ގދ. ތިނަދޫ އަދި އައްޑޫ ސިޓީއާ އާދެމެދު ފެށި އިންޓަނޭޝަނަލް ކާގޯ ފެރީގެ، ފުރަތަމަ ބޯޓު 2700 ޓަނަށްވުރެ ގިނަ މުދަލާއެކު މިއަދު އައްޑޫ ސިޓީ ހިތަދޫ ޕޯޓަށް ބަނދަރުކޮށްފިއެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިންގގެ ޝިޕިން ބޯޓު އެމްވީ ބޮންތި މިހާރު އޮތީ އައްޑޫ ސިީ ޕޯޓްގައެވެ. އެ ބޯޓު އައްޑޫ އަށް އައުން ފާހަގަކުރުމަށް މިއަދު ހަވީރު ވަނީ ޙާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިންގގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ސައީދު ވިދާޅުވީ، މި ކުންފުނި އުފެދުނީއްސުރެ މިވީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިއަދު ފާހަގަކޮށްލެވޭ ކަމަށެވެ. އެގޮތުން މިއަދަކީ މާލެ ފިޔަވާ ރާއްޖޭގެ އަތޮޅަކަށް ޑައިރެކްޓް ކާގޯގެ ހިދުމަތް އެ ކުންފުނިން ދޭ ފުރަތަަމަ ދުވަސް ކަމަށެވެ.

"2700 ޓަނަށްވުރެ ގިނަ މުދަލާއެއްކޮށް، އަޅުގަނޑު ދެކޭގޮތުގައި މި ފުރުސަތުގެ ބޭނުން ހުވަދުއަތޮޅާއި މިއަތޮޅާއި، އަދި މި ރީޖަންގެ ހުރިހާ ބޭނުން ކުރެއްވުމުގެ ސަބަބުން އަޅުގަނޑުމެންނަށާއި، އަދި މުޅި ރީޖަންއަށް ކުރިއެރުމާއި ފަސޭހަތައް ލިބިގެން ދާނެ". ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، މިއީ މި ސަރަހައްދުގެ ވިޔަފާރިތަކަށް ލިބިގެންދާނެ ފަހި ފުރުސަތެއް ކަަމަށެވެ.

"މިކަމުގެ ސަބަބުން އަޅުގަނޑު އުއްމީދު ކުރަނީ ޢާއްމުންނަށް މުދަލުގެ އަގު ހެޔޮވެގެންދާނެ ކަމަށް، އަޅުގަނޑު ދެކޭގޮތުގައި މި ޚިދުމަތް އަޅުގަނޑުމެން މެދެކެނޑުމެއް ނެތި ކުރަމުން ގެންދިއުމުން، އަލަށް ވިޔަފާރި ކުރައްވާ ބޭފުޅުންނަށް ފުރުސަތުތައް ފުޅާވެގެން ދާނެ". ސައީދު ވިދާޅުވިއެވެ.

އިންޓަނޭޝަނަލް ކާގޯ ފެރީގެ ޚިދުމަތް ހުވަދު އަތޮޅަށާއި، އައްޑޫއަށް ދަތުރު ފަށަން ތައްޔާރުވަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިހް ޢިއުލާނު ކުރެއްވީ ނޮވެމްބަރު 19 ވަނަ ދުވަހު އެވެ.

ކާގޯ ފެރީގެ ޚިދުމަތް ކުރިއަށްދާނީ އިންޑިޔާގެ ސޫތިކުޅި ބަނދަރުން އައްޑޫސިޓީއަށާއި ގދ.ތިނަދޫ އަށެވެ.

ސަރުކާރުން ހާމަކޮށްފައިވާގޮތުގައި، މި ދަތުރުތައް ޝެޑިއުލްކުރެވިފައި ވަނީ ކޮންމެ 20 ދުވަހަކުން ރައުންޑު ވޮރޭޖްއެއް ފުރިހަމަވާގޮތަށް އިންޑިއާގެ ސޫތިކޮޅު ބަދަރުން އައްޑޫސިޓީއަށް، އައްޑޫ ސިޓީން ތިނަދޫއަށް ތިނަދޫން އަނެއްކާ އިންޑިޔާގެ ޓުޓޮކޮރިން ބަނދަރަށް ދާގޮތަށެވެ.

ކާގޯ ފެރީގެ ޚިދުމަތް ފެށުން!

ރާއްޖެ އަށް މުދާ ގެނައުމަށާއި އެކްސްޕޯޓު ކުރުމުގެ ބޭނުމުގައި އިންޑިއާގެ ކާގޯ ފެރީގެ ޚިދުމަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަަސް ތެރޭގައެވެ. މި ފެރީގެ ދަތުރުތައް ފުރަތަމަ ފެށީ އުތުރުގެ ރަށްތަކަށެވެ.

މި ފެރީގެ ޚިދުމަތް ފެށުމާއި ގުޅިގެން އިންޑިއާ ހައި ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވީ، މި ފެރީގެ ޚިދުމަތް ފެށުމާއެކު ރާއްޖޭގެ އުތުރުގެ އަތޮޅުތަކާއި ރަށްތަކަށް ފަތުރުވެރިކަން ފުޅާވެ، އިޤްތިޞާދީ ކުރިއެރުން ލިބި، ތަރައްޤީ ވެގެންދާނެ ކަމަށެވެ. އަދި ދިވެހި އެކްސްޕޯޓަރުންނަށް މަހާއި، މަހުގެ ބާވަތްތައް ފަދަ ރާއްޖޭގެ އުފެއްދުންތައް އިންޑިއާގެ ބާޒާރަށާއި، އިންޑިއާ މެދުވެރިކޮށް ޔޫރަޕުގެ ބާޒާރަށް ނެރެވޭނެ ކަމަށް އޮފިޝަލް ފާހަގަކުރެއްވިއެވެ.

މަހަކު ދެ ފަހަރު އިންޑިއާ އާއި ރާއްޖެއާ ދެމެދު ދަތުރު ކުރާ މި ފެރީގެ ހިދުމަތް ފުރަތަމަ އުތުރަށް ފެށިގެން ދިޔައިރު، ދެކުނު އަތޮޅު ތަކަށް މި ފެރީގެ ހިދުމަތް ފެށުމާއެކު ބޭރުން ގެންނަ މުދާތަކުގެ އަގު ހެޔޮކޮށް ސީދާ ކައިރި ހިސާބުން ލިބޭނެ ގޮތް ވާނެ އެވެ. އަދި މާލެއަށް ބަރޯސާނުވެ ސީދާ ރަށާ ކައިރިން މުދާ ލިބޭނެ ގޮތް ވާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަބްދޫ

    ގެންނަނި ކޯންޗެއް.

    17
  2. ހުދުކާޅު

    މޯލްޑިވްސް ސްޓޭޓް ޝިޕިންގގެ ޝިޕިން ބޯޓު އެމްވީ ބޮންތި މިހާރު އޮތީ އައްޑޫ ސިީ ޕޯޓްގައެވެ. އެ ބޯޓު އައްޑޫ އަށް އައުން ފާހަގަކުރުމަށް މިއަދު ހަވީރު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. **** މިކުންފުނި އިންޑިޔާ ކުންފުންޏަކަށް ބަ ދަލުވެގެންތަ މިބޯޓު އިންޑިއާ ފެރީއަކަށް ވެފައިމިވަނީ

    18
    1
  3. ޑައިވަރޭ

    ގެންނަނީ ގޫބައްޑާ، ދެން ގެރިގުއި

    16
    1
  4. ނ

    ޙިލަވެލި...ދެން އިންޑިޔާގެ ފަޑުއްކަ ސިމެންތި

    10
  5. މާމީ

    އިންޑިއާ ގެ ހެޔޮކަން ދައްކަން ވެގެން ކުރާކަމެއް ތިބޯޓު އެސްޓީއޯގެ މުދާ ސޫތުކުޅިން މާލެ ގެންނަތާ 10 ވަރަކައް އަހަރައްވުރެ ވެސްގިނަވެދާނެ.

    15
    1
  6. ގެރި ރީނދޫ

    މީގެން މި ގެނައީ އައްޑުޫގަ އޮންނަ އިންޑިޔާ ގެ އަވަށަކައް ގެނައި އެއްޗެހިތަ. އިންޑިޔާގެ މިލިޓަރީ އަވަށައް ދިވެހިންނައް ހެވެކައް އެދިގެން ކުރާކަނެއް ނޫން ތިޔަކީ...!!!! ގެރިރު ސަރުކާރު

    13
  7. ބޮކޭ

    ބޮންތިއަކީ ހަކުރު ތިޔާގި ކުރަން ދުއްވާ ބޯޓެއް

    11
  8. މސ

    ދެކުނުގެ އަތޮޅުތަކަށް ކާގޯ ފެރީއާއިއެކު ހުޅުވުނު ވަރުގަދަދަ ދަ
    ވަލު ދ ދޮރުއައްޓަކީ މުޅި ރާއްޖެއަށް ޑުރަގުއެތެރެކޮށް އޭގެ
    ފިޔަފާރި ފުޅާކުރުމަށް ހުޅުވާލެވުނު ރަސްމަގެކެވެ މިއީ
    ދައުލަތުގެ ސަރު ދާރުންގެ ރޭވުން ހިމެނިގެން ނިކަން ރީތިކޮށް
    ހިންގާ ވަރުގަދަ ޖަރީމާއެކެވެ ރާއްޖޭގެ ޒުވާނުންނާއި އަންހެނުންނާއި އަދދދ ދި ކުޑަކު ދިން މަޅީގައި ޖައްސައި ގައުމުފަނާ ކުރުމުގެ ތެރެއިން ސިޔާސީ ނާޖާއިޒް ފައި ދދ ދާ
    ނެރުމަށްޓަކާ ރުކުރުވާލި ދ ދުރުރާސްތާ ޕްލޭނެކެވެ.