އޭއޭޑީކޭ ހޮސްޕިޓަލުގެ އެކި ފާހާނަތަކުގައި ހަރުކޮށްފައި ހުއްޓާ ވަގަށް ގެންދިޔަ އަތް ހިއްކާ މެޝިންތައް އަނބުރާ ގެނެސްދީފިއެވެ.

އޭޑީކޭން ވަނީ އެ ހޮސްޕިޓަލުގެ ފާހާނައިގައި ހަރުކޮށްފައި ހުރި އަތް ހިއްކާ މެޝިންތައް ވަގަށް ނަގާ މައްސަލަ ބޮޑުވެ، އެ މެޝިންތައް ނެގި މީހެއްގެ ވީޑިއޯވެސް އާއްމުކޮށްފައެވެ.

އެ ހޮސްޕިޓަލުން އެ ވީޑިއޯ އާއްމުކޮށް ކުރި ޓުވީޓެއްގައި ބުނެފައި ވަނީ، ދާދި ފަހުން އެ ހޮސްޕިޓަލުގައި އަތް ދޮވުމަށް ފަހު އަތް ހިއްކުމަށް ހާއްސަ މެޝިންތަކެއް ހުރިހާ ފާހާނައެއްގައި ވެސް ހަރުކޮށްފައިވާނެ ކަމަށެވެ. އަދި އެ މެޝިންތައް ހަރުކޮށްފައިވާނީ އަތް ދޮވުމަށް ފަހު އަތް ހިއްކުމަކީ މުހިންމު ކަމަކަށް ވާތީ ކަމަށާއި، އެހެން ނަމަވެސް އެއިން ބައެއް މެޝިންތައް ވަގަށް ނަގާފައިވާ އެ ދުވަހު އެ ހޮސްޕިޓަލުން ޓްވީޓްކޮށްފައި ވެއެވެ.

އޭޑީކޭން މިގޮތަށް ޓްވީޓް ކުރިތާ މިއަދަށް ހަތަރު ދުވަސްވެފައިވާއިރު، އެ ހޮސްޕިޓަލުން މިއަދު ބުނީީ، ވަގަށް ނެގި އަތް ހިއްކާ މެޝިންތައް މިއަދު ހޮސްޕިޓަލަށް އަނބުރާ ގެނެސްފައިވާ ކަމަށެވެ. އެ ހޮސްޕިޓަލުން ބުނީ، އެ ތަކެއްޗަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއްވެފައިވީ ނަމަވެސް، އެ އެއްޗެހި މަސައްކަތް ކުރާ ކަމަށެވެ.

އަދި މި މެެޝިންތައް ފެނިފައި ވަނީ ކުނި އުކާ ސަަރަހައްދުން ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެފައި ވެއެވެ.

މިއަހަރުގެ މާޗް މަހުގެ ތެރޭގައި އޭޑީކޭގައި ބަހައްޓާފައި ހުރި ސެނިޓައިޒަ ފުޅިތައް ވަގަށް ނެގި މައްސަލަވެސް ވަނީ ބޮޑުވެފައެވެ

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. މޫލުވަގު

  ގޭގައި ތުވާލި ދޮވެފައި ހިއްކަން އެޅިތަނުން ވާރެއާ ތެމުމުން، އަތްފައި ގައި ހިއްކާނެ ގޮތެއް ނެތިގެން، ވަގުތީގޮތުން ގެންދިޔައީ، އެތަކެތީގެ ބޭނުން މިވަގުތަށް ނެތީމަ، އަނބުރާވާނީ ހަވާލުކުރެވިފައި. ކުރިއަށް އޮތްތަނުގައި އެއްޗެހި ދޮންނާނީ ވިއްސާރަ މޫސުން ދިޔާމަ ކަމުގައި އޭޑީކޭގެ މެނޭޖުމަންޓަށް ދަންނަވާލަމެވެ. ދެއްވި ޚިދުމަތަށް ޝުކުރިއްޔާ.

  1
  4
 2. ޖަމާލު

  ތި ވީޑިއޯއިން އެސޮރަށް އޭޑީކޭ ކޮޅަށް ބޯޅަ ލެވިދާނެ. ތީގެއިން ތިފެންނަ މީހަކު ވައްކަންކުރިކަން ސާބިތުކޮށްދެވޭ ވަރަށް ހެކިނެތް. ކަލޯ އަވަހަށް އަބުރުގެ ދައުވާ ކޮށްލާ

 3. މަމެން

  އޭޑީކޭގެ މުދާ ނާޝިދު ގެންދިއުމުން ކޮބާ މައްސަލައަކީ ދޯ
  ނާޝިދޫ ..އަދިވެސް ރަށް ފަތަޙަ ކޮށްފަ އައިސް މާލެ އިންވެސް ވައްކަން ކޮށްގެން އެތިކޮޅެއް ގަނެގެންވެސް ހަމަ ނިދި ނިދާލެވޭތޯބަލާ. ތީނަގެ ސަބަބުން ރަށުގެ މުޅި އާބާދީވެސް ހަލާކްވެ އެދަނީ. ކީއްކުރާނީ މިއަދު ޖަލަށް ގެންގޮސްސިއްޔާ މާދަން ހުންނާނީ ރަށަށް ގެނެސްފަ.

  3
  1