ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އާއި ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންއާ ގުޅޭ ގޮތުން އަދާލަތު ޕާޓީގެ ރައީސް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މޭޑޭ މުޒާހަރާގައި ވާހަކަ ދެއްކެވީ ސިޔާސީ ފައިދާއެއްގައި ކަން ސާފުވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

މެއި 1، 2015 ގައި އޭރުގެ އިދިކޮޅު ފަރާތްތަކުން "އަނިޔާވެރިކަމާ ދެކޮޅަށް" ހިންގި މުޒާހަރާގައި އިމްރާން ވަނީ އަތުގައި އޮތް ބައެއް ކަރުދާސްތައް ދައްކަަވައި ޑރ. އަފްރާޝީމް އާއި ރިލްވާންގެ މަރުގެ މައްސަލައާ ގުޅުވައި ވާހަކަ ދައްކަވައިފައެވެ. މި ގޮތުން މި މައްސަލަތަކުގެ ހަގީގަތް ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް އެނގިވަޑައިގަންނަވާނެ ކަމުގެ ހެކިތައް އެ ކަރުދާސްތަކުގައިވާ ކަމަށް އޭރު ވިދާޅުވެފައިވެއެވެ.

މަޖިލީހުގައި ތިއްބަވާ އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްނުވާ މަދު މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިމްރާންގެ ވާހަކަތައް ބަދަލުވާ ކަމަށާއި އެއިން ސާފުވަނީ މަރުތަކުގެ ވާހަކަ އޭރު ދެއްކެވީ އެއްވެސް ހެެއްކެއް ހުރެގެން ނޫން ކަމަށެވެ.

"މިއަދު އަނެއްކާ ރައްޔިތުންނަށް އިތުރަށް އޮޅުވާލުމަށްޓަކައި މުޅިން އާ ވާހަކަތަކެއް މި ދައްކަވަނީ،" އުޝާމް ވިދާޅުވިއެވެ.

އުޝާމް އިޝާރާތް ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގައި އާއި ދިވެހިރާއްޖޭގެ އަޑުން ގެނެސްދެއްވި ޕްރޮގްރާމްގައި އެ ކަރުދާސްތަކާ ގުޅޭ ގޮތުން އިމްރާން ދައްކަވާފައިވާ ވާހަކަތަކަށެވެ.

މަޖިލީހުގައި އިމްރާން ވިދާޅުވެފައިވަނީ، މޭޑޭގައި އިމްރާން ހައްޔަރު ކުރުމަށް ފަހު، އޭނާގެ އަތުގައި ހުރި ކަރުދާސްތައް އޭރުގެ ސަރުކާރުގެ އިސް ބޭފުޅުންގެ އަމުރަށް އަތުލީ ކަމަށާއި ފުލުހުންގެ އަތުގައި އެ ކަރުދާސްތައް ހުންނާނެ ކަމަށް ބެލެވޭ ކަމަށެވެ. އެ ކަރުދާސްތައް ވަނީ ކޮން ފުލުހުންގެ އަތެެއްގައިތޯ ބަލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން އިމްރާން ވިދާޅުވެފައިވަނީ އެ ކަރުދާސްތަކުގައި ވަނީ ހެކިތަކުގެ ކޮޕީއެއް ކަމަށެވެ. އޭގެ އަސްލު އޮތް ތަނެއްގައިވާނެ ކަމަށާއި އެ ތަކެތި ވެސް ހޯދަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޑައެލޯގް

  މަކަރުވެރި ސޭހް

 2. ޢަބްދުއްލާ

  އިމްރާން މަރުތަކުގެ ވާހަކަތައް ދެއްކެވީ ސިޔާސީ ފައިދާ ހޯދަން ކަން މިހާރު ސާފު: އުޝާމް

  6 ގަޑިއިރު ކުރިން ( އޮކްޓޯބަރ 25, 2020 )

  އަދަކިރިޔާ ވިލިމާލެ އަށް ހެއުލަފާ މެންބަރަކު މިލިބުނީ

 3. ޔރެ

  ދޮގުހަދަން އުޅޭމީހަކަށް އެކި ތަންތަނުގަ ދެއްކޭނީ އެކިވާހަކަ. އެމީހެއްގެ ދުލުގަ ﷲ ގޮށްޖައްސަވަން ކުޅަދުންވަންތަ

 4. އަޙްމަދު ޝިފާން ޢަބްދުލްޢަޒީޒް

  އުޝާމް ވެސް އޭޖީ އޮފީސް ދޫކުރައްވައި ބަދަވީއަކު އަޑީގައި ހުރެގެން މަޖިލީހަށް ތިޔަ ވެންނެވީ ސިޔާސީ ބާރުވެރިކަން ހޯއްދެވުމުގެ ނިޔަތުގައެވެ.
  އެންމެންނަކީ ވެސް އެއްފޮތަކުން ކިޔެވި ބަޔެކެވެ. ވަކި މީހަކަށް ދޫކުރާނެ މީހަކު ތިޔަބައިމީހުންގެ ތެރެއަކު ނުވެއެވެ.

  1
  2
 5. ދީނީމީހާ

  ޢިމްރާންއަކީ ޕޮލިޓިކަލީ އެންމެ ޑާރޓީ މީހާ. އެހާ އިންޓެގްރިޓީ ނެތް މީހަކު ނުވާނެ ހޯމް މިނިސްޓަރަކަށް ބަހައްޓާކަށް. ރައްޔިތުންކުރިމަތީ ރޯ ބުހުތާނު ދޮގުހެދީ...އެމްޑީޕީގެ ވެރިކަން ވައްޓަންވެސް އެންމެ އަޑީގަހުރީ އޭނަކަމަށް އެމްޑީޕީން ބުނާބުުނުން ތެދު ކަމަށްވަންޏާ މީ ރަގަޅު ފަހަރެއް މީނަ ވަކިކޮށް ތަޙުޤީޤުކުރަން.