ސްޕެއާ ފިޝިން އަކީ އަހްމަދު ނިޔާޒް އެންމެ ޝައުގުވެރިކަމާއިއެކު ކުރަމުން އަންނަ މަސައްކަތެވެ. އަމިއްލަ ލޯންޗެއްގައި މަސްވެރިކަން ކުރުމަށް އޭނާ ކުރަމުން އައި އުއްމީދުތައް ފޮންޏެވެ. މުސްތަގުބަލް އުޖާލާކޮށް، ދިރިއުޅުމައިގެން ކުރިއަށް ދިއުމަށް އޭނާ ބޮޑު އިންވެސްޓެއްކޮށް، އަމިއްލައަށް ކުރި މަސައްކަތުންނާއި، ރަހުމަތްތެރިންގެ އެހީތެރިކަމާއެކު ލޯންޗެއް ބަނުމުގެ މަސައްކަތް ފެށިތާ އަހަރަކަށްވުރެ ގިނަ ދުވަސްފަހުން ލޯންޗް ބާލަން ތައްޔާރުވެފައި ވަނިކޮށް ރޭ ވަނީ ހުޅުޖަހާ އަންދާލާފައެވެ.

ލ.ގަމަށް ނިސްބަތްވާ އަހްމަދު ނިޔާޒް "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ހުރިހާ މަސައްކަތެއް ނިމި ގާތްގަނޑަކަށް ނިމެން ތައްޔާރުވެފައިވާ ލޯންޗް އަންދާލާފައި ވަނީ ރޭ މެންދަންވި ފަހުން ކަމަށެވެ. އެމްޕީއެލްގައި ވަޒީފާ އަދާކުރަމުން އަންނަ ނިޔާޒް ބުނީ ލޯންޗް ބަނުމަށް ދޮޅުލައްކަ އާއި ގާތްކުރާ އަދަދެއްގެ ފައިސާ މިހާތަނަށް ޚަރަދު ވެފައިވާ ކަމަށެވެ.

"ޔަގީނުން ވެސް -/130000 (އެއްލައްކަ ތިރީސްހާސް ރުފިޔާ) ވަނީ ޚަރަދުވެފައި. އަމިއްލައަށް މަސައްކަތްކޮށްފައި ވާތީ ސީދާ ޚަރަދުވި ފައިސާ ބުނަން ވެސް ދަތި. ނަމަވެސް ޔަގީންކަމާއި އެކު ބުނަން އެނގޭ އެވަރު ޚަރަދުވެފައި ވަނީ." ނިޔާޒް ބުންޏެވެ.

ލޯންޗް އަންދާލީ ލ.ގަމުގައެވެ. ލޯންޗްގައި އަލިފާން ރޯކޮށްލާފައި ވަނީ ލޯންޗާއި ލޯންޗް ކައިރިއަށް ވެސް ޕެޓްރޯލް އެޅުމަށްފަހުއެވެ. އަލިފާން ރޯކޮށްލުމުން ލޯންޗް ވަނީ އެއްކޮށް އަނދައިގެން ގޮސްފައެވެ. އަދި ހަރުގެއަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ނިޔާޒް ބުނީ އޭނާގެ ލޯންޗްގައި ހުޅުޖެހީ ކާކު، ނުވަތަ ކޮންބައެއްކަން އަދި މިހާތަނަށް އެނގިފައި ނެތް ކަމަށެވެ. "އަޅުގަނޑުގެ މައްސަލަތަކެއް ކުރިން ހުރީމަ މިބަލަނީ އެގޮތުން އަދިވެސް ރުޅިވެރިކަމެއް އޮތީކަމަށް. އަޅުގަނޑު ކުރިން ޖަލަށް ވެސްލި މައްސަލައެއްގައި. މިނިވަންވީ ފަހުން އެއްވެސް މައްސަލައެއް ނުޖެހި މިއުޅެނީ. ފަސް އަހަރުވީ އެމްޕީއެލްގައި ވަޒީފާގައި އުޅޭތާވެސް. ވަޒީފާ އިން ލިބޭ އާމްދަނީން ލޯންޗް ބަނީ ވެސް." ނިޔާޒް ބުންޏެވެ.

ނިޔާޒް ވަނީ ހާދިސާ ހިނގި ސަރަހައްދަށް ފުލުހުން ދިއުން ލަސްވިކަން ފާހަގަކޮށް އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. "ހާދިސާ ހިނގި ތަނަށް އަހަރެމެން ދިޔައިރު ރޯކޮށްލި މީހުންގެ ފިޔަވަޅުތައް ވެސް ހުރި. ނަމަވެސް ފުލުހުން އައީ ރިޕޯޓް ކުރިތާ ވިއްސަކަށް މިނެޓް ފަހުން. ފުލުހުން އައުމުގެ ކުރިން ބޯކޮށް ވާރޭ ވެހުމުން ފުލުހުން އައިއިރު ފިޔަވަޅުތަކެއް ވެސް ނެތް." ނިޔާޒް ބުންޏެވެ.

https://www.facebook.com/permalink.php?story_fbid=1311480062530982&id=100010070028858

ނިޔާޒް ބުނީ ލޯންޗް ރޯކޮށްލުމުން އޭނާ އަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް އޭނާގެ ރަހުމަތްތެރިން ފަންޑް ރައިޒިން އިވެންޓެއް ބާއްވަން ތައްޔާރުވަމުންދާ ކަމަށެވެ.

"އަހަރެން މިމަސައްކަތް އަދި މިހާހިސާބުން ހުއްޓާލީއެއް ނޫން. އަދިވެސް އަމިއްލަ ލޯންޗެއް ބަނުމުގެ އުއްމީދު ދޫކޮށެއް ނުލާނަން. އެކަން އަދި ކާމިޔާބު ކުރާނަން." ނިޔާޒް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ބަކަރި

    މި ސަރުކާރުގަ ރައްޔިތުމީހާ އަށް ކޮންމެކަމަކުންވެސް ޖެހޭނީ ބަލާވެރިކަމެއް. ސްޓިކާޖަހަންވީމަ މިނެޓެއްވެސް ނުވާނެ ލަހެއް.

    35
    4
  2. Anonymous

    ހާދަހާ ދެރައޭ.
    ކޮންމެ ބަޔަކު ކުރިއަސް ވގޯސްކަމެއް. މިވަރުގެ ބޮޑެތި ގެއްލުން އެއްވެސް މީހަކަށް ދީގެންނުވާނެ.
    ކޮންމެ ޢަމަލެއްގެ ވެސް ހިސާބު ބެލެވޭ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެނެ

    59
    1
  3. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

    ޖަޒީރަ ރާއްޖެ ތަފާތުވާނެ

    11
  4. މޫސާ

    މަމިހިތައް އަރަނީ ނޫސްވެރިކަމަކީ ކޮންމެވެސް ތާކުން ކިޔަވައިގެން ކަމަށް ނޫސްވެރިޔަކަށް ވަނީ މިހެން މިބުނީ ޚަބަރެއް ލިޔާއިރު ކިޔުންތެރީން ބޭނުންވާނެ އެކަމަކާ ގުޅޭ ވީހާވެސް ގިނަ މައުލޫމާތު މިކަމެއް ހިގީ ކޮންތާކު ކޮންއިރަކު ކަމެއް ޚަބަރުން ސާފެއް ނުވޭ ހީވަނީ މިނިކާރާއްޖޭގަ ހިގައިގެން އުޅޭ ކަމެއްތީ ވަރަށް ސަލާމް

    • އަހަންމަދު

      މާބޮޑަށް ކުށް ހޯދަން އުޅޭ މީހަކަށް ކޮން ތަފްސީލެއް ފެންނާނީ. އެ އޮތީނު ލ.ގަމުގައޭ. ރޭގައޭ. ފުކެއް ބޮޑުވަރު.

  5. Anonymous

    އެއްފަހަރުވެސް ބުނެލަބަލަ. إنشاء الله އޭ!

  6. އައިމިނަތް

    މުޖުތަމައުއަށް ރަގަޅު ގޮތުގައި ނިކުންނަށް އުޅޭ ކުރީގެ ކުއްވެރިންގެ ހިތް މަރާލުން މީ ވަރަށް ހިތުގައި ޖެހޭ ކަމެއް.. މިހެން ނަހައްދަވާ. ހިއްވަރު ދެއްވާ. ފަންޑްރައިސް ކުރުމުގައި ބައިވެރިވާނަން އިރާދަކުރެއްވިއަޔާ

  7. ޜަމޭސް

    ކޮބާކޯރާޑި

  8. ީހިޔާލު

    ވަގުތު ވަރަށް 👍. މީހުން ވަގުތަށް ކޮއްލާ ބޭޑް ކޮމެންޓްވެސް ދައްކާލާތީވެ