ރެޕިޑް ރެސްޕޮންސް ޓީމްގެ މެންބަރަކަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ހަމަލާ ދިން ކަމަށް ބުނާ މައްސަލަ ތަހްގީގް ކުރަން އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުން މިއަދު ގޮވާލައިފިއެވެ.

އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ އެހެން މީހުންނަށް ނަމޫނާ ދައްކަން ޖެހޭ ބައެއް ކަމަށެވެ. އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަން ކަށަވަރު ކުރުމަކީ މަޖިލީހުގެ މެންބަރުންގެ ޒިންމާއެއް ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެހެންވެ، އިކްރާމްގެ ފަރާތުން ފެނުނު އަމަލަކީ ދަށު ދަރަޖައިގެ އަމަލެއް ކަމަށާއި ހަރުކަށި އިބާރާތުން އެ ކަން ކުށްވެރިކުރާ ކަމަށް އިދިކޮޅު ކޯލިޝަންގެ ބަޔާނުގައިވެއެވެ.

އަނިޔާ ލިބުނު ފަރާތުން މި މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގުކޮށް އަޅަން ޖެހޭ ފިޔަވަޅު އެޅުމަށް ފުލުހުންނަށް ގޮވާލާ ކަމަށް އެ ބަޔާނުގައިވެއެވެ.

މާފަންނު މަދަރުސާގައި ހުރި ކޮވިޑް ރެޕިޑް ރެސްޕޯންސް ޓީމުގެ ސުންކު ނަގާ މީހަކަށް މެމްބަރު އިކްލާމް ހަމަލާ ދީ، މާރާމާރީ ހިންގާފައިވާ ކަމަށް ރޭ ޚަބަރު ފެތުރުމާއި އެކު އިކްރާމް ވަނީ އެކަން ދޮގު ކުރައްވައިފައެވެ.

"އަޅުގަނޑު ދިޔަ އިރު ދެ ކުއްޖަކު ނިކުމެގެން ދަނީ ރޮމުން. ދެން އަޅުގަނޑު ބުނެފިން ނޫހުންވެސް ޚަބަރުން ވެސް ދެކުނީމޭ އެގޮތަށް ސާމްޕަލް ނަގަނިކޮށް ބްރެއިން އަށް އިންޖަރީވި ވާހަކަ. ވަރަށް ކެއާފުލް ވާން ޖެހޭ ކަމެކޭ. ދެން އޭނަ އަޅުގަނޑުގެ ފުރަތަަމަ ސާމްޕަލް ނެގީ ކަރުން. އެ އޯކޭ. ކުޑަކޮށް އޯކަށް ދެމުނު. ދެން ނޭފަތަށް ކޮއްޕާލާފަ، ތަޅުވައިގަތީ. އަޅުގަނޑަށް ވަރަށް ތަދުވި. ތަދުވީމަ އިންސްޓެންޓް ރިއެކްޝަންއެއް އައީ. އަޅުގަނޑަށް އަތް ދުރުކޮށްލެވުނީ." އޭނާ ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސުންކު ނެގުމުގެ ތެރޭގައި ސުންކު ނެގި މީހާ އަށް ހަމަލާ ދިން މައްސަލައެއް ފުލުހުންނަށް ރޭ ހުށަހަޅާފައިވާ ކަމަށާއި އެމައްސަލަ ފުލުހުން ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އައިމަން

    ރެޕިޑް ރިއެކްޝަންގަ އެ ހަމަލާ އަމާޒުވި ކުއްޖާގެ އާއިލާ މީހަކު ތިޔަ މެމްބަރުގެ ހަތަރެސްފައި ބިންދާލާބަލަ!

    15
    2
  2. Anonymous

    ބޭކާރު ކަންކަމުގެ ތެރެއަށް އަނގަ ނުލުމަކީ ލީޑަރުންގެ ސިފައެއް. ސިޔާސީ ރައްޔިތުންނާ ގުޅޭކަންކަމުގައި ވާހަކަ ދައްކާނީ. އިންޑިވިޑުއަލް ކަންކަމުގައި އޭގެތެރެއަށް ނުބޭނިބަލަ.

    5
    1
  3. ހަނި

    މިސަރުކާރުގެމެންބަރަކަށް ދާވާކުރާނެތަ ތިޖެހީނު މީހަކު މ މަރާލިޔަސް ދާވަނުކުރާނެ މިވާސަރުކާރެތް އިސްތި އުފާ

    14
    1
  4. މިއަދު

    އިކުރާމު އާއިމެދު ފިޔަވަޅު ނާޅައިފިނަމަ ކަރަންޓީނުކުރުން ހުއްޓާލާނަން

    13
    1
  5. ދަރަނި ދަންތުރަ

    ރީނދޫތަ ސަހަލުނުވާނެ

    14
    1
  6. ޝާން ކެންޏާ

    މީރާ އްޖޭގަ އި ޕްރިންސުންނާ މަޖިލިސް މެންބަރު ން ތިބޭނީ ޤާނޫނުގެ މަތީގަ އި. ހިޔުމަން ރަ އިޓްސް އެނގޭނެ އަޅުގަނޑު ވަ އިފަށްވެެސް. ކެންޏާ އަންބެ އްނޫން. މި ކޮޅު އަނބި

    9
    1
  7. ބޮސް

    ތިޔަ ކޯލިޝަނުގަ ތިޔަތިބީ މިވީހާތަނަށް އެންމެ ރަނގަޅު ނަމޫނާ ދެއްކިމީހުން. ވަކިން ޚާއްސަކޮށް މެތެމެޓިކް އަދުރޭ. ޅަދެއް ހަޔާތެއްނެތް ތިޔަވާހަކަ ދައްކާއިރު.

    2
    10