މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ ހިމެނޭ ގޮތައް ގްރޭޓާ މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ތެރެއިން %96 މީހުން ގްރޭޓާ މާލެ ސަރަހައްދުގައި ދިރިއުޅެނީ މަޖުބޫރު ވެގެން ކަމަށް ޚިޔާލު ހޯދުމުގެ ވޯޓަކުން ދައްކައިފިއެވެ.

ހުޅުމާލޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތްކުރި ހިޔާ ފްލެޓްތައް އާއްމުންނަށް ދިނުމުގައި ސަރުކާރުން ކަންތައް ކުރަމުން ގެންދާ ގޮތާއިމެދު ކަންބޮޑުވުންތައް ފާޅުކުރާ "ކޮތަރު ކޮށި" ގްރޫޕުން ނެގި ޚިޔާލު ހޯދުމުގެ ވޯޓެއްގެ ބައިވެރިވި މީހުންގެ ތެރެއިން 615 މީހުން ބުނެފައި ވަނީ އެމީހުން ގްރޭޓާ މާލޭގައި ދިރިއުޅެނީ މަޖުބޫރު ވެގެން ކަމަށެވެ.

ގްރޭޓާ މާލެ ސަރަހައްދުގައި ދިރިއުޅެނީ ދިރިއުޅެން ބޭނުން ވެގެން ކަމަށް ބުނީ ވޯޓްގައި ބައިވެރިވި މީހުންގެ ތެރެއިން އެންމެ 21 މީހުންނެވެ. އެއީ ވޯޓްގައި ބައިވެރިވި މީހުންގެ %3 އެވެ.

"ކޮތަރު ކޮށިން" ބުނެފައި ވަނީ ރާއްޖޭގެ އާބާދީގެ ބޮޑު އިންސައްތައެއް މާލެ ސަރަހައްދުގައި ދިރިއުޅެނީ އުޅެން ބޭނުން ވެގެން ނޫންކަމަށާއި "މިތަނުގައި އުޅެނީ ނިޒާމީގޮތުން އުޅެން މަޖްބޫރު ކުރުވާފައިވާތީ" ކަމަށެވެ. ހިޔާ ފްލެޓުތަކަށް ފޯމު ލީ ގިނަ ފަރާތްތަކަކީ މިހާލަތުގައި އުޅޭ ފަރާތްތައް ކަމަށް ވެސް "ކޮތަރު ކޮށިން" ބުންޏެވެ.

ހަ އަހަރުގެ ތެރޭގައި ރާއްޖޭގެ އާބާދީއަށް ލައްކައެއް އިތުރުވެ، މީހުން ދިރިއުޅޭ އަދަދު ފަސް ލައްކައަށް ވުރެ މައްޗަށް މިހާރު ވަނީ އަރާފައެވެ. ތަފާސް ހިސާބަށް ބަލާއިރު އާބާދީގެ %40.8 ދިރިއުޅެނީ ވެރިރަށް މާލޭގަ އެވެ. އެއީ 227،000 އަށް ވުރެ ގިނަ މީހުންނެވެ. އަތޮޅު ތެރޭގައި ދިރިއުޅެނީ %59.2 މީހުންނެވެ.

ވަޒީފާ، އާއި ތައުލީމާއި ސިއްހީ ޚިދުމަތް ހޯދަން ގިނަ ބަޔަކު މާލެ އަށް ކޮންމެ އަހަރަކު ވެސް ހިޖުރަކުރަމުން ގެންދެވެ. އަތޮޅުތެރޭގެ ގިނަ ރަށްރަށުގައި އެންމެ އަސާސީ ޚިދުމަތްތައް ވެސް ރަނގަޅަށް ލިބެން ނުހުންނާތީ ގިނަ ބަޔަކު މާލެ އަށް ހިޖުރަކުރަން މަޖުބޫރު ވެފައިވާއިރު މާލެ ތޮއްޖެހި، ގެދޮރުގެ އަގު ވަނީ އިންތިހާއަށް މައްޗަށް ކޮށްފައެވެ.

މާލެ ސަރަހައްދުގެ ގެދޮރުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވޭ ހިޔާ މަޝްރޫއުގެ ފްލެޓްތައް މިސަރުކާރުން އަލުން ބަހަމުން ގެންދާއިރު، އަދި އެފްލެޓްތަކުގައި މީހުންނަށް ދިރިއުޅެން ފެށޭނެ ދުވަހެއް ވެސް ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. އަލީރާޖާ

    ތިއީ ގަބޫލުކުރެވޭ އަދަދެއް ނޫން. ތެދެއް މަޖުބޫރުވެގެން އުޅޭ މީހުންވެސް އެބަ އުޅޭ. އެކަމަކު އަމިއްލަ ރަށްވީމާ އުޅޭ މީހުންނާ، އުޅެން ބޭނުންވެގެން އުޅޭ މީހުންނާވެސް އުޅޭ.

    30
    1
    • އަބު

      މާލެ އަކީ އަމިއްލަ ރަށަށް ވީމާ އެމީހުންނަށް މަޖުބޫރު މާލޭގައި އުޅުން

    • އެމްޑީޕީ މެމްބަރު

      ތީ އެންމެ 615 މީހުނެއްނު.... މާލޭގަ އެބަ އުޅޭ މާލޭގަ އުޅޭ ހިތުން އުޅޭ މީހުން... ރަށުން ވަސީލަތްތަށް ލިބޭ އިރު ވެސް މާލޭގަ އުޅޭ ހިތުން އުޅޭ މީހުން... ކޮތަރު ކޮއްޓަސް އެހެން ތަނަކަށް މާލެއިން ތަންކޮޅެއް ބޭނުމީ

      13
      1
  2. ރާއްޖެތެރެ ގޮލާ

    މަޖުބޫރު ކޮއްގެން

    28
    5
  3. ފާތުން

    ރަށު ބޮޑު ގޯތި ކުއްޔަށްދީފައި ހަމަ ގަސްތުގައި މާލެ އަންނަނީ އުޅެވެންވެސް އޮއްވާ. ބޭކާރު ވާހަކަތީ. މިހާރު ރާއްޖެތެރެ ވެސް ތަރައްޤީ. ޢެހެންވެ ބަސްއަހައިގެން ރަށުގަ އުަޅެބަލަ. މާލެފުރިއްޖެ. މާލެ ސަރަހައްދު ވެސްފުރިއްޖެ. މިތާކު ނެތް މީހުންއުޅޭނެތަނެއް. މިތަން ތޮއް ނުޖައްސާ. ޙެޔޮނުވާނެ. 😡😈🙏

    17
    8
  4. ރަށަށްދާން ބޭނުން

    ތިއީ ޤަބޫލުކުރެވޭ އަދަދެއް ނޫން އެހެން ނަމަވެސް ހަޤީޤަތަކީ މާލޭގައި ދިރިއުޅޭ ރަށްރަށުގެ މީހުން ދިރިއުޅެނީ މަޖުބޫރުވެގެން.
    1. ރަށުގަ މަތީ ތައުލީމަށް ކިޔެވޭކަށް ނެތް - ކިޔަވަން އަންނަންޖެހެނީ މާލެ
    2. ކިޔަވާ ނިންމާ ވަޒީފާއަކަށް ދާން ބަލާއިރު ރަށުގަ ވަޒީފާއެއް ނެތް - މިހިސާބުން މާލެ އިން ވަޒީފާ ހޯދަން މަޖުބޫރުވޭ!
    4. ރަނގަޅު ސިއްޙީ ނިޒާމެއް ރަށުގަނެތް. ރަށާ ކައިރިންވެސް ނެތް.
    3. ދެން އަނބިދަރިންނާ ވަކިން އެކަނި މާލޭގައި ދިއުޅެން އެކަކުވެސް ބޭނުމެއް ނުވޭ - އެއީ ހިތްދަތި ކަމެއް.
    4. އެންމެފަހުން ވަޒީފާ އާއި، ދަރިންނަށް ކިޔަވާދިނުމާއި، ސިއްޙީކަންކަމަށް މާލެ މަޖުބޫރުވޭ!
    *ހަމަގައިމުވެސް މަގޭ މިއުޅެނި ހަމަ މަޖުބޫރުވެގެން. ރަށަށް ބަދަލުވެވިދާނެ އެހެންނަމަވެސް ހުސްއަތާ!!!!!!!!!!!!!!!!!!!!!!!

    18
    4
  5. ހުސޭނުބޭ

    މި ސަރުކާރުން މާލެ ތޮއްޖެއްސުމާ ދެކޮޅުވާނެ! ޖަޒީރާ ދިރިއުޅުމަށް ބަދަލުކޮށްދޭނެ...... ކެކެކެކެކެކެ

    7
    1
  6. ހަސަން

    ވަރަށް ބޮޑު ތެދެއް. ކާކު ބޭނުން ވާނީ ލިބޭހާ ލާރީ އެއް ކުއްޔަށް ދީގެން އުޅެން. މާލެ ނޫން ގޮތެއް ހަމަ ޖައްސަން ޖެހޭ!!

    11
    1
  7. ސަމްސިއްޔާ

    މިކަހަލަ ތާކުންތާކު ނުޖެހޭ ސާރވޭތަށް ޕޮސްޓް ނުކުރުން އެންމެ ރަނގަޅުގޮތަކީ. އެންމެ %2 މީހުނަށް ބިޔާކޮށް ސައްޙަ ނަތީޖާއެއް ނިކުންނާނެ ކަމަކަށް ނުބެލެވޭ. އަނެއްކާ މާލޭގެ ގެދޮރުވެރިން ޔޫރަޕްގައި އުޅެންބޭނުންވަނީތަ؟؟ އެވެސް ފަހަރެއްގައި ވެދާނެ މާލޭގައި އުޅެން ބޭނުންނުވާމީހުންކަމަށް.

  8. އީދު

    މަޖުބޫރުވެގެން ދުނިޔޭގަ އުޅޭމީހުން ތީ

    7
    1
  9. ރާނީ

    ގަބޫލެއް ނުކުރެވޭ. ތީ ފޭކް ޚަބެއް

    3
    2
  10. ސަމޭދާން

    ތައުލީމުހޯދަން މާލެދިއުން އެއީ ކުރީގެ ސަގާފަތެއް. މިހާރު ރަށުގައި ތުބެގެން ކިޔެވޭ. ކަމެއްނެތަސް މާލޭގައި އުޅޭހިތުން އުޅޭމީހުން އަހަރެންގެ އާއިލާގައިވެސް އެބަތިބި. އެމީހުން ރަށުގައި އުޅޭހިތްނުވަނީ ރަށް ކުޑަވެފައި އަމާންވެފައި ބީޗް ރީތިވީމަ. ރަށުމީހެކޭ ބުނާތީވެސް އެމީހުން ލަދުގަނޭ.

    11
    1
  11. ޢަދުރޭ

    ބައެއް މީހުން ދުނިޔޭގައިވެސް އުޅެނީ މަޖުބޫރުވެގެން. ދުނިޔެއަށް އައީތީ ހިތާމަކުރާ ޙާލުގައި ސާވޭއެއް ހަދައިފިއްޔާ ހަމަ 96 ޕަސެންޓް ހަމަވާނެ . އުނދަގުލަކާ ނުލާ އުޅެވޭނެ ހަމައެކަނި ތަނަކީ ސުވަރުގެ

    10
  12. އެއީ އެންމެ ފޫހި ލައިފް

    އަޅުގަނޑު ރަށުގައި އުޅޭ ހިތްނުވަނީ އެކަކު އަނެކަކު މާބޮޑަށް އިނގިފައިވުމާއި، ޢީބަ ބުނުމާ ދޭތެރެ ޖެއްސުމާއި ފިތުނަ ފަސާދަ އާއި އެކަކު އަނެކަކަށް އޮންނަ ވާދަވެރިކަމާއި ހަސަދަވެރިކަން މާބޮޑުވީމަ.

    10
    1
    • ފޫހިއްޔާ

      ދެން އާ ރަށަކަށް ދިރިއުޅުން ބަދަލުކުރީމަ ރަގަޅުވާނެ. ކޮންމެހެން ތިޔަ ސަބަބާ ހުރެ މާލޭގަ އުޅެންޖެހޭތަ؟

  13. ފަސީން23

    ތެދުވާހަކައެއް. މަވެސް ބޭނުންވަނީ ލަންޑަންގަ ދިރުއުޅެން.

  14. ޔޯމާމާ ސޯފެޓް

    96% ހޯދި ގޮތް ހެއްކާ އެކީ ދެއްކޭނެތަ؟ނުދެއްކޭނެ