ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަލަށް އާބާދުވަމުން އަންނަ ހިޔާ ފްލެޓްތައް ހުންނަ ސަރަހައްދަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވަޑައިގަތުމުން ބަޔަކު އެއްވެ ކުރި އިހްތިޖާޖާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ ދިއްގަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިކްރާމް ހަސަން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރައީސް ސޯލިހް ފުރަތަމަ ފަހަރަށް ހިޔާ ސަރަހައްދަށް ވަޑައިގެންނެވީ ރާއްޖެ ޓްރާންސްޕޯޓް ލިންކު(އާރުޓީއެލް)ގެ ދަށުން އާ ބަސްތަކެއް ބޭނުންކޮށްގެން ދެވަނަ ފިޔަވަހީގައި ބަސް ދަތުރުތައް ފެށުން އިފްތިތާހު ކުރުމަށެވެ. އެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމާއި ދައުލަތުގެ ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ބައެއް މީހުން އެ ސަރަހައްދަށް އެއްވެ އަޑު އުފުލަން ފެށީ އެމްޓީސީސީގެ ރަސްމިއްޔާތު ފެށުނު ފަހުންނެވެ. އަދި ރައީސް ވާހަކަފުޅު ދެއްކެވި ގަޑީގައި ވެސް އެމަނިކުފާނަށް އުނދަގޫވާ ގޮތަށް އަޑުގަދަކޮށްފައިވެއެވެ.

އެ ރަސްމިއްޔާތު ނިންމަވާފައި ރައީސް، މާލެ ވަޑައިގަންނަވަން އުޅުއްވި ގަޑީގައި ބަޔަކު އެއްވެ، އެމަނިކުފާނާ ދެކޮޅަށް ވެސް ޝުއޫރު ފާޅުކޮށްފައިވެއެވެ. އެގޮތުން ހިޔާ ފްލެޓުތަކުގެ ކުލީގެ އަގު ކުޑަ ކުރަން ގޮވާލިއެވެ. އަދި ރައީސް ސޯލިހް މަގާމުން އިސްތިއުފާ ދިނުމަށް ވެސް ބައެއް މީހުން ގޮވާލިއެވެ.

އިކްރާމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހިޔާ ފްލެޓުގައި ދިރިއުޅޭ ރައްޔިތުންނަށް ކޮންމެ 15 މިނެޓަކުން ބަހުގެ ހިދުމަތް ތައާރަފް ކުރުމަށް އެމްޓީސީސީން ބޭއްވި ރަސްމިއްޔާތަށް އުނދަގޫ ކުރަން އަޑުގަދަކޮށް ހިންގީ ވަރަށް ނާތަހުޒީބު، އަހުލާގީ މިންގަނޑު ދަށް އިހްތިޖާޖެއް ކަމަށެވެ.

އަދި އެއީ ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގައި އިކްރާމް ސިފަ ކުރައްވާފައިވެއެވެ.

"އުނދަގޫ ނުވާނެހެން އިހްތިޖާޖް ކުރެވުނީސް،" އިކްރާމް ކުރެއްވި ޓުވީޓުގައިވެއެވެ.

އެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ރަށްވެހިންގެ ފަރާތުން ޝަކުވާތައް ލިބިފައިވާ ކަމަށާއި އެކަންކަން އަޑު އައްސަވަމުން ގެންދަވާ ކަމަށެވެ. އެގޮތުން އެންމެ ބޮޑު ޝަކުވާ އަކަށް އޮތީ ހިޔާ ފްލެޓްގެ ކުލީގެ ޝަކުވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ކުލީގެ އިތުރުން ފްލެޓުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ހިދުމަތްތަކާ ގުޅިގެން މި އަންނަ ޝަކުވާތައް ވަރަށް ކައިރިން ބައްލަވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ. އެ ކަންކަމަށް މިހާރުން މިހާރަށް ގެންނަން އޮތް ހައްލެއް ގެނައުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން ގެންދާ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އެއް ފޮޓޯ

    ތީ ވެސް އމޑޕ މީހުން ކުރި ނަމަ ރަނގަޅު ވީސް. އަހަރެން ހަނދާން ހުރޭ ކާޅެއް މަރައިގެން އޭތި ދަނޑިއެއްގަ އެލުވައިން ޑރ. ވަހީދު އަހަރެން ރަށް ދިޔަ ދުވަހު މީހުން ތެޅުނު ވައްތަރު. ބަލަގަ ކޮންމެ އިންސާނަކު ވެސް ޚަލްޤުކުރައްވާ ފަރާތެއްް ވާކަން ނުވިސްނޭތަ؟ އިންސާނުންގެ ސިފައާއި ނުބެހި މުޒާހަރާ ކުރެވޭނެ ދޯ؟ ތަހުޒީބުގެ ވާހަކަ ދައްކަން ފެށުމުގެ ކުރިން އަމިއްލަ އަށް ނިސްބަތްވާ ޖަމާއަތާ އަމިއްލަ މީހާ ތަހުޒީބު ވާންޖެހޭ ދޯ؟

  2. ކޮއްޔާ

    މިކަހަލަ އަޙްލާގް ރަނގަޅު މީހަކު ތިހެންބުނީމާ އަންނަނީ ހިނި //

    16
  3. ޖާބެ

    ސައިކޯޕެތިކް ނާސިސްޓިލް ސިންޑްރަމް

  4. ޑައެލޯގް

    ޝަކުވާތަކާ ހުރިހައިކަމެއް އިބޫ ކުރިއަށް އޮތްތަނުގައި ބަލާނެއެވެ. އެއީ 2023 މިހާރުޖެހިފައިވާތީއެވެ. ތިވަރަށް ބެލިނަމަ އަހަރުމެނަށް އެތަންހަވާލުކުރީހީ ނިންމާފަނޫންހެއްޔެވެ. އޭގެބަދަލުގައި އިބޫބުނީ އުޅެންހެޔޮވާވަރުގެ ތަނެއްނޫންކަމާއި ބަޔަކުދިޔަޔަސް އެބުރިއަންނާނެކަމެވެ. ޔާމީންއޮތީ އެތަންހަދާފަ 5600 ދޭންނިންމާފައެވެ.

  5. ނާނި

    މީ ދާއިރާއަށް އެއްވެސް ކަމެއް ކޮށްދެވޭ މީހެއްނޫން، ބޭކާރު މީހެއް، ދާއިރާގެ މަސައްކަތްތައްވެސް މީނަ އަޑީގަ ހުރެގެން ހުރީ ހުއްޓުވާފަ،

  6. ޙަސަން

    އިކުރާމު ވާހަކަދައްކާކަށް މާ ރީއްޗެއްނޫން ދާއިރާއަށް އެއްވެސްކަމެއް ނުކޮށްދޭ ދާއިރާއާ ހަވާލުވި އިރު ފަށާހުރި މަސައްކަތްތައްވެސް އެހުރީ ހުއްޓިފަ، ދާއިރާޢޭ ބުނެ މަޖުލިސްގަ އަނގަ ހުޅުވާލަނން ނުކެރުނު މީހެއް މީނޫނީ ނުހުންނާނެ،
    އިކުރާމަށް ހީވަނީތަ ރައްޔިތުން އިކުރާމު ހޮވީ ވެރިކަން ދިފާޢު ކުރަންކަމަށް،
    ދާއިރާގަ ފަށާފަހުރި މަސައްކަތްތައް ނިންމުމަށް ހޮވާފަ ތިހުރީ ތަރަށްޤީ ގެނައުމަށް،

  7. ހައްޕު

    ލޮލުގައި ޖެހޭހައި ކައިރިން ބެލީމާ ފެނަނަވަރަށް ކޮތަރު ސިޓީގެ ހާލަތު ބަލާކަން މަމެން ދަންނަން.

  8. މާޟީ

    މީނާ މީކާކު؟؟

  9. ފިރުއައުނު ބާގައިގެ އިކުރާމް އިސްތިއުފާ!!!!

    ބަލަގަ އިކުރާމޫ. ކަލެއަށް ކޮވިޑުވެކްސިން ޖަހައިދިން ނިކަމެތި އަންހެން ކުއްޖާގެ ގައިގަ ޖެހި ދުވަސް ހަނދާން އެބަހުރިތަ؟ އެކި ނޫސްތަކުގެ ފަލަސުރުހީގައި އެވާހަކަ އޮތޭ. އަހަރުމެން ހަނދާންވެސް އެބަހުއްޓޭ....އެވަރު ނާތަހުޒީބު ގޮތްކުޑަ ލަދުކުޑަ އަމަލެއް ހިންގި މީހަކު ކޮން ވާހަކައެއް ދައްކާކަށް!!!!! އަންހެނެއްގައިގައޭ އަދި ކަލޭ ޖެހީވެސް. ލަދު ގަނޭތަ ކަލޭ އިކްރާމޫ؟؟؟؟؟ އަހަރުމެން ރޭގައި ކުރީ އިހުތިޖާޖު، ފާޅުކުރީ ޝުއޫރު...އަހަރުމެން މީހުންގެ ގަޔަށް ބޮލަކަށް ނާރަން ކަލޭހެނެއް. މިބުނީ އަދިވެސް ސޯލިހު މިތާގައި ޖަލްސާއެއް ބައިވައިފިއްޔާ މަށަށް ލެވުނު ހަޅޭކެއް ލަވާނަން. އެެބެއްޔާގެ އިސްތިއުފާއަށްވެސް ގޮވާނަށް. މި ހިޔާފުލެޓުތައް ހަދާފައި ހުރެގެން ހިތައް ކެއްނުވެގެން މިތަން ތަޅާލަން ގޮވާލި މީހާ އެއީ. ލަދު ހަޔާތް ނެތީމަ މިތަނަށް އައީވެސް އޭނަ އިގިއްޖޭ!!!

  10. އާތިފާގެ ފުރެންޑެއް

    އިކުރާމޫ ކަލޭ އަނގަ މައިތިރިކުރޭ. އަހަރުންނަށް ކަލޭ އާއިލާ ތެރޭގައި ހިންގާ ޖަރީމާވެސް އިނގޭ. ކިޔާލަންވީތަ؟؟؟؟؟؟