ޕާޓީތަކުން ކަން ކުރަންވީ ގޮތެއް އިލެކްޝަން ކޮމިޝަނަކަށް ނޭނގޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފިއެވެ.

ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ، ކުށްވެރިންނަށް ޕާޓީތަކުގެ ރިޔާސީ ޕްރައިމަރީގައި ވާދަނުކުރެވޭނެ ކަމަށް ވިދާޅުވެ އިލެކްޝަންސް ކޮމިޝަނުން އާއްމު ކުރި ބަޔާނަކީ އެއްވެސް އަސާސެއް ނެތް ޣައިރު ޤާނޫނީ ބަޔާނެއް ކަމަށެވެ.

"ޕާޓީތަކުގެ ޕްރައިމަރީތަކުގައި ވާދަކުރެވޭނެ ފަރާތްތަކުގެ ޝަރުޠުތައް ކަނޑައެޅުމަކީ އިލެކްޝަންސް ކޮމިޝަނަށް ލިބިފައިވާ ބާރެއް ނޫން, ކޮމިޝަނުގެ އެފަދަ ޣައިރު ޤާނޫނީ އަމަލުތަކުގެ ސަބަބުން ކޮމިޝަނަށް ރައްޔިތުން އިތުބާރު ނުކުރާނެ " އަމީތު ވިދާޅުވިއެވެ.

އަމީތު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުން ޕާޓީތައް ހިންގާނެ ގޮތް ބަޔާންކޮށްފައި ޕާޓީތަކަށް ދީފައިވާ އިޚުތިޔާރާއި ބާރުގެ މައްޗަށް އިލެކްޝަންސް ކޮމިޝަނަށް އަރައި ނުގަނެވޭނެ ކަމަށެވެ.

އަމީތު ވިދާޅުވީ ކެންޑިޑޭޓުންގެ ކެނޑިޑެންސީ އާއި ގުޅޭ ގޮތުން ޚިލާފެއް އުފެދޭ ހާލަތުގައި އެކަމަށް ގޮތް ނިންމާނީ ޝަރުއީ ކޯޓަކުން ކަމަށެވެ.

"އިލެކްޝަންސް ކޮމިޝަނަށް ޕާޓީތައް ހިންގާނެ ގޮތާއި ކަންކަން ކުރަންވީ ގޮތް ކިޔައިދޭކަށް ނުޖެހޭ, ކޮންމެ ޕާޓީއެއްގައި ވެސް އެޕާޓީއެއްގެ މެމްބަރުން އެކުލަވާލި އަސާސީ ޤަވާއިދެއް އޮންނާނެ " އަމީތު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ނެރުއްވި ބަޔާނެއްގައި ވަނީ ސިޔާސީ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ބައިވެރިވާ ކެންޑިޑޭޓުންނަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބުކުރާ މީހެއްގައި ހުންނާންވީ ޝަރުޠުތައް ފުރިހަމަވާ މީހެއްކަމުގައި ވާން ޖެހޭނެ ކަމަށެވެ.

ޤާނޫނު އަސާސީގެ 109 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ޖިނާޢީ ކުށެއް ކުރިކަން ސާބިތުވެ އެއްއަހަރަށް ވުރެ ދިގު ޙުކުމެއް އައިސްފައިވާ މީހަކު ނަމަ އެމީހަކަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނީ އަދަބު ތަންފީޒުކޮށް ނިމުނުތާ ފަސް އަހަރު ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ހުމުދު

    ތިހުރިހާ ކަމެއް އެއްމެ ރަނގަޅަށް އިނގޭނީ ހަމަ މޮޔަ އަމީތަށް ތީ ބޮޑު މޮޔައެއް....

  2. ދޮންބެ

    އެކަމަކު ޕާޓީ ތަކައް ލާރިދޭން ވީންމަ އކ އިގޭދޯ އަޖާބު ހައިރާން

  3. އަލްޖިބްރާ

    ކޮންމެ ޕާޓީއެއްގައި ވެސް އެޕާޓީއެއްގެ މެމްބަރުން އެކުލަވާލި އަސާސީ ޤަވާއިދެއް އޮންނާނެ " އަމީތު ވިދާޅުވިއެވެ. ޕީ.ޕީ އެމްގެ އަސާސީ ޤަވާއިދުގައިވެސް އޮވޭ " ޕަރޓީގެ މުޝްތިޝާރަކީ އަމަލީ ގޮތުން ޕަރޓީގެ އެއްވެސް ކަމެއް ކުރެވޭނޭ ބާރެއް އޮތްމީހެއް ނޫނޭ ! އެކަމު ޕާރޓީގެ ހުރިހާބާރެއް މުށުތެރެއަށް ލައިގެން އެއުޅެނީ ހަމަ އޭނާ ! ވީކަމެއް އެބައޮތްތަ ؟ ބާރުއޮތީމާ މިއަދު ކޮންމެ ކަމަކަށް ވެސް އަތް ގަދަކުރެވިދާނެ ! ނިމިދާއިރު ކަރުބުޑުގައި ހިތިރަހަ ލާނެ !

  4. ޣާދިރު

    ކަލޯމެންނަކައް ނޭގޭނެ..އީސީ ބުނާގޮތް ހަދަން ޖެހޭނީ..

  5. ނަގޫރޯޅި

    އިލެކްޝަން ކޮމިޝަން މަސައްކަތް ކުރަން ޖެހޭގޮތް އިނގޭނީ އަމީތުއަށް. އިލެކްޝަން ކޮމިޝަންގެ ޒިންމާތައްވެސް ކަނޑައަޅާނީ އަމީތު. ސިޔާސީ ޕާޓީތަކުގެ ބަލަދުވެރި ފަރާތަކީވެސް އަމީތު.

    އަމީތު ހެޕީވެއްޖެތަ؟ ހެހެހެ

  6. ސޯދިގު

    މި އަމީތާ ލީހުސޭން ޖެހޭ އަގަގޮޑިޖަހަން..މާ ދަންނާތީ...ބޮލަށް ތުރާވޭ ހާދަޔޭ ދަންނަނީ....

  7. ޖޮއްބެ

    ތިޔަ އިދިކޮޅުމީހުންނޭ ތިޔަކިޔާ ބައިގަނޑަކީ ދިވެހިދައުލަތުގެ ގާނޫނަށްވުރެވެސް މަތީގައި ތިބި ބައެއް. އެމީހުން ބޭނުންވެއްޖެއްޔާ ޝަރުޢީ ޙުކުމެއް ތަންފީޒުކުރަން ޖެހޭ މީހަކުވެސް ރައީސް ކަމަށް ވާދަކުރަންވީ އެކަންވެސް ހަމަ ރަނގަޅު. އަދި އެމީހުން ނަކަށްނޭނގޭ އިލެކްޝަންސް ކަމިޝަނަކީ ސިޔާސީ ޕާޓީތަކުގެ ކަންތައްތައްވެސް ބަލަހައްޓާ އިދާރާ ކަމެއް. އެމީހުންގެ އުސޫލަކީ އެމީހުން ކޮއްފިއްޔާ ކޮންމެކަމެއްވެސް ރަނގަޅުވުން. އަދި އެމީހުން އެދޭ ކޮންމެ ކަމެއް ވާންވެސް ޖެހޭނެ. އެހެނެއް ނުވާނެދޯ. ދެން އެންމެ ރަނގަޅުވާނީ ތިޔަ ޕާޓީގަނޑު އުވާލުން އޭރުން ދެން އިލެކްޝަނުން ކަންްކަން ކުރެވޭނެކަން އެގިދާނެތާ.

  8. ބޮއްބޮ

    އެހެންވިއްޔާ ރާއްޖެއިން ފެއްސޭ......!!!

  9. ޗިއްލޫ

    އެހެންވެއްޖެޔާ ކަލޭމެންނަށްބާ އިނގެނީ؟؟؟ ކޮންމެ އަހަރަކު އެތައްލައްކަ ރުފިޔާއެއްދިނުމުގެ ބޭނމެއްވެސްނެތް! ބާޓީތައް ރަޖިސްޓްރީ ކުރުމުގެ ބޭނުމެއްވެސްނެތް! ކަލޭމެންނަށް ފެންނަގޮތައް ވކިސަރުކާރެއް ހަދައިގެން އުޅޭ އަވަހަށް!!!

  10. ސައިނީ

    އަމީތޫ ކަލޭމެން ވައްޓާލާ ކަހަލަ ބޮޑު ބޮމެއް ވަރަށް އަވަހަށް ވައްޓާލާނަށް އޭރުން ކަރު ތެރޭން ލޭރަހަ ލާނީ ތައްޔާރުވެގެން ތިބޭ މީވަރަށް ވާހަކަ

  11. ނުވާނެއޭ

    ސިޔާސީ ޕާރޓީ ތަކުގެ ބެލެނިވެރި ފަރާތަކީ އެއީ އިލެކްޝަންސް ކަމިޝަން އެވެ. އިލެކްޝަންސް ކަމިޝަން ގައި އެތަން ރަޖިސްޓްރީ ކޮށްފައި އޮންނަނީ. ވިޔަފާރި ކުންފުނި ތައް ރަޖިސްޓްރީ ކޮށްފައި ހުންނަނީ އެއީ އިކޮނޮމިކް މިނިސްޓްރީގައި. ވިޔަފާރި ކުންފުނި ތަކުން މެރުއާނާ ގެނެސްގެން އެމެންނަށް މާލޭގައި ފިހާރަ ތައް ހަދައިގެން މެރުއާނާ ނުވިއްކޭނެއެވެ. އެމެން ވިއްކަން ޖެހޭނީ ރާއްޖޭގެ ގާނޫނު ތައް ހުއްދަ ކުރާ ބާވަތްތަކެވެ. އަދި ކުރަން ޖެހޭނީ ރާއްޖޭގެ ގާނޫނު ހުއްދަ ކުރާ ވިޔަފާރި ތަކެވެ. ކަން މިހެން ހުރުމުން ސިޔާސީ ޕާރޓީ ތަކަށް ވެސް ނުބުނެވޭނެ ތިމަންނާ މެންނަކީ އެއީ އިލެކްޝަންސް ކަމިޝަން އިން ބުނާ ގޮތަށް ހަދަން ނުޖެހޭނެ ބަޔެއް ކަން. އެމްޑީޕީން އެމަގުން ކަން ކުރަމުން އަންނަ ނަމަ އެމްޑީޕީގެ ޕްރައިމަރީގައި ލާ ވޯޓް ލުން ޕޮލިހުން މެދުވެރިކޮށް ހުއްޓުވުމުގެ ބާރު އިލެކްޝަންސް ކަމިޝަނަށް ލިބިގެންވޭ. ގާނޫނާއި ޚިލާފު ޕްރައިމަރީ އެއް އެމްޑީޕީ އަކަށް ނުބޭއްވޭނެ ރާއްޖޭގައި ބާއްވާ ލަންކާ ގައި.

  12. ޖައްސާތި

    މަމެންގެ ލިޓިލް ސިންގަޕޯރ ސައިލެންޓް ޑްރީމް ކާމިޔާބު ކުރަން ބޭނުން ނަމަ އެބަޖެހޭ ސިޔާސީ ޕާރޓީ ތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ އިލެކްޝަންސް ކަމިޝަންގެ އެންގުން ތަކަށް ތަބާނުވާ ހުރިހާ ސިޔާސީ ޕާރޓީ ތަކާއި މެދު ހަރުކަށި ފިޔަވަޅު އަޅާ އަދި އެމެންނަށް އިންޒާރު ދީ ހަދާ ތިން އިންޒާރު ފުލު ފުލުން ދީ ތިން އިންޒާރަށް ވެސް ބޯ ނުލަނބާ އެމްޑީޕީން ޕްރައިމަރީ ބޮޑު ކުށްވެރި އަކު ކުރިމައްޗަށް ނެރެގެން ގާގަނޑު ރައީސް އޭ ކިޔަމުން ޕްރޮޕެގެންޑާ ފެތުރި ނަމަވެސް އެމެންނަށް އެގޮތަށް ޕްރޮޕެގެންޑާ ފެތުރިޔަ ނުދީ އެކަން ހުއްޓުވަން ލާރޖް ކޮށް. އެކަން ހުއްޓުވޭނެ އިލެކްޝަންސް ކަމިޝަން ގައި ތިބި މެމްބަރުންނަކީ އެއީ ޖެންޓުލްމެން ސްޓައިލްގެ މެމްބަރުންނަށް ވާނަމަ. ޖައްސާ ނަަ މަ ޖައްސަން ޖެހޭނީ ނިކަން ލާރޖް ކޮށް ލާރޖް ކޮށް ޖައްސާ ބަލަ އިލެކްޝަންސް ކަމިޝަން އިން އެމެން ރަންރީނދުލޭ މެން ތަންޑާ ވަން ދެން. ޖައްސާ ޖައްސާ ޖައްސާ ލާރޖް ކޮށް ޖައްސާތި.

  13. ގާގަނޑޭންޖުރެސް

    ޕާޓީތަކުގެ ހިންގުމަށް އިލެކްޝަނަށް ގޮތެއް ނުކިޔޭނެ ކަމަށް އެމެން ގާގަނޑު ރައީސް އަކު ގާނޫނާއި ޚިލާފަށް ހޮވަން އުޅުނު ނަމަވެސް އެކަމެއް ނުވާނެއޭ އެއީ ނުރައްކާތެރި ކަމެކޭ އެކަން ޖެހޭނެއޭ އިލެކްޝަންސް ކަމިޝަން އިން ޕޮލިހުން މެދުވެރިކޮށް އެކަން ހުއްޓުވަން. ގެޓް ދަ ޕޮއިންޓް. ގުޑް. ލެޓްސް ޑާންސް. ގާގަނޑޭންޖުރެސް ގާގަނޑޭންޖުރެސް ގާގަނޑޭންޖުރެސް ހާއް ހާއް ހާއް ހޭއް ހޭއް ހޭއް ހޯއް ހޯއް ގާގަނޑޭންޖުރެސް ގާގަނޑޭންޖުރެސް...

  14. އަލާފިލުވާލާތި

    އިލެކްޝަންސް ކަމިޝަން އަކީ އެއީ ސިޔާސީ ޕާރޓީގެ ވެސް ބެލެނިވެރި ފަރާތް އަދި ފައިސާ ވެސް ދެނީ އިލެކްޝަންސް ކަމިޝަން އިން ސިޔާސީ ޕާރޓީ ތަކަށް. އިލެކްޝަންސް ކަމިޝަން އަށް މެމްބަރުން އައްޔަން ކޮށްފައިވަނީ އެއީ ރައްޔިތުން ހޮވާފައިވާ ރައްޔިތުންގެ މަޖްލީހުގެ ބޮޑު އަގްލަބިއްޔަތަކުންނެވެ. ކަން މިހެން ހުރުމުން އިލެކްޝަންސް ކަމިޝަންގެ އަމުރަށް ތަބާ ނުވާނެ ކަމަށް ދަ ނަހަލާލު ކޯޓް އަމުރުގައި ސޮއި ކޮށްގެން ތިބި ކަޓްކާ މޭން މެން އިލެކްޝަންސް ކަމިޝަންގެ އަމުރު ތަކަށް ތަބާ ނުވާނެ ކަމަށް ބުނި ނަމަވެސް ރާއްޖޭގެ އެއްވެސް ރިސޯރޓެއްގައި އެމްޑީޕީގެ ޕްރައިމަރީގެ ވޯޓް ލުން ހިނގައިގެން ނުވާނެ އަދި މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި އެކަން ކޮށްގެން ނުވާނެ އަދި ޕަބްލި އެއްވެސް ބިލްޑިންގް އެއް އެކަމަށް ދީގެން ނުވާނެ އަދި ސަރުކާރުން ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް ގައި އެކަން ކޮށްގެން ނުވާނެ ކުރާނަމަ އެފަދަ ގޯއްޗަކަށް ލާފައިވާ ކަރަންޓާއި ފެން އަދި ފާޚާނާ އާއި ފޯން އަދި ޑޭޓާ ލައިންސް ތައް ކަނޑާވައްޓާލާ. އަލާފިލާނީ...

  15. ބީޓްއިޓް

    ޕާޓީތަކުގެ ހިންގުމަށް އިލެކްޝަނަށް ގޮތެއް ނުކިޔޭނެ ކަމަށް ބުނެ ރާއްޖޭގެ ގާނޫނު ތަކާއި ގަވާއިދު ތަކާއި ޚިލާފަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވައިފިނަމަ އެމެން ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި ބައިވެރިވެ ބަލިވިނަމަވެސް އެކަން ގަބޫލު ނުކުރާނެއޭ އެމެން ގެންގުޅޭ ތިއަރީ އަށް މަމެން ކިޔަނީ ދަ އަބޫޖަހުލު ތިއަރީއޭ ކަން މިހެން ހުރުމުން މިފަދަ ކަންކަން ރަނގަޅު ކުރަން އިލެކްޝަންސް ކަމިޝަނުން ކުރިއާލާ ފިޔަވަޅު އަޅަން ޖެހޭނެއޭ ރައްކާވެ ތިބިއްޔާ ދަތުރޭ 2008 ގައި ވެސް އެކަލޭގެ ވާދަ ކުރީ އެއީ ވެސް ގާނޫނު ތަކާއި އެއްގޮތްވާ ގޮތުގެ މަތިން ނޫނޭ އެއީ އެއިރު ވެސް އެންމެ މަތީ ކޯޓް ގައި ތިބި ބަޔަކު ކަޓް ކާލައިގެން އެމެން ދަ ކަޓްކާ ހުކުމެއް ކުރީ ކަމަށޭ މަމެން މިދެކެނީ. މިކަން ކަން ބަލާ ރަނގަޅު ކުރާށޭ މީ މަމެންގެ ވެރިކަން އަދި މީ މަމެންގެ ގައުމޭ އެމެން ބޭނުން އެއްގޮތެއް ވެސް ނެހެދޭނެއޭ. ވީ ކޭން ބީޓް އެނީވަން ބީޓް އިޓް ބީޓް އިޓް ބީޓް އިޓް ބީޓް އިޓް..

  16. ރައްޔިތުމީހާ

    އަމީތޫ ކަލެއައް އެގޭތަ އެބަ ވާނުވާ ؟ އިލެކްޝަންސް ކޮމިޝަނަށް ޕާޓީތައް ހިންގާނެ ގޮތާއި ކަންކަން ކުރަންވީ ގޮތް އަމީތު ކިޔައިދޭކަށް ނުޖެހޭނެ އިލެކްޝަންސް އަށް އެގޭނީ ޕާޓީތައް ހިންގާނެ ގޮތާއި ކަންކަން ކުރަންވީ ގޮތް އަދި ލާރިދޭންޖެހޭތޯ ނުވަތަ ނޫންތޯ ވެސް

  17. ޙަފްޞާ / މާލެ

    ގަމާރުކަންވެސް ބޮޑު މީހެއްތާމީ! ބަލަ ކަލޯ! ދިވެހިރޢްޖޭގެ ޤާނޫނުއަސާސީގައި ވަރަށް ސާފުކޮށް އެއޮތީ ލިޔެފަ ޖިނާއީކުށެއްގެ އަދަބު ތަމުފީޒުކުރަމުންދާ ފަރާތަކަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވޭނޭކަމަށް! ދެން ރިޔާސީ އިނބްތިޚާބެއްގައި ވާދަކުރުމުގެ ގަޞްދެއް އޮވެގެން ޕްރައިމަރީގައި ކުރިމަތިލެވޭނޭގޮތެއް ކޮބައި؟ އެބުނީ އެފަދަ ޕްރައިމަރީތަކުން އަންނަ ނަން ބާޠިލްވާނޭވާހަކަ! މިހާރު ގޮނޑި ގެއްލުނުފަހުން ކައިބޮއި އުޅެން ފަސޭހަވާނެ ތިޔަގޮތަށް ގުނބޯހެދިގެން އުޅުނީމާ!

  18. އަލީ

    އަމީތު އަކީ މޮޔަމީހެއްކަމަށް ނިންމާފިން އަމީތުއަކަށް ނޭންގޭނެ އެލެކްޝަނުންނިންމަންވީކަމެއް އަގަމާތިރިކޮށްގެން ހުރޭ

  19. ނުރަބޯ

    ތިޔަކަހަލަ ތާކުންތާކު ނުޖެހޭ ވާހަކަ ދައްކާ މީހުން މުޅިންވެސް ތިބައިގަނޑުގަ އުޅޭނީ.