ރޫޓް ފިހާރައިގެ ފައިސާތަކެއް ބޭން އޮފް ސިލޯން (ބީއޯސީ) އަށް ގެންގޮސް، ވެހިކަލުން ފައިސާތައް ބާލަން މަސައްކަތް ކުރަނިކޮށް ފޭރިގަންނަން އުޅުނު މައްސަލާގައި ދެ ވަަނަ މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލާގައި ރޭގެ ވަގުތެއްގައި ވަނީ 20 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފައެެވެ.

ފުލުހުން މިއަދު ވިދާޅުވީ، އެ މައްސަލައިގެ ތުހުމަތުގައި ދެވަނަ މީހަކު ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މިއަދު ހައްޔަރުކޮށްފައި ވަނީ 21 އަހަރުގެ ދިވެހި ފިރިހެނެއް ކަަމަށް ފުލުހުން ވިދާޅުވިއެވެ.

ފައިސާތައް ފޭރެން އުޅުނީ ވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.

މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި ބީއޯސީ އަށް ޖަމާކުރުމަށް ގެންދިޔަ ރޫޓް ފިހާރައިގެ ފައިސާތައް ފޭރެން އުޅުނީ ސައިކަލެއްގައި ދިޔަ ހަތަރު މީހެކެވެ. ދެ ސައިކަލުގައި އައިސް، އެ ފިހާރައިގެ ވޭން ކުރިމަތީގައި މަޑުކޮށްލުމަށްފަހު ފައިސާ އަޅާފައި ހުރި ފޮށިގަނޑު ފޭރިގަތުމަށް ދުއްވައިގަތީ ދެމީހުންނެވެ.

އެހެން ނަމަވެސް އެވަގުތު އެސްބީއައި ކައިރީގައި ހުރި ސެކިއުރިޓީ ގާޑުގެ ކުޅަދާނަކަމުން އެކަން ވާގޮތް ވަނީ ނުވެފައެވެ. ފައިސާ ފޭރެން އުޅުނު ހަތަރު ފިރިހެނުންވެސް ތިބީ ހެލްމެޓާއި މާސްކު އަޅައިގެންނެވެ.