ރާއްޖޭގެ ތިން ސަރަހައްދެއްގައި އިންޑިއާގެ 200 އަށް ވުރެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އުމަރު ނަސީރު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، މި ޒަމާނުގައި ދުނިޔޭގެ ބާރުތަކުން ގައުމުތައް އަޅުވެތި ކުރަނީ ކުރީގައި އާންމު ގޮތެއްގައި ހަނގުރާމަ ކުރާ އުސޫލަކުން ނޫން ކަމަށެވެ.

މި ޒަމާނުގައި އަޅުވެތިކަމުގެ ދަށަށް ގެންދިއުމުގައި ތަފާތު އުކުޅުތައް ބޭނުން ކުރާ ކަން ފާހަގަކުރައްވައި އުމަރު ވިދާޅުވީ އިންޑިއާގެ އަސްކަރިއްޔާގެ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުމަކީ މިނިވަންކަމަށް އޮތް ގޮންޖެހުމެއް ކަމަށެވެ.

"އިންޑިއާގެ އަސްކަރިއްޔާގެ 200 ސިފައިން ރާއްޖޭގެ ތިން ސަރަހައްދެއްގައި ރުކުރުވާލާފައިވޭ، މިއީ ރާއްޖޭގެ މިނިވަން ކަމަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް، މިއީ ހުއްޓުވަން ޖެހޭ ކަމެއް،" އުމަރު ވިދާޅުވިއެވެ.

އުމަރު މިހެން ވިދާޅުވިއިރު، ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދުގެ މައުލޫމާތު ޑިފެންސް މިނިސްޓްރީން ހާމަނުކުރި މައްސަލައެއްގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި އަޑުއެހުމެއް ވެސް ބޭއްވިއެވެ.

އެ އަޑުއެހުމުގައި ދިވެހި އަސްކަރިއްޔާގެ އިސް ބޭފުޅުން ވިދާޅުވީ އެއީ ދިވެހި ދައުލަތުގެ ސަލާމަތާ ގުޅުން ހުރި ސިއްރެއް ކަމަށެވެ.

ރާއްޖެއަށް އިންޑިއާއިން ހަދިޔާކުރި ހެލިކޮޕްޓަރުތައް ދުއްވަން އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް "އިންޑިއާ އައުޓް" ޝިއާރުގައި އިދިކޮޅު ފަރާތްތަކުން ދަނީ ހަރަކާތެއް ވެސް ހިންގަމުންނެވެ.

އިންޑިއާގެ ސަރުކާރާއި ދިވެހި ސަރުކާރުން ރާއްޖޭގެ މިނިވަންކަމަށް އަސަރުކުރާ ގޮތަށް އެތައް އެއްބަސްވުމެއް ގާއިމް ކުރަމުންދާ ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެކަމަކު ދެ ގައުމުގެ ސަރުކާރުން ވެސް މި ކަން ދޮގުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ަފކ

  380ހީވަނި

  7
  2
 2. ދޮންދައިތަ

  އުމަރުމެން ތިހެން ވިދާޅުވެފައި ދެން އަޅައެއް ނުލައި ހިތާމައަކީ އިދިކޮޅާގުޅިގެންވެސް މިޤައުމުން އިންޑިއާ އަސްކަރިއްޔާ އައުޓް ކުރަންޖެހޭ ޤައުމު އޮޔާދިޔަދީގެންނުވާނެ

  19
  2
 3. ލަކީ

  ހެހެ ދުވަސް ކޮޅަކަޢް ފަހު އައީ މޮޔަ

  1
  11
 4. ކައްދެ ގެ ރެއްކާ

  ރާއްޖެ އޮންނަނީ އިންޑިޔާ ކަނޑު ގައި! އުމަރު ލަފާ ކުރާ ފޭ ކު ކަލް ކިއުލޭޝަނަށް ވުރެ އިންޑިޔާ ސިފައިން ގިނަވާނެ

  1
  1
 5. އާދިލް

  ރާއްޖޭ ގައި ޗައިނާ ސިފައިން ސުޕައިން ގެ ގޮތުގައި ހަރަކާތް ތެރިވާ އަދަދު ހާމަކުރަށް އުމަރައް ކެރޭނެތަ؟ ހެލިކޮޕުޓަރު ބޭރު ކުރެވުނުތަ؟ސިޔާސީ ވާހަކަ ތިޔައީ.