ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ބައްލަވާ ގާޒީ އަލީ އާދަމް ފިޔަވައި އެހެން ބޭފުޅަކު އެމައްސަލަ ބައްލަވާ ގޮތައް ހަމަޖައްސަވައި ދެއްވުން އެދި މަހްލޫފް ކްރިމިނަލް ކޯޓު ހިންގުމާއި ހަވާލުވެ ހުންނެވި ގާޒީ އާދަމް އާރިފަށް ސިޓީއެއް ފޮނުވައިފިއެވެ.
މަހްލޫފް އާދަމް އާރިފަށް ފޮނުވި ސިޓީގައި ވިދާޅުވީ އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުލަތުން ދައުވާ ކުރާ މައްސަލަ ބައްލަވާ ގާޒީ އާލީ އާދަމް އަމަލު ކުރައްވަމުން ގެންދަވަނީ 2016 ވަނަ އަހަރު މަަހުލޫފަށް ޖަލު ހުކުމް އިއްވި އިރު ވެސް ގާޒީ އަލީ އާދަމް އަމަލު ކުރެއްވި ގޮތަށް ކަމަށެވެ.
އެގޮތުން އެ ޝަރީއަތް ވެސް އަލީ އާދަމް ނިންމެވީ ދިފާއީ ހެކިން ހުށަހެޅުމުން އެހެކިން ބަލައި ނުގަތުމަށް ނިންމެވުމަށް ފަހު ވަކީލުގެ ޣައިރު ހާޒިރުގައި ކަމަށާއި މިފަހަރުގެ ޝަރީއަތުގައި ވެސް ޝަރީއަތަށް އޭނާ ހުށަހެޅުއްވި ހުށަހެޅުންތައް ބަލައި ނުގަނެ، އޭނާގެ ވަކީލު އަހުމަދު ނާޒިމު އަބުދުއް ސައްތާރު ސަސްޕެންޑްކޮށްފައިވާ ކަމަށް މަހްލޫފްގެ ސިޓީގައި ވިދާޅުވިއެވެ.
ދިފާޢީ ހެކިން ބަލައި ނުގަނެ، ވަކީލް ސަސްޕެންޑްކޮށްގެން އެފަހަރު ޙުކުމް ކުރުމުން އެފަހަރު ބަންދު ކުރި ކުރި ކުރުން އެއީ ގާނޫނާ ހިލާފު ބަންދެއް ކަަމަށް ޔޫއެން ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ނިންމާފައިވާކަން ވެެސް މަހްލޫފްގެ ސިޓީގައި ވަނީ ފާހަގަކޮށްފައެވެ.
މަހުލޫފާ ދެކޮޅަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ޓެރަރިޒަމްގެ ދައުވާގެ އިތުރުން ވެސް މަހްލޫފްގެ މައްޗަށް ދައުލަތުން ވަނީ އިތުރު ދައުވާތަކެއް އުފުލާފައެވެ.
ޔޫއެންގެ ވޯކިންގުރޫޕުން ގސބޫލުކުރުމާ ނުކުރުމަކީ އެއީ އަހަރުމެންނާބެހޭކަމެއްނޫން އެމީހުންއެއީ ޔަހޫދީން އަހަރުމެން މުސްމިމުންގެނިންމުންތަކާ އަބަފުވެސްދެކޮޅުހަދާނެ