ގދ. ތިނަދޫގައި އެޅުމަށް ނިންމި ކޮވިޑް-19 ފެސިލިޓީގެ މަސައްކަތް ނިންމާ، އެ އިމާރާތް ސަރުކާރާއި ހަވާލުކޮށްފިއެވެ.

އެކަން ހާމަކޮށްފައި ވަނީ އެމްޓީސީސީންނެވެ.

އެމްޓީސީީސީން މިރޭ ބުނީ ތިނަދޫގައި އެޅި އެމާޖެންސީ ކޮވިޑް ފެސިލިޓީ ޕްރޮޖެކްޓްގެ ތެރެއިން އެ ކުންފުނިން ކުރަން ޖެހޭ މަސައްކަތް ނިންމައި، ހައުސިންގ މިނިސްޓްރީއާ އިމާރާތް ހަވާލުކޮށްފައިވާ ކަމަށެވެ.

އެ މަސައްކަތް ނިންމާލާފައި ވަނީ 20 ދުވަސް ތެރޭގައި ކަމަށް އެމްޓީސީސީން ބުންޏެވެ.

ތިނަދޫގައި ތަރައްގީ ކުރި ކޮވިޑް ފެސިލިޓީ - ފޮޓޯ: އެމްޓީސީސީ

އެއީ 22 އެނދުގެ ކޮވިޑް-19 ފެސިލިޓީއެކެވެ. އަދި އެ ފެސިލިޓީގައި އިންޓެންސިވް ކެއާ ޔުނިޓް (އައީސީޔޫ) އެއް ގާއިމްކޮށްފައި ވެއެވެ.

ދެން ޖެހޭނީ އެތަނަށް ބޭނުންވާ ސާމާނާއި އެނދު އަދި އެ ނޫންވެސް ސިއްހީ ސާމާނުތައް ވައްދާށެވެ.

ތިނަދޫގައި އެފަދަ ފެސިލިޓީއެއް ގާއިމް ކުރަން ނިންމީ އެރަަށުން ކޮވިޑް-19 އަށް ފައްސިވި އުމުރުން ދުވަސްވީ މީހަކު ގއ. ވިލިނގިލީގައި ހުންނަ ކޮވިޑް ފެސިލިޓީއަށް ގެންދިއުމުން އެ ރަށަަށް ނާރުވާ އަނބުރާ ތިނަދޫއަށް ފޮނުވާލާފައި ވަނިިކޮށެވެ.

ހުވަދު އަތޮޅާއި އައްޑު އަތޮޅު ހިމެނޭ ގޮތަށް ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ކުރިން ހާއްސަކޮށްފައި ވަނީ ވިލިނގިލީގައި ހުންނަ ކޮވިޑް-19 ފެސިލިޓީއެވެ.

ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިހާރު ވަނީ ފެސިލިޓީތައް ގާއިމްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވާންޗޯރ

    ދިވެހި ރައްޔިތުންގެ ނޭވާހޮޅިން ވައްކަންކުރި ވެންޓިލޭޓަރ ވަގުން ކޮބާ..!!

  2. އަހްމަދު

    ކޮބާ ކިތައްމިލިއަންޚަރަދުވިބާ ރައްޔިތުންނައް އެވަރުއެނގެންވާނެ؟

  3. ހަސަން

    އެތަންހެދީ ކުރިންވެސް ހަދާފަހުރި ތިނަދޫ އާބަދީމަރުކަޒުގަ. އިތުރަށްކުރި ޚަރަދަކީ ފާޚާނާތަކެއް ހަދާ ޕާޓްޝަންޖަހާލުން. 20 ދުވަހުން ބޮޑު ހޮސްޕިޓަކެއް އެޅުނަކމަށް ވާހަކަ ދައްކާތީ ދެކުނުދާއިރާ މެމްބަރަށް ވަރަށް ސަލާމް.