އިންޑިއާ އާއި ރާއްޖެއާ ދެމެދު ދަތުރު ކުރާ ކާގޯ ފެރީ "ޗޮކުން" ދިޔަ ކަމަށް ބުނެ ދައްކަމުން އަންނަ ވާހަކަތަކަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އިއްޔެ ރައްދު ދެއްވައިފިއެވެ.

އިންޑިއާގެ ކާގޯ ފެރީއަކީ 380 ކޮންޓެއިނަރު، އަދި 3،000 މެޓްރިކް ޓަނުގެ ބްރޭކް ބަލްކް ކާގޯ ކެޕޭސިޓީ ހުރި ފެރީއެކެވެ. އަދި އެ ފެރީގެ ދިގު މިނުގައި 117 މީޓަރު ހުންނާނެއެވެ. މި ފެރީ މަހަކު ދެ ފަހަރު އިންޑިއާ އާއި ރާއްޖެއާ ދެމެދު ދަތުރު ކުރާ ގޮތަށް ވަނީ ރާވައިފައެވެ. ރާއްޖެ އަށް މުދާ ގެނައުމަށާއި އެކްސްޕޯޓު ކުރުމުގެ ބޭނުމުގައި މި ފެރީގެ ހިދުމަތް ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅެވެ.

ފެރީގެ ނިޒާމް ޗޮކުން ދިޔައީތޯ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ކުރެއްވި ޓުވީޓާ ގުޅިގެން އަމްރު ވަނީ އެ ވާހަކަތައް ދޮގު ކުރައްވައިފައެވެ. ނިހާން ވިދާޅުވި ގޮތުގައި ކާގޯ ފެރީގެ އެއްވެސް ހަބަރެއް ނެތެވެ.

އެއަށް ރައްދު ދެއްވައި އަމްރު ވިދާޅުވީ އިންޑިއާ ކާގޯ ފެރީ މާލެ ސަރަހައްދުގައި މިވަގުތު މުދާ ބާލަމުންދާ ކަމަށެވެ. އަދި އިންޑިއާ އަށް އެނބުރި ގޮސް، ފެރީ ރާއްޖެ އަންނާނީ ނޮވެމްބަރު 12 ހިސާބުގައި ކަމަށް ވެސް އަމްރު ވިދާޅުވިއެވެ.

އަމްރު ވަނީ ކާގޯ ފެރީން މުދާ ގަންނަން ބޭނުން ވަނީތޯ ނިހާންގެ އަރިހުން ސުވާލު ކުރައްވައިފައެވެ.

ކާގޯ ފެރީގެ ހިދުމަތް ނުހުއްޓި ކުރިއަށް ގެންދިއުމަށްޓަކައި އިންޑިއާ ސަރުކާރުން ވަނީ އެއް އަހަރުގެ ތެރޭގައި ތިން މިލިއަން ޑޮލަރު ހަރަދު ކުރަން ނިންމައިފައެވެ. "އެމްސީޕީ ލިންޒް" ނަމަކަށް ކިޔާ ފެރީގައި ހަތަރު ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުދާ އުފުލޭނެ ކަމަށް ލަފާ ކުރެވެއެވެ. އޭގެ ތެރޭގައި ކާބޯތަކެއްޗާއި ސިއްހީ ސާމާނާއި ބޭހާއި އަންނައުނާއި ފަރުނީޗަރާއި ދަގަނޑާއި އިލެކްޓްރޯނިކް ސާމާނާއި ވެހިކަލް ފަދަ މުދާތައް ހިމެނެއެވެ.

މި ފެރީގެ ސަބަބުން ރާއްޖޭގެ ރާއްޖޭގެ އުތުރުގެ އަތޮޅުތަކާއި ރަށްތަކަށް ފަތުރުވެރިކަން ފުޅާވެ، އިގްތިސާދީ ކުރިއެރުން ލިބި، ތަރައްގީ ވެގެންދާނެ ކަމަށް އިންޑިއާގެ ހައި ކޮމިޝަނުން ވިދާޅުވިއެވެ. އަދި ދިވެހި އެކްސްޕޯޓަރުންނަށް މަހާއި، މަހުގެ ބާވަތްތައް ފަދަ ރާއްޖޭގެ އުފެއްދުންތައް އިންޑިއާގެ ބާޒާރަށާއި، އިންޑިއާ މެދުވެރިކޮށް ޔޫރަޕުގެ ބާޒާރަށް ނެރެވޭނެ ކަމަށް ވެސް ހައި ކޮމިޝަނުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އަހުމަދު

    އަމުރޫ ދެވަނަ ފަހަރަށް އައިނަމަ ކަލޭމެން އިސްތިހާރު ކުރާނެ ކުޅުދުއްފުށީ މީހުންނަކަށް ތިޔަ ބޯޓެއް ނުފެނޭ ގެންނަނީ ކޮން އެއްޗެއް ކަމެއް ނުއެއް އެނގޭ ވީ ފައިދާ އެއް ނުފެނު އެންމެ މަސް ކިލޯ އެއް ވެސް ބޭރު ކުރެވިއްޖެތޯ ކޮބައިތޯ އުފެއްދި ޝިޕިންގ ލައިން ކުއްޔަށް ހިފި ބޯޓް ވެސް ގެއްލުމުގައި ދުއްވަނީ އޭގެ ހިސާބު ކިތާބު ވެސް ނުދޭން ތިޔަ އުޅެނީ އާރޓިފިޝަލް ބީޗް ކައިރީ ހުރި ކަލޭގެ ރެސްޓޯރަންޓް އަށް އެސްޓީއޯގެ ނަމުގައިގެނައި މެޝިނަރީތައް ލޮކްޑައުންގައި ވެއްދިތަން ދުއްމީހުން އެބަތިބި ހަގީގަތުގައި ވެސް ހަމަ ޗޮކުން ދިޔައީ ހަވާ އަރުވަން ވެސް ހަމަ އެބޯޓް ޗޮކުން ދިޔައީ ފެރީ އޭ އަދި އެބަ ކިޔައެއްނު

  2. ެއަލިފު

    އެބޯޓުން ގެނައި ސިމެންތި އެސްޓީއޯ ސިމެންތި އަށް ވުރެ އަގު ހެޔޮ ކޮށް ނުއަގުގައި
    ވިއްކީމާ ގައުމަށޭ ގެއްލުން ވަނީ ހިއްސާދާރުންނަށޭ ގެއްލުން ވަނީ އެސިމެންތިން ރާނާ ތަންތަން ހަވީރު ވާއިރު ނުހިކޭ ... ގައުމަކަށް ވިކުނަސަް ތިޔައީ ބޮޑުވަރު ހަމަ ޗޮކުން ދިޔައީ ސިޕިންގ ކުންފުނިވެސް ހަމަ ޗޮކުން ދިޔައީ އެމްޓީސީސީގައި އަމުރު ހުރި އިރު އެކުންފުނިވެސް ހަމަ ދަރަނި ވެރިވީ

  3. ދެވަރެންދާ

    ޢިންޑިޔާއިން މިހާރު ރާއްޖެއަށް ކަންޑައަޅާފައި ހުރީ މުނާފިގުންގެ ސަރުދާރު

  4. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

    ތި ތިއޮތީ ބާދަނގަޑަށް ކިރަންވެފައެއްނު

    37
  5. ހަނދާންނައްތާލާ

    އިންޑިއާ ފެރީ އެއްވެސް ބޭނުމެއް ނޫން އިންޑިއާ ހެލިކޮޕްޓަރެއް ވެސް ބޭނުމެއް ނޫނޭ ހެލިކޮޕްޓަރު ގަނޑު ދުއްވަން ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންނަށް މަހަކު 20 މިިލިއަން ރުފިޔާ ޚަރަދުކޮށްގެން އެކަން ކުރުމަށް ވުރެން މާބޮޑަށް ރަނގަޅުވާނެއޭ އެޕާރޗޭ ހެލިކޮޕްޓަރު 20 އެތި ގަނެގެން ގެނައަސް އިންޑިއާ އެއީ ދެން މިލިޓަރީ ގޮތުން ބަލާއިރު ދުނިޔޭގައި ޗިޕްސް އޭ އިނގޭތޭ ތަމެން ހީކުރަނީ އިންޑިއާ ސިފައިން މިގައުމުގައި ތިބީމާ ސިފައިންނަށް ކޫ އެއް ނުގެނެވޭނެ ކަމަށްތޭ ހަނދާން ނައްތާލާ އެކަން އިންޑިއާ އާލާތުންނަށް ކުރެވޭނެ ކުރާނެ އެއް ކަމެއްވެސް ނޯންނާނެއޭ ރާއްޖޭގެ ސިފައިން ކޫ އެއް ގެނެސްފިނަމަ އިންޑިއާ އާލާތުން ރިއެކްޓް ކޮށްފިނަމަ އެމެންގެ އަމާބަފާ އަށް އެމެންގެ ފާތިހާ ދުވަސް ވެސް ނޭގޭނެއޭ އިނގޭތޭ...

    37
  6. ޙުސޭނު

    ހަމަ ސީދާ ޗޮކުން ދިޔައީ.. ޚޮން މާލޭ ސަރަހައްދެއް..
    މަހަކު 2 ދަތުރޭ ބުނި ބުނުން ދިޔައީ ޗޮކުން..
    އެ ފެރީ އުތުރަށޭ ބުނި ބުނުން ދިޔައީ ޗޮކުން. ކަބަރެއް ނުވެގެން މީހަކު ސުވާލު ކުރީމަ ކަމާ ނުވެސް ބެހޭ ވާހަކައެއް ދަކާފަ. ނިންމާލީ.. ބަލަގަ މާލޭ ސަރަހައްދައް މުދާ ގެންނާކަށް ނޫނޭ ފެށީކީ.. މީގެ ކުރިންވެސް މާލޭ ސަރަހައްދައް ގެނޭ.. ޗޮކުން، ޗޮކުން ޗޮކުން ފެރީ..

    47
  7. ދަރަނި ދަންތުރަ

    އަމުރު ކަލޭ މަހަށްދާންވީނު ކޮޗިން ފެރީން

  8. އިންދިޔާ ރައްޖެ ޗޮކުން ފެރީ

    އަމުރުކުރެ އަހަލަން ބޭނުން ކޮޗިން ފެރީ ރައްޖެގެ އުތުރައި ޗޮއިން އައި ދެމެދު އުފުލާ މުދާ މަލެއަށްތޯ ހުސްކޮއްލަނީ؟؟ އަރަތެއް އަމުރު ތިކިޔަނި އަފަހެ.

  9. ނ

    ޗޮކުން ދިޔައީ ގެންނާނެ މުދަލެއް ނުލިބޭ
    މި އީ އަގުހެޔޮ ސޭލް ފިހާރަ ބަނގެރޫޓް ވީހެން ވާކަމެއް
    ޜައްރަށުން އުފައްދާ ތަރުކާރީވެސް ގަންނަމޭ ކީ ކޮބާ

    14
  10. ސުމާރު

    ތިޔަ ކޮޗިންފެރީގެ ސަބަބުން ވީފައިދާއެއް ބުނެބަލަ އަމްރުވެސް ތިޔައުޅެނީ ވަޒީފާގެއްލިދާނެތީ ތިޔަފރީގެ ސަބަބުން ޑޮލަރަށް އައީ ކޮންބަދަލެއް ފިހާރަތަކުގައި ވިއްކާތަކެތީގެ އަގުބޮޑުވުން ނޫންކަމެއްނުވޭ .

    14
  11. އަހުމަދު ނީޒް

    ތި ފެރީން ގެނެވޭނީ ފުލް ކޮންޓެ އިނަރ. އެލް ސީ އެލް އަށް ފުރުސަތެ އް ނެތްތޯ.

    6
    1
  12. ފެރީބެ

    ތިޔަފެރީއައިދުސްވަރު ކަނޑުމަތިން މަސްތުވާ އެއްޗިހިކަމައް ބެލެވޭތަކެތި ތިޔާގިވެ އަތުލައިގެން ޙަބަރުތަކުގެ ބޮޑުސުރުޙީއައް އެރި މިކަމާ ފެރީއާ ގުޅުމެއްވާބައޭ ކިޔާއަޑު ރަށުތެރޭގައި އުޅޭ ފެރީއަކައް ކިޔާތަ ކޮއްޓެއިނަރ ބޯޓެއް އަހަރުމެން ދެކެނީ މީހުންއުފުލާ ފެރީޔަކީ ފަސިންޖަރ ލައިން ކަމައް ބާދނގައްޑައް ކިރާވަރުވެފައިވާ އާގްބޯޓެއް ފެރީއޭ ކިޔީމަ

    12
  13. މުހައްމަދު އަންޖުމް

    ކޯއްޗެއް ހަމަޗޮކުންދިޔައީ ނަންއޮތީ ފެރީގަ ނަމަވެސް ކުރީ އެހެންކަމެއް ގެނައީ އިންޑިޔާގެ އަވަށުގަބައިތިއްބާ އެޖެންޓުން ބޭނުންކުރާނެ ތަކެތި ދެންގެނައީމިހާރު ރަށުތެރޭ ގައި ޑިއުޓީ ކުރާ އެކްޓިވިސްޓުން އަދި ބިއްޖެހި ފޭރޭކުދިންގެ ކާބޯތަކެތި ނުވިތާކަށް މިގައުމަށް ބޭނުންވާ ސޮފްޓު ޑްރިންކްސް ކޮންދޮގެއް ހަދާކަށް މަކަރާހީލަތްވެސް ހެދޭނީ ވަކިވަރަކަށް އަބަދަކު ތިޔަކުޅިއެއް ނުކުޅެވޭނެ ދެންއޮތީ ސައިޒަށް ތިރިވުން އެތަންވެސް ދާދިއަވަހަށް އަންނާނެ

  14. އުމުރު

    ޗޮކުންފެރީ