ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އިން ސުލޫކީ މައްސަލައެއް ބެލުމަށްފަހުގައި ވަކިކުރަން މަޖިލީހަށް ފޮނުވާ ފަނޑިޔާރުންގެ ވަކީލުކަމުގެ ހުއްދަވެސް ބާތިލުކުރަން ޖެހޭ ގޮތަށް ސަރުކާރުގެ ފަރާތުން ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނަށް އިސްލާހު ހުށަހެޅުމުގެ މި ބިލު ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަންއެވެ. އިކްރާމް ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ ގާނޫނީ ފަންނުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ ށ ގެ ފަހަތަށް ފަސް އަކުރެއް އިތުރު ކޮށްފައެވެ.

އެގޮތުން ފަނޑިޔާރުންގެ ޤާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، އެ ފަނޑިޔާރު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފިނަމަ، އެ ފަނޑިޔާރު ކުރި އަމަލަކީ ޤާނޫނީ ވަކީލުކަމުގެ ސުލޫކާ ހިލާފު އަމަލެއް ކަމުގައި ބަލައި، އެ ފަނޑިޔާރަށް ދޫކޮށްފައިވާ ގާނޫނީ ވަކީލުކަމުގެ ހުއްދަ ބާތިލުވާނެ ކަމަށް ބުނެފައިވެއެވެ.

އަދި އެގޮތުގެ މަތިން ވަކީލުކަމުގެ ހުއްދަ ބާތިލުކުރެވިއްޖެނަމަ، އެ މީހަކަށް ދެން ޤާނޫނީ ވަކީލުކަމުގެ ހުއްދަ އަލުން ހޯދޭނީ، ވަކިކުރާ ތަރީހުން ފެށިގެން ފަސް އަހަރު ދުވަސް ފާއިތުވުމަށްފަހު، އަދި ޤާނޫނީ ފަންނުގެ ޤާނޫނުގައިވާ ގޮތުގެ މަތިން ޤާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދުމަށް އަލުން ހުށަހަޅައި، ޤާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދުމަށްފަހު ކަމަށްވެސް އިސްލާހުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ފަނޑިޔާރަކު މަގާމުން ވަކިކުރެވެނީ އެކަށީގެންނުވާ ބޮޑު އަމަލެއް ކޮށްގެން ކަމަށް ޖޭއެސްސީގެ ތަހުގީގު ކޮމިޓީއަށް ސާބިތުވެއްޖެނަމަ، ދެން އަލުން ގާނޫނީ ވަކީލުކަމުގެ ހުއްދަ ނުލިބޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.

"އެކަށިގެންނުވާ ބޮޑު އަމަލެއްގެ" ގޮތުގައި ބެލެވޭނީ ފަނޑިޔާރުކަމުގެ މަގާމުގައި ހުރި ފަރާތަކުން ކުރި އަމަލަކީ، އޭގެ ސަބަބުން ފަނޑިޔާރުކަމުގެ މަގާމުގެ އަދި ޝަރުއީ ދާއިރާގެ އިތުބާރު ގެއްލޭފަދަ ބޮޑު އަމަލެއް ކަމުގައި ފަނޑިޔާރުންގެ ގާނޫނުގެ ދަށުން ހަދާ ގަވައިދުގައި ކަނޑައަޅާފައިވާ އަމަލެއް ކަމަށް ވެސް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގައި ވަނީ ބުނެފައެވެ.

ހަމައެހެންމެ ސުލޫކީ މައްސަލައެއް ބަލަމުން ދަނިކޮށް، އަމިއްލައަށް މަގާމުން އިސްތިއުފާ ދީފި ކަމުގައި ވާނަމަ ވެސް ފަނޑިޔާރުކަމުގެ ހުއްދަ ބާތިލުވާ ގޮތަށް އެ އިސްލާހުގައި ވަނީ ހިމަނާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޢހ

    ނިހާދު ބުރޯ އެމީހުންގެ ހުއްދަ ބާތިލް ކުރިޔަސް ދެން އަންނަ ބަޔަކު ތި އިސްލާހު ނެތިކުރާނެ. ޢޭގެފަހުން ކަލޭމެން ވަގުންނަށް ހައްގު އަދަބު އެމީހުން ކަޑައަޅާނެ. އަވަހަށް ފިލަން އުޅޭ ވަގުތު އޮއްވާ.

    • Anonymous

      އެމްޑީޕީ ޕާލިމެންޓުރީ ގުރޫޕުގެ ހަސަދަވެރިކަން ﷲ ފާޅުކުރައްވަނީ، މިބައި ގަޑަކީ ހިންދޫ ބީޖޭޕީ ތެރޭގައި އާރު އެސް އެސް ކަހަލަ ހަސަދައިން ފުރިފައިވާ ހައްދު ފަހަނަޅަ އަޅާފައިވާ ބައިގަޑެެއް ﷲ މިބައިގަޑުގެ ކިބައިން މިޤައުމު ސަލާމަތް ކުރައްވާށި !

  2. އަޒާން

    ޢިލްމާ ހުނަރުގެ ތެރެއަށް ތަޖުރިބާގެ ބޮޅެއް އިތުރުވުމުން އެ ޢިލްމާ ހުނަރު ނެތްމީހަކަށް އެމީހަކު ހެދޭ ނިޒާމެއް އަންނަނީބާ؟
    މިހެން ވެއްޖެ ނަމަ ފަނޑިޔާރުންނަށް ކުރިމަތި ވާނީ ބޮޑު ބިރުވެރި ކަމަކާ ކަމަށް މި ފެންނަނީ. ފަނޑިޔާރުންގެ މައްޗަށް ބިރުވެރި ކަމެއް ކުރިމަތި ވުމަކީ ޢަދުލު އިންސާފަށް އޮތް ބިރެއް

  3. ތ

    އާޗާ! އެމީހުންނަށް ކައިބޮއި އުޅުމާއި، އަނބި ފިރިކަން ވެސް ނުކުރެވޭ ގޮތް ހަދަންވީނު!

  4. ކެހުރި

    ސަރުކާރެއް ނޭވާހޮޅިޔަށް އެޅި މަރަށްތެޅެނީ. އެމްޑީޕީގެ ވަކީލުން ނޫން އެހެން އެންމެންގެ ހުއްދަ ބާތީލްކުރާ ޤާނޫނެއް ފާސްކުރުމަށްފެނޭ. ބާކައުންސިލަކީވެސް އެމީހުން ނޫން އެހެންމީހުންނަށ ްހުއްދަނުދޭން ބޭނުންވާ ބައެއް. ކިޔެވުމުގެ ބޭނުމެއްނެތް. އެމްޑީޕީއަށް ސޮއިކުރީމަ ހުއްދަލިބޭނެ

  5. Anonymous

    މިއީ މާފެޔާ ބައިގަޑެއް ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން ތިބިތަނެއް !

  6. ރަން ރީނދޫ

    އެއްވެސް ތައުލީމެއް ނެތް ބަޔަކު،ޓެކްނޯކްރެޓުންނަށާއި ޢިލްމީ ފަންނީ މަސައްކަތްތެރިންގެ މައްޗަށް އަމުރު ކުރާން ހޮވުމުން ފެނިގެން ދާނީ މި މަންޒަރު.

  7. Anonymous

    ވެރިޔެއްގެ ނަމުގަ ވެރިކަން ކުރާ މީހުންނާ ދައުރު ހަމަނުކޮއް އިސްތިއުފާދޭ މީހުންނައް

  8. ކެރޭނެތެ

    ވެރިއެއްގެ ނަމުގަ ވެރިކަންކުރާ މީހުންނާއި،ދައުރުހަމަނުކޮއް ވެރިކަންދޫކުރާ މީހުންނައް ދެވަނަދައުރަކައް ވެރިކަމައް ކުރިމަތިނުލެވޭގޮތައް ބިލެއްހުށަހަޅާބަލަ