ގައުމުގައި ކުށް ކުރުން ދަނީ އިންތިހާއަށް އިތުރުވަމުން ކަމަށާއި ކުށްކުރުން މަދުކުރެވުނީ ކޮން ވެރިކަމެއްގައިތޯ މި ވެރިކަން ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަހުމަދު ސައުދު ވިދާޅުވެެއްޖެއެވެ.

ސައުދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމު ވަށައިގެން ބިރުވެރިކަން ފެތުރިފައިވާ ކަމަށާއި ނުރައްކާތެރި ކުށް ކުރުން އާންމުވެފައިވާ ކަމަށެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ނުރައްކާތެރި ކުށްތައް އިތުރުވަނީ އެފަދަ ކުށް ކުރާ މީހުން މުޖުތަމައުގައި ދޫވެފައި ތިބޭތީއެވެ.

"ކޮން ވެރިކަމެއްގައިތޯ މިފަދަ މީހުންނަށް އެކަށީގެންވާ އަދަބެެއް ލިބިފައި އޮތީ؟ ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ކޮން ދުވަހަކުންތޯ،" ސައުދުގެ ޓްވީޓްގައި ލިޔުއްވާފައެވެ.

ސައުދު ފަހަކަށް އައިސް ގެންދަވަނީ ސަރުކާރަށް ތަފާތު ސުވާލުތައް ކުރިމަތި ކުރައްވައި ޓްވީޓް ކުރައްވަމުންނެވެ. ބައެއް ސިޔާސަތުތަކަަށް ފާޑުވިދާޅުވެ ޓްވީޓް ކުރައްވާފައި އެބަ ހުންނެވިއެވެ.

މިފަދަ ޓްވީޓްތަކަކީ ސައުދުގެ އަމިއްލަ ހިޔާލު ކަމަށާއި ޖޭޕީގެ ރަސްމީ ސްޓޭންޑް ނޫން ކަމަށް އެ ޕާޓީގެ އިދާރާއިން ބުނެއެވެ. އަދި ޕާޓީން ރަސްމީކޮށް އެއްވެސް ނިންމުމެެއް ނިންމައިފިނަމަ ޕާޓީން އިސްވެ ހާމަކުރާނެ ކަމަަށް ޖޭޕީގެ އިދާރާއިން ބުނެފައިވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓްގައި ޖޭޕީ ތަމްސީލްވާ ނިސްބަތް ވެސް މިހާރު ވަނީ ދަށްވެފައެވެ. އެއީ އެ ޕާޓީގެ ސްލޮޓެއްގައި ހެލްތު މިނިސްޓަރ ކަމުގައި ހުންނެވި އަބްދުﷲ އަމީން އިސްތިއުފާ ދެއްވުމުން އެ މަގާމަށް އެމްޑީޕީގެ އަހުމަދު ނަސީމް (ކެރަފާ ނަސީމް) އައްޔަން ކުރެއްވުމުންނެވެ.

އަމީން މަގާމުން އިސްތިއުފާ ދެއްވީ، ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ ބައެއް މެންބަރުން ވެގެން އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވައްދާފައިވަނިކޮށެވެ. އެ މައްސަލަ ވެއްދީ ވެންޓިލޭޓަރުތަކުގެ ހިޔާނާތުގައި އަމީންގެ ބައިވެރިވުން ވެސް އޮތް ކަމަށް ތުހުމަތުކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މާމީ

    ސައުދަކައް ނޭގޭތޯ މިސުލޯސަރުކާރަކީ ސައުދުމެންގެ ހަތަރުބައި އެއްބައިވާ ނަހަލާލު ސަރުކާރެއްކަން ދެން ކޮން ކަމެއް ނުވެގެން ތިއުޅެނީ ހަޖަމުކޮއްލާގެން މަޑުމަޑުނަ ހުރެބަލަ..

  2. މާމިގިލީ މީހާ

    ގާސިމާ ޖެހުނު އަނެއް ބޯގޮވި މީ. ތަނެއްދޮރެއް އެގޭ އެއްޗެއް ނޫން މީ. އަދި ވެރިކަމާ ދެކޮޅައް އަޑު އުފުއްލައެއްނޮއް.

  3. މަހާ

    ކުށްކުރާމީހުންނަށް ޔާމީން ސަރުކާރުގަ އަދަބުދިނީމަ އެކަންވެސް ކަލޭމެންނަށް ކަމަކު ނުދިޔަ، އެންމެ އަރިހުގަ އުޅުނުމީހުންވެސް ކުށްކުރީމަ އަދަބު ދިން، މިސާލަކަށް ނާޒިމް، އަދީބު، މައުމޫނު، މިއީ ހަމަ ކުށް ކޮށްގެން އަދަބު ދިން މީހުން، ކުށެއްގެ ތުހުމަތު ކުރެވޭ މީހެއްގެ ފޯނު ދިނުމަށް ރާއްޖޭގެ ސަލާމަތީ ބާރުތަކުން އެދިއްޖެ ހިނދެއްގައި ފޯނުވެސް ދޭންޖެހޭނެ، ބޮޑު ޙުކުމް ނެރުމަށް ޢަލީ ޙަމީދު ފަނޑިޔާރަށް ކުރި މެސެޖްތައް ފޯނުގަ ހުރީމަ ފޯން ނުދިނީ،
    ނިކަމެތި ރައްޔިތުން ވިއްޔާ ފޯންވެސް ދޭންޖެހޭ، އެއްޗިހި ބާލާ އޮރިޔާންވެސް ކުރެވޭ، މީ ކަލޭވެސް ޤަބޫލުކުރާ ހަމަޔަކީ، ދެން ކޮން އަނގައެއް އަރުވާކަށް، މިހުރިހާކަމެއްގެ ޒިންމާ ނަގަންޖެހޭނީ ކަލެޔާ މައުމޫނާ، ޤާސިމާ އިމްރާނާ، އެމް ޑީ ޕީ ، ތީ އެއްބައެއް، ކޮންމެހެން ރައްޔިތުން ލޮލުގަ އަނދުން އަޅުވާކަށް ފާޑުފާޑުގެ ޓްވީޓް ކުރާނެކަމެއްނެތް،