ މީހުންބާ ރާއްޖެއައިސް އަނެއްކާ މިއުޅެނީ އަލަށް ކަނޑޫގަސް ފެނިގެން.
މީހަމަ އާކަންތައްކުރާ ސަރުކާރަކީ ބާ ނޫނީ
ގދ. ފިޔޯރީ ކުޅީގައިވެސް ހުރޭ
ހދ. ކުމުންދޫގަވެސް ތީގެ ގަސް ހުރޭ.
ކުމުންދޫ އިން ތި ދުށިން ހީވަނީ ތިޔައްކިޔަނީ ރަނޑޫ ހެން ކަނޑުލުގެ ބާވަތެއް
ތިވައްތަރުގެ ގަސް ހދ. ނޭކުރެންދޫގައިވެސް ހުރޭ
ހދ. މައިވާދޫގަައިވެސް ހުރޭ ތިޔަ ވަަައްތަރުގެ ބައިވަރު ގަސް
ހދ. މައިވާދޫގައިވެސް ހުރޭ ތިޔަ ވައްތަރުގެ ބައިވަރު ގަސް
އައްޑޫ ސިޓީ ހިތަދޫގަވެސް ހުރޭ ވަރަށް ގިނައިން
ށ.ފޭދޫ ގައިވެސް ތި ހުރޭ
ށ. ފޯކައިދޫ ގަ ވެސް ހުރޭ
ކަލޭމެން ޖަ ދަލު ކުރާނެ ކަމެއް ނެތް! އެ ގަސް އެކަނި ހުރީ އެނގިއްޖެ@
ތީގެގަސް ހއ މަޑުލުގައިވެސްހުރޭ
ތިޔަށް އިހަވަންދިއް÷ުޅުމީހުން ކިޔަނީ ރަނޑޫ
ކަނޑޫ، ރަނޑޫޫ. ބޮޑަވަކި، މަރުވަކި ތަކަފަތި ފަދަ ނަންކިޔާ ގަސްތައް ކަނޑޫ ފާތަކުގައި ހުރޭ! ކަނޑޫފައުތައް ބެލީމަ ފެންނާާނެ ގަސްފެނުނިމަ ދިވެހިނަން ބުނެދެވޭނެ
ޢެބަ ހުރި ގއ.ވިލިނގިލި ގަ ތި ވަންތަރުގެ ގަހެއް
ށ. މަރޮށި ކުޅީގައިވެސް ހުރޭ