ތިން ގޯތި މޯގޭޖްކޮށް މަކަރުން ލޯނު ނެގި ދެމީހުން އަދިވެސް ނުފެނޭ ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.
މިމައްސަލައިގައި ފުލުހުން ތުހުމަތުތައް ކުރަނީ ކ. މާލެ/ ދަފްތަރު ނަންބަރު 6562، ހުސައިން ނަޞީރު (50އ) އާއި ކ. މާލެ/ ދަފްތަރު ނަންބަރު 6630، އާމިނަތު ލަޠީފާ (48އ) އަށެވެ.
ފުލުހުން އެމީހުންނަށް ވަނީ މިއަދު 10:00 އަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގާފައެވެ.
"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ފުުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ދެމީހުންކުރެ އެކަކުވެސް މިއަދު ހާޒިރުވެފައި ނުވާކަމަށާއި، ފުލުހުން އެމީހުން ހޯދުމަށް ކުރަމުން އަންނަ މަސައްކަތާ ގުޅޭ އިތުރު މައުލޫމާތެއް ހާމަކުރެވެން ނެތް ކަމަށެވެ.
ފުލުހުން ވިދާޅުވީ ފުލުހުންގެ އިކޮނޮމިކް ކްރަައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާން ކުރާކަމަށެވެ.
އެމީހުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަފްސީލް ދެއްވަމުން ފުލުހުން ވިދާޅުވީ އެމީހުންގެ މައްޗަށް ތުހުމަތު ކުރެވެނީ މާލެއިން ގޯއްޗަކާއި ވިލިމާލެއިން ދެގޯއްޗެއް އިމާރާތް ކޮށްދޭނެކަމަށްބުނެ އޭ ބޮސް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި އޮޅުވާލައިގެން މޮރިޝަސް ކޮމާޝިއަލް ބޭންކުގައި އެ ތިން ގޯތި މޯގޭޖް ކުރުމަށްފަހު، އެ ކުންފުނީގެ އަމިއްލަ ބޭނުމެއްގައި ލޯނެއް ނަގާފައިވާކަމަށް ތުޙުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް ކަމަށެވެ.
ފުލުހުން ބައެްގެ އަބުރު ކަތިކާން ވެގެން ހަދާދޮގު.ތިޔަފުލުހުންގެ ތެރޭގާހ ހުރިމީހަކު ޒާތީވެގެން ކުރާކަންތަ.ތިޔަ ފުުލުހުންގެ އަގު ވަނީ ރައްޔިތުންގެ ކުރިމަތީގާ ވެޓިފަ
ތިޔަ ބަޔަކު ފެންނާނެ ކަމެއްވެސް ނެތެއްނު. އެއޮތީ ދަފްތަރު. ކޮންރަށެއްގެ ކޮންގެއެއްގެ ބައެއްކަމެއް އެނގޭނެ ގޮތެއްމެތް. މިކަމެއް ހުއްޓާލަންވެއްޖެއެއްނު. ރޮބަޓުތަކެއްތަ ނަންބަރެއްދީފަ އަސްލު އޮޅުވާލަނީމި.