މާދަމާ ރައްޔިތުން މަޖިލީހުގެ ހާއްސަ ޖަލްސާއެއް "ދައުރުން ބޭރުން" ބާއްވަން މަޖިލީހުގެ ރައީސް ނިންމަވާފައިވާ ކަމަށް މަޖިލީހުގެ އިދާރާ އިން ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އިދާރާ އިން މެންބަރުންނަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ މާދަމާ ހެނދުނު 09:00 ގައި ދައުރުން ބެރުގައި ބާއްވާ މަޖިލީހުގެ ހާއްސަ ޖަލްސާއެއް އޮންނާނެ ކަމުގައި ދަންނަވަން މަޖިލިސް ރައީސް ވިދާޅުވިކަމަށެވެ.

ޖަލްސާގެ އެޖެންޑާ ފަހުން އާންމު ކުރައްވާނެ ކަމަށް ވެސް މަޖިލީހުގެ އިދާރާ އިން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުއްލި ހާއްސަ ޖަލްސާއެއް ބާއްވާއިރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ނެރުއްވި ޤަރާރު މަޖިލީހަށް ދީފައިވާ މުހުލަތު މާދަމާ އަށް ހަމަ ވާނެއެވެ. ނަމަވެސް އެޤަރާރު ފާސްކުރި ނަމަވެސް ޤަރާރު މިހާރު އޮތް ގޮތުން 20 ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އުވޭނެއެވެ.

މާދަމާ މަޖިލީހުގެ ކުއްލި ޖަލްސާއެއް މިބާއްވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި މަޖިލީހުގެ މިދައުރުގެ ޖަލްސާތައް ފެށުން ފަސްކޮށްފައި އޮތުމަށް ފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަހުމަދު

    ޢައިނޯ ވައި. ކުއްލި ހާލަތާ ބެހޭ

  2. ނިންމާތި

    ތަމެންނަށް މާދަމާ މަޖްލީހުގެ ޖަލްސާގެ ވޯޓް އިން މަމެން އަންގާ ދޭނަމޭ މަޖްލީހުގެ މެޖޯރިޓީ އޮތީ މަމެން އަތުގައި ކަން. އެއިރަށް ހުންނާނެ ރަންރީނދުލޭ މެންނަށް ރަނގަޅަށް ރާކަނި މަސް ކެވިފައި ދޯ. ތަމެން ތިބޭތި ތެޔޮ ލައިގެން ތައްޔާރަށް ނިކަން ރަނގަޅަށް ތަމެންނަށް އެއް ކެންޑިޑޭޓަކަށް ކެނެރީގެ ނަޝީދު ނެރެދޭނަމޭ ތިބޭތި ތައްޔާރަށް ތެޔޮ ލައިގެން. މަމެން އެބަ އަންނަން ތަމެންނަށް އެއް ކެންޑިޑޭޓް ލާރޖް ކޮށް ނެރެދޭން އިނގޭތޭ.

  3. ކޮށިގަނޑު

    ޖަނަވާރު ކޮށި މަަދަން ފޯރި ހުންނާނެތާ ދޯ. މަޖިލިސް ނުހުޅުވައިގެން އުޅޫނު މީހުން އުޅޭނެ ގޮތް މިހާރުވެސް ހަމަ ފެންނަ ކަހަލަ. ލޮލް

  4. ރައްޔިތުން

    ޥަކަރަށް ޖަހާލުމެއް. ޙާމަތު ތަންނުދޭތީ ކުއްލި ހާލަތުގެ މުހުލަތު ހޮވޭ ރައީސަކު ހުވައި ކުރުމާ ހަމަޔަށް ދިވު ދަންމަން ބާްއްވާ ޚާއްޞަ ކުއްލި ޖަލްސާއެއް ކަމުގައި ފެނޭ

  5. ާބޫސުފުޔާން

    މާދަމައަކީ މިދުނިއެއައް ފޮނުއްވިކަމައްބުނާ އެންމެރީތިއަންހެނާ އީވާގެ މާއިތް އަނގަމަތީގެ ސިފަދައްކާލާދުވަސް

  6. ސާރުދާ

    ޔާރައްބި ގެރިތަޅާތަން ފެންނާނެ މުޅި ޤައުމުހަލާކުކުރަނީ މި މަޖްލިސްގެ މެންބަރުން

  7. ހުސެން

    މާދަންވާނެ ބޭރައްފޮނުވަން ތިތަނުން އިތުރުފޮޓޯ ކޮޅެެއް ހޯދާލަން، ޓޫރިޒަމް އިސްތިހާރުކޮއްލަން. ނޫސްވެރިޔަކު ނަމަވެސް ތިތާއެތެރޭ އޮސޯވެގެން ފޮޓޯއެއް ނަގައްޗޭ.

  8. އެވްރީ

    އިމަޖެންސީ އުވާލަން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި ނަމަ އެކަމަކީ އެއީ މަމެން ޕިންކީން އުފާ ކުރާ ކަމެކޭ މަމެން ޕިންކީން ނޭ މިހާރު ވެރިކަމުގައި މިތިބީ ތަމެން ރަންރީނދޫ ޓްވިޓަރޭ މެންނަށް އިނގެންވާނެ އެއް ނޫންތޭ. މަމެން މީ ހާކިމާ އޭ ތަމެން ތިޔާއީ ނޮން ހާކިމާއޭ އޯއް ކާންޓް ޔޫ ސީ ދިސް. ތަމެން ޖެހޭނީ މަމެން ބުނާ ގޮތަށް ހަދައިގެން ބޯ ލަނބައިގެން ކިޔަމަންވާން އޭ މީގައި ނޯންނާނެއޭ އިތުރު އެއްވެސް ޗޮއިސް އެއްވެސް އަދި އިތުރު އެކްސްކިއުޒެއްވެސް. އެވްރީ މޫވް ޔޫ މޭކް އެވްރީ ރޫލް ޔޫ ބްރޭލް އެވްރީ ލޯ ޔޫ ބްރޭކް ވީ ވިލްބީ ވޮޗިންގް ޔޫ ވޮޗިންގް ޔޫ ވޮޗިންގް ޔޫ އޯއް ކާންޓް ޔޫ ސީ އިޓް. ލުކް އެރައުންޑް ބޭބީ ބޭބީ ޕްލީޒް ގޯ ހޯމް އެން ޓޭކް އަ ރެސްޓް މަމެން ޕިންކީން މިރާއްޖެ ބެޓަރ ކަންޓްރީ އަކަށް ހަދާނަމޭ އެއީ ތަމެން ނާއި ބެހޭ ކަމެއް ނޫނޭ. ޑާންސް ޑާންސް ޑާންސް ޑާްންސް..