ރާއްޖެއާ ގުޅޭ ޑޮކިއުމަންޓްރީއެއް ހަދަން ދުނިޔޭގެ ބޮޑު ކުންފުންޏަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އެމްބަސީތަކުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ޖަރުމަންވިލާތުގައި ހުންނަވާ ދިވެހި ސަފީރު އަހުމަދު ލަތީފު ވަނީ ރާއްޖެއާއި ބެހޭ ޑޮކިއުމެންޓްރީއެއް ހެދުމާ ގުޅޭ ގޮތުން ޖަރުމަންވިލާތުގެ ފިލްމް އުފައްދާ ބޮޑު ކުންފުންޏަކާއެކު މަޝްވަރާކުރައްވާފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އެކަމާ ބެހޭ އިތުރު ތަފްސީލެއް ފޮރިން މިނިސްޓްރީން އަދި ނުދެއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވި ގޮތުގައި މިދިޔަ ހަފްތާއަކީ ހާރިޖިއްޔާ އަށް ބައެއް ކާމިޔާބީތައް ހޯދި ހަފްތާއެކެވެ.

އެގޮތުން އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕެއާ ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނެ ކަން ވަނީ އިއުލާންކޮށްފައެވެ. ރާއްޖެ އާއި އެމެރިކާއާ ދެމެދު ގާތް ގުޅުމެއް އޮތް އިރު، ނިމިދިޔަ އަހަރު ޕޮމްޕެއޯގެ ދައުވަތަކަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެމެރިކާ އަށް ވެސް ވަޑައިގެންނެވިއެވެ.

މިއީ 1992 ވަނަ އަހަރު އެމެރިކާގެ ހާރިޖީ ވަޒީރަކު ރާއްޖެއަށް ވަޑައިގެންނެވި ފަހުން އެމެރިކާ ސަރުކާރުން ރާއްޖެއަށް ކުރައްވާ އެންމެ މަތީ ފަންތީގެ ޒިޔާރަތެވެ.

މީގެއިތުރުން ޔޫއެން ސަބް ކޮމިޓީ އޮން ޕްރިވެންޝަން އޮފް ޓޯޗަ އަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އިންތިހާބުވެވަޑައިގަތުމަކީ ވެސް ހާރިޖިއްޔާގެ ދާއިރާ އިން ހޯދި ކާމިޔާބެއްގެ ގޮތުގައި މިނިސްޓްރީން ފާހަގަ ކުރެއެވެ.

މިދިޔަ ހަފްތާގައި ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ ފޮރިން މިނިސްޓްރީން ވިދާޅުވި ގޮތުގައި ރާއްޖެ އިން އިނގިރޭސި ވިލާތަށް ދާ މީހުން ކަރަންޓީން ވާން ނުޖެހޭ ގޮތަށް އެ ގައުމުގެ ސޭފް ލިސްޓުގައި ރާއްޖެ ހިމެނުމެވެ.

މި ލިސްޓަށް ރާއްޖެ އިތުރު ކުރުމަށް ފޮރިން މިނިސްޓްރީ އާއި ލަންޑަނުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން ވަނީ ޓޫރިޒަމް މިނިސްޓްރީ އަދި އެމްއެމްޕީއާރުސީއާ ގުޅިގެން ގިނަ މަސައްކަތްތަކެއްކޮށްފައެވެ.

އިނގިރޭސި ސަރުކާރުގެ މި ނިންމުމުގެ ސަބަބުން އިނގިރޭސިވިލާތުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ވެގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ފާހަގަ ކުރެއެވެ.

މީގެއިތުރުން ކަސްޓަމްސްގެ އިޖުރާއަތުތައް ފަސޭހަކޮށް އެއްގޮތް ކުރުމާ ގުޅޭ މުއާހަދާ، އާރުކޭސީ (އިންޓަނޭޝަނަލް ކޮންވެންޝަން އޮން ދަ ސިމްޕްލިފިކޭޝަން އެންޑް ހާމަނައިޒޭޝަން އޮފް ކަސްޓަމްސް ޕްރޮސީޖަރޒް / ރިވައިޒްޑް ކިޔޯޓޯ ކޮންވެންޝަން) ގައި ރާއްޖެއިން ބައިވެރިވެ، ބެލްޖިއަމްގެ ބްރަސަލްސްގައި ހުންނަ ވޯލްޑް ކަސްޓަމްސް އޯގަނައިޒޭޝަނަށް އިންސްޓްރޫމަންޓް އޮފް އެކްސެޝަން ނިމިދިޔަ ހަފްތާގައި ހުށަހެޅުއްވީ ރާއްޖެއިން ބެލްޖިއަމްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހަސަން ސޯބިރު ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ތަމެންދޯ

  ކީއްވެގެންތޭ ޖަރުމަނުގައި ހުންނަ ކުންފުންނަކަށް ތިޔާ މަސައްކަތް ތައް ދޭންވީ ތިޔާ މަސައްކަތް ތައް ދިވެހި ފިލްމް އުފައްދާ ކުންފުންނަކަށް ނޫންތޭ ދޭންވީ އެއިރުން ނޫންތޭ އެއިން ދިވެހިރާއްޖޭގެ އިގްތިސާދަށް ވެސް ފައިދާ އެއްކުރާނީ ފޮރިންގް މިނިސްޓަރު ޝާހިދު އަށް ކަޓް ނުލިބިދާނެތީވެ ދޯ ރާއްޖޭގެ ކުންފުންނަކަށް ތިޔާ މަސައްކަތް ނުދެނީ ޖަރުމަނު ކުންފުންނެކޭ ކިޔާ ޖަރުމަނުގައި ހުންނަ އިންޑިއާ ގެ ކުންފުންނަކަށް ނޫންތޭ ތިޔާ މަސައްކަތް ދޭން ތަމެން ތިޔާ އުޅެނީ...

 2. ސަގަރޭ

  އޯ ގަދަ! ބޮޑުރުފިޔާގަޑެއް ލިބޭނެ.

 3. ފޫކޮޅު

  ބަލަ ދިވެހިކުންފުންޏެއް ނެތީތަ އެވަރުކޮށްލަން އެނގޭ..ނުޖެހޭ ބޭރުބަޔަކަށްދޭކަށް. ޢޭސީސީން މިކަން ހުއްޓުވާ. ޥެންޓިލޭޓަރ ބޭރށްދިނީމަ ދޯ ގޯސްވީ

 4. ޓހ

  ރާއްޖޭގައިވެސް ޑޮކިއުމެންޓް ތައްޔާރުކުރެވޭ ޤާބިލް ޒުވާނުން އެބަ އުޅޭ. ބޮޑު ރުފިޔާ ދީގެން ބޭރުކުންފަނިތަކަށް ތިކަންކުރަންދޭން ހެޔޮނުވާނެ

  9
  2
 5. ޙާލި

  ޢަނެއްކާވެސް ތިއުޅެނީ ރާއްޖެއަކީ ދީނީ ހަރުކަށި ފިކުރުގެ ހާއްޔެކޭ ކިޔަން. ޢިންޑިޔާ އަދި ހުޅަނގުގެ ރުހުން ހޯދަން މޑޕ އިން ދޭތެރެ ދޭތެރެއިން ކުރާކަމެއް މިއީ.

 6. ހިޔާލު

  ބަޔަކަށް ރުފިޔާތަކެއް ދޭނެ ގިތެއް ނޭނގިގެން ތިކަމެއްވެސް ތިކުރަނީ ، ޑޮކިއުމެންޓްރީ ހަދާނެ ކުޅަދާނަ ޒުވާނުން އެބަ ތިބި މި ދިވެހިރާއްޖޭގަވެސް އ

 7. ދެރަ

  ކޮވިޑް ގެ ބޮލުގަ އަޅުވާފަވެސް ރުފިޔާ ދެމުން އޮތީ . ހަމަ މިއީވެސް އެކަހަލަ ކަމެއް ، ބަލަންތިބޭ މި ކޮވިޑުން ސަލާމަތްވިޔަސް އޭގެ ކުރިއަށް އޮތް 10 އަހަރުވެސް ކޮވިޑް ބޮލުގަ އެޅޭނީ ނުކުރެވިދާ ކޮންމެ ކަމެއް ،

 8. މަގޭދުއާ

  މިވެރިކަމުގައި ޔަހޫދީންނާ ގުޅުން ރަނގަޅުކުރަނީބާ ؟؟ މިހާރު ގެރި އިންޑިޔާއާ ގުޅުން ރަނގަޅު ކޮށްފި! މީގެ ކުރިން ޔާމީނުގެ ވެރިކަމުގައި މިހާރު މުސްލިމުންނަށް އެންމެ އަނިޔާކުރާ މީހުނާ ގުޅުން ބަދަހި ކުރީ! ޔާ ﷲ އަޅަމެންގެ މައްޗަށް ރަނގަޅުވެރިން ޢައްޔަން ކުރައްވާންދޭ..

 9. މިތުރު

  އަނެއްކާ އަނެއް ލާރިގަނޑު ކަޓުވާލަނީ. ކޮވިޑްއިރު ބޭރުން ޑޮކްޓަރުންގެ ޓީމެއްގެނައިގޮތަށް.