މިއަދު ހެނދުނު މާލެއަށް ކުރި ވިއްސާރާގައި ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ފެންހިންދުމުގެ މަސައްކަތް ސިފައިން ފަށައިިފިއެވެ.

މިއަދު ހެނދުނު 11:10 އިން ފެށިގެން މާލެއަށް ވަރަށް ބޯކޮށް ވަނީ ވާރޭ ވެހިފައެވެ. އަދި މި ވިއްސާރާގައި ބައެއް މަގުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މި ވިއްސާރާގައި މާލޭގެ އައިޖީއެމްއެޗް ސަރަހައްދާއި، އެސްޓީއޯ ފުށްގުދަން ސަރަހައްދާއި، މާގިރި ހޮޓެލް ސަރަހައްދާއި، މ. ސްޓޭޑިއަމް ސަރަހައްދުގައި ޕަމްޕް ބަހައްޓައިގެން ފެންހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނެފައި ވަނީ، އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެން ވާ ކަމަށްވެސް ބުނެފައި ވެއެވެ.

އާއްމު ގޮތެއްގައި މާލެއަށް ވިއްސާރަ ކުުރާއިރު، މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެއެވެ. އެކަމުގެ ސަބަބުން ހިނގާ ބިގާވެ އުޅެން ދަތިވާ ފަހަރުވެސް އާދެއެވެ.