ފުލުހުން ނިކުމެ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ހައްޔަރުކުރަން ޖެހޭކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފު މިހެން ވިދާޅުވީ ޕާޓީތަކުގެ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންނަކީ ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ހަމަވެފައިވާ މީހަކަށް ވާންޖެހޭ ކަމަށާއި މިކަންކަމަށް ސިޔާސީ ޕާޓީތަކުން ސަމާލުވާންޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއްޔެ ވިދާޅުވުމައި ގުޅިގެންނެވެ.

ރާއްޖެ ޓީވީގެ "60 މިނެޓް" ޕްރޮގްރާމްގައި ގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ބަހަކީ ޤާނޫނެއް ނޫންކަމަށާއި އެޕާޓީއިން އަމަލުކުރަނީ ޤާނޫނު އަސާސީއާއި، ޤާނޫނުތަކާއި އަދި އެޕާޓީގެ އަސާސީ ޤަވާޢިދާއި އެއްގޮތަށް ކަމަށެވެ.

"އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކުރަނީ އެމްޑީޕީގެ ޕްރައިމަރީއަށް ނުފޫޒު ފޯރުވުމަށް. އެކަން ކުށްވެރިކުރަން ޤާނޫނު އަސާސީގައި ބުނާ ގޮތުން ކެންޑިޑޭޓެއްގެ ކެެންޑިޑެސީ މައްސަލައިގައި ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުގެ ފުލް ބެންޗުން" ހަސަން ލަތީފު ވިދާޅުވިއެވެ.

ހަސަން ލަތީފު ވިދާޅުވީ އެކޯޓުގެ ފުލް ބެންޗުން އެކެއް ފެބްރުއަރީގައި ނެރުނު އަމުރުގައި ރައީސް ނަޝީދު މިނިވަންކުރުމަށް އަމުރުކޮށްފައިވާކަމަށެވެ.

ހަސަން ލަތީފު މިހެން ވިދާޅުވި ނަމަވެސް ފެބްރުއަރީ އެއް ވަނަ ދުވަހު ގައިދީންތަކެއް ދޫކޮށްލަން ނެރުނު އަމުރު އެކޯޓުން ފަހުން ވަނީ ބާތިލް ކޮށްފައެވެ.

ނަޝީދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ތައްޔާރުވަމުން ދަނިކޮށް އިއްޔެ އިލެކްޝަންސް ކޮމިޝަނުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ސިޔާސީ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ބައިވެރިވާ ކެންޑިޑޭޓުންނަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބުކުރާ މީހެއްގައި ހުންނާންވީ ޝަރުޠުތައް ފުރިހަމަވާ މީހެއްކަމުގައި ވާން ޖެހޭނެ ކަމަށެވެ.

ޤާނޫނު އަސާސީގެ 109 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ޖިނާޢީ ކުށެއް ކުރިކަން ސާބިތުވެ އެއްއަހަރަށް ވުރެ ދިގު ޙުކުމެއް އައިސްފައިވާ މީހަކު ނަމަ އެމީހަކަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނީ އަދަބު ތަންފީޒުކޮށް ނިމުނުތާ ފަސް އަހަރު ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޙޮއްކޮ

    އަސްލުވެސްތަ ލަތީފު ނުބުނެގެން ކަންނޭގެ

  2. އަޙްމަދު މަގޭ ޤައުމް

    ހަސަނު ތީމޮޔައެއް. އެންމެން މިހެން ކިޔާ.

  3. ރިއަލިޓީ

    ޢަނެއް ކަންތައް. މިމީހުން ބޭނުންވާ ކޮންމެގޮތެއް ވާންޖެހޭދޯ. މިމީހުން ބުނަނީ ހީވާގޮތުން ދީނީގޮތުން އަންގަވާގޮތްހެން. ޙުސް ދީން ގަބޫލުނުކުރާ އާލާތުން

  4. ޙުސެން

    ބަލަ ހަސަނާ ކަލޭ ޕްރައިމަރީއަށް ކުރިމަތިލާންވީނު. ކަލޭމެންނަކީ ބިރުވެރި ބައެއް. ޢެއްވެސް ގާނުނަކީ ކަލޭމެނަ ބޯލަބަންޖެހޭ އެއްޗެއް ނޫންވިއްޔާ. ތިކަހަލަ ބަޔަކަށް ވެރިކަން ލިބިހެއްޔާ ވެރިކަން ދަމަހައްޓަން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ. މިހެން މިބުނީ މި މީހުން ބޭނުން ހުކުމެއް ކޯޓުތަކުން ނެރުވަން ވެސް އަމަލުކޮށްފައި ހުރިގޮތުން. ބަޔަކު ހައްޔަރުކުރަން ޖެހޭނަމަ ހިފާ ހައްޔަރުކުރަން ޖެހެނީ ތި ނުލަފާ ޚީލަތްެތެރި ބައިގަނޑު.

  5. ވަރަށް ކަޑަ

    އެ ކުރީ. ކުއްވެރިޔަކު ވެރިކަމަށް ގެންނަން ފޫގަޅާފަ.

  6. Anonymous

    ބަލަ އެމްޔޫއޯ އާއި ފުޅާކޯލިސަން އުވާލާފަތަ މިހާރު އަމިއްލަޔަށް ތިޔަ އުޅެނީ؟ ލަދުކޮބައި؟

  7. ޑިމޮކްރަޓިސްޓް

    ހައްޔަރުކުރަންވީމަ އެނގޭނީ ކަލެޔަކަށްނޫން!!! އެއްޗެއް އެނގޭނަމަ ކެނެރީގޭ ނަޝީދުގެ ޖަލުހުކުމް ތަންފީޒުކުރަން ޖަލަށް އަންނަންޖެހޭނެކަމާ އެވާހަކަދައްކަން ކަލެޔަށް އެނގޭނެ!!! އަދި ކެނެރީގޭ ނަޝީދު (ޖަލުހުކުމެއް ތަންފީޒުކުރަމުންދާ މީހެއް) އަށް އެއްވެސް ވޯޓެއްގައި ބައިވެރި ނުވެވޭނެކަން ބުނަން ކަލެޔަށް އެނގޭނެ!!! ދެން ކޮން ވާހަކައެއް ދައްކާކަށް!!!

  8. ޟަކީލް

    ކަލޭމެން ވެރިކަމުގައިނެތްއިރުވެސް ހިތްހަމަނުޖެހޭ މީހުން ހައްޔަރުކުރަން ތިގޮވާލަނީ. ޥެރިކަން ލިބިއްޖެއްޔާ މީހުންނަށް ކުަރާނެ އަނިޔާވިސްނާލާ.

  9. ބަކުރު

    ހަސަނާ. ކަލޭމެން ވެރިކަމުގައި ތިބިއިރު، ފުލުހުންނަށް ޣައިރުޤާނޫނީ އަމުރުކޮށްގެން ޢަބުދުﷲ ޤާޟީއާ މަޖިލިސް މެމްބަރުން ކަމުގައިވާ ޤާސިމާއި ޔާމީނު ހައްޔަރުކުރިނަމަވެސް މިހާރަކު އެކަމެއް ނުހިނގާނެ. އަހަންނަށް އެނގޭ ކަލެއަކީ ކޮން ރާއްސެއްގެ މީހެއްކަންވެސް. ހަތަރުކަށިމަތިލީ މީހެއްކަން. އެކަމަކު އެ ޕަވަރު އަދަކު ނެތް.

  10. 3ނިރު

    ހައްޔަރު ކުރަންޖެހޭމީހުން ހައްޔަރު ކުރާނަން ލަތީފަކަށް ނޭންގޭނެ ހައްޔަރު ކުރަންޖެހޭމީހެއް

  11. އަބްދުއްލާ

    އިލެކް ސަނުން ރަސްމީކޮށް ހުރިހާ ޕާޓީ ތަކަށް އަންގާ އިންތިހާބީ ސަރުތު ހަމަނުވާ ކެންޑިޑޭޓުން ހިމަނައިގެން ޕްރައިމަރީ ބާއްވައިފިނަމަ ޕާޓީތަކާބެހޭ ގާނޫނުގެ 30 ވަނަ މާއްދާ އަށްއަމަލުކުރެވޭނެ ކަމަށް.

  12. ބެއްޔާ

    ކިޔުންތެރިން ކުޑަވަގުތު ކޮޅެއް ނަގައިގެން ވިސްނާލަ ބަލަ މީނާ ބުނި އެއްވެސް ވާހަކަ އެއް ދިމާވިތަ؟ ނޫނީ މީނާ ބުނި އެއްވެސް ކަމެއް ކުރެވުނުރަ؟ 60 މިނެޓެއްނޫން 120 މިނެޓަށް އެރިޔަސް ނަތީޖާ ހަމަ ސުމެއް

  13. ހުސޭނުބޭ

    ކަލޭމެން ބޭނުންހާ މީހަކު ހައްޔަރު ކުރަންޏާ އަދުލު އިންސާފެއް ކޮބައި؟ މިސާލަކަށް ޢަބްދުﷲ ޣާޒީ ވަގަށްނެގުން.

  14. Anonymous

    ހައްޔަރުކުރަން ވީމާހައެހެރީ ހައްޔަރުކޮށްފައި ދެންހައްޔަރުކުރަންވީ ހަސަންލަތީފު