އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާތައް ލައިވްކުރައްވާ އިރު ބައެއް މެމްބަރުން އުޅުއްވާ ގޮތުން ލަދު ގަންނަ ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.

އިކްރާމް އެގޮތަށް ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ވަގަށް މީހުން ވައްދާ މައްސަލައާ ގުޅޭ ގޮތުން މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރި ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

އެ ބަހުސްގައި އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ އެމްޑީޕީން އެންމެ ފަހުން ބޭއްވި ގައުމީ މަޖިލިސް ޖަލްސާ ލައިވް ނުކުރި މައްސަލައިގައި ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެ ޖަލްސާގައި ވަނީ އިލެކްޝަން ކޮމިޝަންގައި ރަޖިސްޓްރީ ނެތް އެމްޑީޕީގެ 39،000 މެމްބަރުން ވަކި ކުރަން ނިންމައިފައެވެ. އެހެންވެ އެފަދަ ބޮޑު ކަމެއް ކުރާއިރު ލައިވް ކުރަން ޖެހޭނެ ކަމަށް ބައެއް މެމްބަރުން ވަނީ ވިދާޅުވެފައެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި އިކްރާމް ވިދާޅުވީ އެ ޖަލްސާ ލައިވް ނުކުރި ނަމަވެސް އެ ޖަލްސާ ބޭއްވީ ސިއްރުން ނޫން ކަމަށެވެ. އަދި އެ ޖަލްސާގައި ހުރިހާ ދާއިރާއެއްގެ ރައީސުންނާއި އެމްޑީޕީގެ މަޖިލިސް މެމްބަރުން ވެސް ބައިވެރިވި ބައްދަލުވުމެއް ކަމަށެވެ. އަދި ސިއްރުން އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ކޮންމެ ޖަލްސާއެއް ލައިވް ކުރުމަކީ ކޮންމެހެން މުހިންމުކަމެއް ނޫން ކަމަށާއި ބައެއް ފަހަރު ޖަލްސާތަކުގައި މެމްބަރުން އުޅުއްވާ ގޮތުން ލަދު ގަންނަން ޖެހޭ ކަމަށެވެ.

"އެންމެ ފަހުން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާ ލައިވް ނުކުރަން ނިންމި ނިންމުމަކީ އޭގެ ކުރީގެ ގައުމީ މަޖިލިސްގެ ޖަލްސާ ލައިވް ކުރުމުން އެ ފެނިގެން ދިޔަ މަންޒަރުތަކަކީ ހަމަ ގައިމުވެސް އަޅުގަނޑުމެން އެމްޑީޕީގެ މެމްބަރުންނަށް އެހީ ރީތި މަންޒަރުތަކެއް ކަމަށް އަޅުގަނޑުމެންގެ ދާއިރާގެ މެމްބަރުން ފާހަގަ ކުރި ކަމެއް ނޫން." އިކްރާާމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މޭޖަރ.......

    ބޯ ހަލާކު. ރައްޔިތުންގެ މަޖުލީހުގެ ޖަލްސާގައި ދައްކަންޖެހޭ ވާހަކައެއްބާ އެއީ. ޕާޓީގެ އަމިއްލަ ވާހަކަތައް ދައްކަން ފުރުސަތުދެނީ މަޖިލީހުގެ ރައީސް ހަމަ ގޮނޑިކޮއްކޮވާވަރުންބާ.

    15
  2. ނަން

    ވަލުޖަނަވާރު ހެން އުޅޭ މީހުން އުޅޭ ޕާޓީތަކުގަ ކަންތައް ހިނގާނީ ތިޔަހެން ހަމަ. އިކުރާމުވެސް ތިޔަ ގޮތްކުޑަ ޕާޓީއަ ފެޔައް ޖެހެން މަށަށް ފެންނަނީ.

  3. ނާދިރާ

    ރަސޫލާއަށް ފުރައްސާރަ ކުރުމާއި ދެކޮޅަށް މަޖިލީހަށް ހުށަހެޅި ޤަރާރާ ދެކޮޅަށް ވޯޓުލީ މީހުންނާ ވަކިއަތަކަށް ވޯޓު ނުލާ ތިބި މީހުން ތިތަނުން ބޭރުކުރޭ.

    15
  4. އަޒުމް

    މިއަށްވުރެން ވަކި ހަޔާތްކުޑަ ގޮތްކުޑަ ބަޔަކު ނެތް. ނަމުގެ ކުރިޔަށް ރަސްގެފާނު އިތުރުކޮށްގެން އުޅުނަސް ހިރަފުސް ވާނީހިރަފުހަށް..

  5. ހަސަން

    މިކަލޭގެ ކޮވިޑް ސާމްޕަލް ނެގި ދުވަހު އެ އުޅުނު ގޮތުން ދާއިރާގެ ރައްޔިތުން ލަދުން އުޅުނު އެ އަހަރު އެއްކޮށް. ލަދުކުޑަކަން ދޯ. އެމްޑީޕީ އަކީ ކަލޭ ހިތަށް އެރި ގޮތަކަށް ކަންތައް ކުރަން އޮތް ތަނެއް ނޫން.