ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ކޯލިޝަން ސަރުކާރުގައި ހިމެނި ވަޑައިގަންނަވާ ގާސިމް އިބްރާހިމްގެ ހަގު އަންބަށް ހެލްތު މިނިސްޓަރުކަން ނުލިބި ސަލާމަތްވީ ކިރިޔާ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވެފައިވަނީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓުގައި ހެލްތް މިނިސްޓަރު ކަމުގެ މަގާމު އަދާ ކުރައްވަމުން ގެންދެވީ އަބްދުﷲ އަމީންއެވެ. އަމީން އިސްތިއުފާ ދެއްވުމާއި ގުޅިގެން މިހާރު އެމަގާމަށް އައްޔަން ކުރައްވާފައިވަނީ އެމްޑީޕީ އަށް ނިސްބަތްވާ އަހުމަދު ނަސީމް (ކެރަފާ ނަސީމް) އެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ޖާބިރު ވަނީ ނަސީމަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފައެވެ. ނަސީމް މިނިސްޓަރު ކަމަށް ވަޑައިގެންނެވުމުން ޝުކުރު ދަންނަވާ ކަމަށާއި އެއީ ކޮވިޑް-19 ގެ ވެކްސިން ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

"ކިރިޔާ ސަލާމަތްވީ، ގާސިމްގެ ހަގު އަންބަތް ވަޒީރުކަން ނުލިބި ދިޔަ ކަން." ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެންމެ ފަހުން ކައިވެނި ބައްލަވައިގެންނެވި ރާނިޔާ އަހުމަދަށް އިޝާރާތް ކުރައްވައި ޖާބިރު ވިދާޅުވިއެވެ.

މިނިސްޓަރ އަމީން މަގާމުން އިސްތިއުފާ ދީފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ ގެންނަން މަސައްކަތް ކުރި ވެންޓިލޭޓަރުތަކުގެ މުއާމަލާތުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިމެނޭކަން އޮޑިޓަރ ޖެނެރަލްގެ ނެރުއްވި އޮޑިޓް ރިޕޯޓުން ފާހަގަކުރެވި އަދި އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާން މަސައްކަތް ފަށާފައިވަނިކޮށެވެ.

ޖާބިރު ވަނީ މިއަދު މަޖިލީހުގައި އިޓަލީ ބަހުން ވެސް ވާހަކަ ދައްކަވައިފައެވެ.

އޭނާ ވަނީ ޔޫރަޕްގެ އެކި ގައުމުތަކުގެ ފަތުރުވެރިން ވެސް ރާއްޖެ އައުމަށް ދައުވަތު ދެއްވައިފައެވެ. އަދި ކޮވިޑް-19 އާއި ވެކްސިންއާ ގުޅޭ ގޮތުން ރާއްޖޭގައި "އެއްވެސް މައްސަލައެއް" ނޯންނާނެ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. މިލާ

  އަސްލު ލިބެންޖެހޭ ކިތަންމެ މަލާމާތް ކުރިޔަސް.

  22
  17
 2. ޑައިވަރޭ

  ދިޔާނާ އަށް ވެސް ހަމަ ކިރިޔާ ނުލިބި ދިޔައީ....

  48
  5
 3. ޝަޒާ

  ފުރައްސާރަކުރުން މުޖުތަމަޢުގެ އިޖްތިމާޢީ ބައްޔަކަށްވެ ނޭނގިތިބެ އެނގޭކަމަށް ހީވާމީހުން ގިނަވެ މުޖުތަމަޢު ވީރާނާވެ ހަލާކުވެެއްޖެ.ހިތާމަހުރި.

  19
  2
 4. ހުސޭނުބޭ

  ޖާބިރު ދެކެލެއްވިން ދެއްތޯ ހެލްތު މިނިސްޓަރުކަން ޤާސިމްގެ ހަގު އަނބިކަބަލުން ކައިރިކައިރިންލާފައި ދާތަން! ދެން ކީއްވެގެންތޯ އެ ހިފާފައި ގެންގޮސް ދިޔާނާއަށް ނުދެއްވީ!

 5. މަކުނު

  ޖާބިރު ތިޔަހެން ތިޔަކިޔަނީ ޖާބިރުއައް ރާނިޔާ ކަހަލަ ޅަކުއްޖަކާ ނީދެވޭނެތީ.

 6. މަ

  ޖާބޭ. ތި ކިޔޭ އެެއްޗެއް އެނގޭތަ

 7. މާމިގިލީ މީހާ

  މާމިގިލީ ސުކޫލުން ޔޫސެޓް ލިބިގެން، މަހިބަދޫ ސުކޫލަށް ގޮސް އެސުކޫލުން ވެސް ޔޫސެޓެއް ލިބިފަ ހުރި މީހެއް ރާނިޔާތީ. އެމެރިކާގެ ރައީސް ކަމައް ކުފޫ ހަމަވާ މީހެއް ރާނިޔާ ތީ.

  • ާއަސޭލަރ

   ހރެވެއްނު. މަންޖެމެއްނަށް ނުވާވަ ރު ކަމެއްމިހާ ރުވެސް ކޮއްލާފި. ސޭޓާ މެ ރީވެއްޖެ