ރަސްމީދަތުުފުޅެެއްގައި މިއަދު މެންދުރު ފަހު ރާއްޖެ ވަޑައިގެންނެވި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ފުރާވަޑައިގަންްނަވައިފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޕޮމްޕެއޯ އަށް އަލަވާދު ވިދާޅުވެފައި ވަނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދެވެ.

ޕޮމްޕެއޯ ރާއްޖެއަށް ވަޑައިގެން އެންމެ ފުރަތަމަ ބައްދަލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއެވެ. އެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ގިނަ ދާއިރާތަކަކުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުންތައް އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

އެގޮތުން ދެ ގައުމުގެ ދެމެދުގައި އޮތް ދޭދޭ ގުޅުމާއި، ބައިނަލްއަގްވާމީ މައިދާނުގައި ގުޅުން ބަދަހިކުރުން އިތުރުކުރުމާއި، ވިޔަފާރީގެ ގުޅުންތަކާއި އިންވެސްޓްމެންޓުތައް އިތުރުކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާތައް ކުރެއްވިއެވެ. މީގެ އިތުރުން، ތިމާވެށި ހިމާޔަތްކުރުމާއި، ސައިބަރ ސެކިއުރިޓީ ވަރުގަދަކޮށް ނިރުބަވެރިކަމާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް ހަރުދަނާކުރުމާއި، އިންޑޯ-ޕެސިފިކް ސަރަޙައްދުގެ މިނިވަންކަން ދަމަހައްޓައި، އެ ސަރަޙައްދުގެ ވިޔަފާރި ކުރިއެރުވުމާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން ހިޔާލު ވަނީ ބަދަލުކުރައްވާފައެވެ. އަދި ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ގާއިމުކުރުމާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ރައީސް ސާލިހާއެކު ބޭއްވި ބައްދަލުވުމަށްފަހު، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި ބައްދަލުކޮށް މަަޝްވަރާތައް ކުރިއަށްގެންގޮސްފައި ވެއެވެ. އަދި އެއަށްފަހު ވަނީ ނޫސްވެރިންނާއި ބައްދަލުކުރައްވާފައެވެ.

އެމެރިކާގެ ރައީސަށް ހާރިޖީ ލަފާ އަރުވާ އެންމެ އިސް ފަރާތް، ވަޒީރު ޕޮމްޕެއޯގެ މި ދަތުރުފުޅަކީ ވޭތުވެދިޔަ ދިޔަ 16 އަހަރުގެ ތެރޭގައި އެމެރިކާގެ ޚާރިޖީ ވަޒީރަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެކެވެ. އެންމެ ފަހުން އެ ގައުމުގެ ހާރިޖީ ވަޒީރަކު ރާއްޖެ ވަޑައިގެންނެވީ ޖުލައި 2004 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަސްލު

    ޗައިނާ އިގްތިސާދީ ގޮތުން އެމެރިކާއަށްވުރެ ބާރުގަދަވާތީ
    ފުފިގެން...ކުރާދަތުރުތަކެއްތީ...ޗައިނާއަށް ބިރުން...ހަމައެފަދައިން މެދުއިރުމަތީގެ ގަވްމުތަކުގައި ވަކިހިއްޕަން ކުރާ މަސައްކަތް ނާކާމިޔާބުވަނީ އީރާން
    ގެ ބާރު ގަދަކަމުން...

  2. ޑރ އަލީ މައުރޫފް (ޕިއްޒާ ޝެފް)

    މިއަދު ކާއެއްޗެއް ކާން ލީބުނީކީ ނޫން. ބަނޑަށް މިހުރީ އޮފީހުން ގެއަށް ނުދެވިގެން. މި ސަރުކާރުން ރައްޔިތުންނަށް ޖައްސާ ބަލާވެރިކަން.. މި މީހުން ކައި ފުރައިގެން ތިބޭއިރު މަށަށް މިޖެހެނީ ބަނޑަށް ހުންނަން... ކަލޭމެނަށް ނުދޭނަން ދުވަހަކުވެސް ވޯޓެއް. މަށަށް ކާންވެސް ނުލިބެ މި މީހުންނާ ހެދި. ބޮޑު ނޮހޮރުއްޕާނަކަށް ވެއްޖެ މިހާރު...

  3. ރައްކާތެެރިކަމުގެ ފިޔަވަޅު

    އާޚިރުގައި ހުރިހާ ފައިދާއެއްވާނީ އެމެރިކާ، އިޒްރޭލު އަދި އިންޑިއާ އަށް.