ރައްޔިތުންގެ މަޖިލިހުގެ ނައިފަރު މެންބަރު އަދި އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް މަޖިލިހުގައި އިންނަވަނިކޮށް ކުއްލި ގޮތަކަަށް ހާލު ދެރަވެގެން އޭޑީކޭ ހޮސްޕިޓަލަށް މިއަދު ގެންގޮސްފިއެވެ.
އިދިކޮޅު ކޯލިޝަންގެ ބައެއް މެންބަރުން "ވަގުތަށް" ވިދާޅުވީ ޝިޔާމް މަޖިލިހުގައި އިންނަވަނިކޮށް ކުއްލިއަކަށް ހުން ވަރަށް ބޮޑަށް ގަދަވި ކަމަށެވެ. އަދި އޭޑީކޭ އަށް ގެންދިޔައީ މަޖިލިހުގައި މަޑުކުރެއްވޭ ވަރު ނުވެގެން ކަމަށް މެމްބަރުން ވިދާޅުވިއެވެ.
"މަޖިލިހަށް އައިއިރު ވެސް ކުޑަކޮށް ހުން ހުރި ކަމަށް ވަނީ،" މެމްބަރަކު ވިދާޅުވިއެވެ.
އަދި ވެގެން އުޅޭ ގޮތް ސީދާ ސާފުވެގެން ދާނީ ޓެސްޓުތައް ހެދުމުން ކަމަށް އެ މެމްބަރު ވިދާޅުވިއެވެ.
ޝިޔާމްއަށް ސްޓްރޯކެއް ޖެހުނު ކަމުގެ އަޑުތައް ފެތުރުނަސް، ޕީޕީއެމުން ވަނީ އެކަން ދޮގުކޮށްފައެވެ. ކޯލިޝަންގެ ބައެއް މެންބަރުން ވެސް ވިދާޅުވި ގޮތުގައި މަޖިލީހުގައި ހުންނަވަނިކޮށް ވަރަށް ބޮޑަށް ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދިޔައީއެވެ.
އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވެސް ވިދާޅުވީ، ޝިޔާމްގެ ސިއްހީ ހާލުކޮޅު ދެރަވެގެން އޭޑީކޭގައި ފަރުވާ ދެމުންދާ ކަމަށެވެ. އެކަމަކު ޝިޔާމްއަށް ދިމާވި މައްސަލައެއް އަދި ސާފު ނުވާ ކަމަށާއި އެކަމުގެ ތަފްސީލެއް ލިބުމުން އެ ކަން މީޑިއާއާ ހިއްސާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
"މިހާރު ދަނީ ޓެސްޓްތަކެއް ކުރަމުން." ހީނާ ވިދާޅުވިއެވެ.
މެންބަރު ޝިޔާމްގެ ސިއްހީ ހާލުކޮޅު ދެރަވެގެން އޭޑީކޭ ހޮސްޕިޓަލްއަށް ގެންދެވުނުއިރު، މިދިޔަ ޖޫން މަހުގެ ފުރަތަމަ ދުވަހުގެ ރޭ ދަންވަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި ޝިޔާމްގެ މައިބަދައަށް އަނިޔާވެގެން އޭޑީކޭއިން ފަރުވާ ހޯއްދަވާފައިވެއެވެ.
އޭރު ވެސް ހިނގާބިނގާވެ އުޅުއްވަން ދަތިވެ ގިނަ ދުވަސްތަކަކަށް އެނދުމަތީ އަރާމު ކުރައްވަން ވެސް ޝިޔާމްއަށް ޑޮކްޓަރުން އޭރު ލަފާ ދީފައިވެއެވެ. އެއާ އެކީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައާއި އެހެނިހެން މަސައްކަތްތަކުގައި ބައިވެރިވަޑައިނުގަންނަވާ މަހެއްހާ ދުވަހު ޝިޔާމް ފަރުވާ ހޯއްދެއްވުމުގައި ހޭދަ ކުރެއްވިއެވެ.
ޝަފަކަﷲ..
ޖަލު ގޮޅި ޔަގީންވާތީ އެފަކީރު މާބޮޑައް ވިސްނީ ކަމައްތިވާނީ. ސްޓްރޯކު ޖެހުނަސް ހާޓް އެޓޭކް ޖެހުނަސް އިންސާފު އަރާ ހަމަކުރާނެ ކޮންމެ މީހަކައްވެސް
ސާބަހޭ ރީނދޫ ގުންޑާ. މޮޔަކަމާއިގެން ކުރިއަށް!
އޭނަ ވަކުން ކީއްކުރީ؟ ހަމަ ނޭގޭތީ އަހާލީ... ތި މަޖުލީހުގަ ތިބި ހުރިހާ އިއްޒަތްތެރިން ތިހެން ގެންދަންޔާ ޖަލަށް ގެންދަންވީ.... ވަގަށް ބިދޭސީން އެތެރެ ކުރުމާ، ހިއުމަން ޓެރެފިކިން ހިންގާ ބޭފުޅުން ތިތިއްބެވީ..
މީ އަދި ކާކުތަ؟ މޑޕ އަށް ތާއީދުކުރާ މީހުންގެ ފެންވަރު ތިޔަ ދައްކައިދެވެނީ. ތީ އިންސާނިއްޔަތުގެ ކަންފުޅެއްވެސް ހުންނަ ބައެއްނޫން!
ޝިޔާމް ގޮޅިއަށްލާނީ ކަލޭ ގޮޅިއަށްލާފައި. އެގޮތް ރަނގަޅުވާނީވެސް.
އަވަސް ޝިފާއެއް ދެއްވާށި!
އަަވަސް ޝިފާއަކަށް އެދެން
شفاك الله
ޝިޔާމަކީ ޤައުމީ ރޫޙް ގައި މަސައްކަތް ޕުޅު ކުރައްވާ ފަހުލަވާނެއް
شفاك الله
ޝިޔާމަކީ ޤައުމީ ރޫޙް ގައި މަސައްކަތް ޕުޅު ކުރައްވާ ފަހުލަވާނެއް. ޢަދާވާތްތެރިން ގެ ކިބައިން ސަލާމަތް ކުރައްވާށި އާމީން. އާމީން
ޝިޔާމް އަށް ގެއްލުންދީގެންވެސް މަޖިލީހުން ބޭރުކުރަން އިދިކޮޅޭމެން ވަރަށް ބޭނުންވާނެ. ޝިޔާމްދެކެ ޖެހިލުންވާ ބަޔަކު އޭނާގެ އަޑުކަނޑުވާލަން ކުރިކަމަކަށްވެސް ވެދާނެ. ވަﷲއަޢުލަމް
ތިވާނީ އިންޑިޔާގެ ޖާސޫސް ރޯ އާއި އަންނި ގުޅިގެން ކާއެއްޗަކަށް ވިހަބޭނުން ކުރީކަމަށް.
އަވަސް ޝިފާ އެއް މިންވަރުކުރައްވާށީ! ޕާޓީ ކުދިންކޮޅު ގޮވައިގެން ވެރިކަމަށް އަންނަން މާބޮޑަށް ބޭނުންވާތީ ހިތުގެ ހިނގުން އަވަސްވަނީ. ކެތްތެރިވުމަށް ހީނާމެން އެސޮރަށް ނަޞޭޙަތްތެރިވޭ. ނޫނީ ސަންދޯކު އަޅަންޖެހިދާނެ.
އަހަރެމެންގެ ހީރޯ ޝިޔާމަށް އަވަސްޝިފާޔަކަން އެދެން....
އިންސާފެއް އެބައޮއްތަ މިގައުމުގަ
އެންއަހަރު ފަހުން ބަލަންތިބޭތި އިންސާފާ މިނިވަންކަން މިގައުމުގަ އޮތް ވަރު
ޔާﷲ. ޝިޔާމަށް އަވަސް ޝިފާ މިންވަރު ކުރައްވާށި އާމީން.
ޤައުމަށް ޓަކައި ޤުރްބާންވާ ދިވެހި ދަރިއެއް. ދުޝްމިނުންގެ ކިބައިން ރައްކާތެރި ކުރައްވާށި އާމީން
އަަވަސް ޝިފާއަކަށް އެދެން
އިމްރާންގެ މައްސަލަ ވެސް އެޖެންޑާ ކުރަންވީ ރާއްޖޭގެ ފޮރިންގް މިނިސްޓަރު ޝާހިދުގެ މައްސަލަ ވެސް އެޖެންޑާ ކުރަންވީ ސަބަބަކީ މިރާއްޖެ އަށް އިންޑިއާ އިން ނޫން ގޮތަކަށް އޭނާ އަށް ލޯނެއް ވެސް ނުހޯދުނޭ އަދި ހިލޭ އެހީއެއްވެސް ނުހޯދުނޭ ޖަޕާން އިން 2 ބިލިއަން ޑޮލަރުގެ ލޯން ހޯދައިގެން މާލެ ސަރަހައްދުގައި ހުރި ފަޅު ތައް ހިއްކާ އެތަނުން 1 މިލިއަން އަކަފޫޓްގެ ބްލޮކްސް ތައް ނަގާ އެއިން ކޮންމެ ބްލޮކެއް 100 މިލިއަން ޑޮލަރަށް 1000 އަހަރު ދުވަހަށް ބިމު ކުލި ނުނަގާގޮތަށް ވިއްކާނުލީ ކިއެއްވެތޭ...
އަވަސް ޝިފާ އަކަށް އެދެން.... މަޖުލީސް އޮންލައިންކޮށް ކުރިއަށް ގެންދެ ބައްލައްވާ.. މި ކަހަލަ ބަލިމަޑު ކަމެއް ގެ ތެރޭގަ މަޖުލީސް ޒަމާނީ ޓެކްނޮލަޖީގެ ވަސީލަތްތަކާ އެކު މި ޒަމާނީ ވާކަށް ނުވޭތަ..
އަވަސްސިފާ އެ އްދެއްވާށި
މިހާ ރުމިގައުމުގައޮތީ ރާމާމަކުނުގެސަ ރީއަތާއި އިންސާފް
މިހާ ރުމިގައުމުގައޮތީ ރާމާމަކުނުގެ ސަ ރީއަތާއި އިންސާފް
ސިޔާމް އައް އަވަސް ސިފާ އެއް މިންވަރު ކުރައްވާށި އާމީން
شفاك الله
ސިޔާމުއަށް ގެއްލުންދިނީ އަންނި ކޮމާންޑުކޮށްގެން މިކަމުގެ ސަބަބުން ސިޔާމުގެ މައިބަދަޔަށް ވަނީ ގެއްލުންވެފަ މިކަންތަށް މިހާރުވެސް ސިޔާމުގެ ހަށިކޮޅުން ފެންނަމުން އެދަނީ މިކަމުގެ ދައުވާ އަންނިޔާ ދޭތެރޭ ކުރެވެންޖެހޭނެ އަދުލުއިންސާފު މިކަލޭގެޔާ އަރާހަމަކުރާނެ ވަﷲ އައުލަމް.
شفاك الله