މާތްވެގެންވާ އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެންއަކީ ޣައިރު ގާނޫނީ ޖަމިއްޔާއެއް ކަން ޔުނައިޓެޑް ނޭޝަންސް (ޔޫއެން) ނުވަތަ އެކުވެރި ދައުލަތްތައް (އދ.) އަށް އަންގައިދޭންް ދީނީ ޖަމިއްޔާތައް ހިމެނޭ ގޮތަށް އުފައްދާފައިވާ ރައްޔިތުންގެ އިއްތިހާދުން ފޮރިން މިނިސްޓްރީގައި އެދިއްޖެއެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީގައި ވަނީ އެމްޑީއެންއިން ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކާ ކަނޑައެޅިގެން ހިލާފުވެފައިވާއިރު ފްރާންސްގެ އެފްއައިޑީއެޗް ނަމުގައިވާ ޖަމިއްޔާއަކާ ގުޅިގެން އެމްޑީއެން އިން ތައްޔާރު ކޮށްފައިވާ ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތާ ބެހޭ ރިޕޯޓް މި މަހު އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އިދާރާއިން ބާއްވާ ބައްދަލުވުމަށް ހުށަހެޅުމަށް ފޮނުވާފައިވާ ކަން ފާހަގަކޮށްފައެވެ.

އެހެންކަމުން އދ.ގެ ޗާޓަރުގައި ހިމެނޭ ގައުމުތަކުގެ ދާހިލީ މިނިވަންކަން ނަގާލުން މަނާ ކުރާ މުއާހަދާތަކާއި ގަވާއިދުތަކަށް ވެސް އެމްޑީއެންއަކީ ދިވެހި ގާނޫނާއި ގަވާއިދާ ހިލާފް ވުމުގެ ސަބަބުން އުވާލެވިފައިވާ ޖަމިއްޔާއެއް ކަމަށް ވާތީ ބައިނަލް އަގްވާމީ ހައިސިއްޔަތުގައި ވެސް ގާނޫނީ ގޮތުން ތަމްސީލް ކުރުމުގެ ހައްގު ލިބިގެންވާ ބައެއް ނޫން ކަމަށް އެ ސިޓީގައިވެއެވެ. އަދި އދ. އަށް މި ކަން ރަސްމީކޮށް އެންގުމަށް އެ ސިޓީގައި އެދިފައިވެއެވެ.

"މި ކަމަކީ ސައްތައިން ސައްތަ އިސްލާމީ މި ޤައުމުގައި ބުދުކޯލުތަކާއި ފައްޅިތައް އަޅައި މި ބިން ކުފުރާއި ޝިރުކުގެ ނަޖިހުން މުޑުދާރު ކުރުމަށް ސިއްރުން ތިބެ އަޑީ ދައުލަތްތަކުން އެކުލަވާލަމުން އަންނަ ޕްރެޝަރާއި ރޭވުންތައް ހުއްޓުވައި މައިތިރި ކުރުމަށްޓަކައި ލިބިފައިމިވާ ފުރުސަތަކީ އެންމެ ފަހު ފުރުސަތު ކަމުގައިވެ، މި ފުރުސަތުގެ ބޭނުން ނުހިފި ކަމުގެ ޒިންމާއަށް ހަވާލުވާން ޖެހި، ދުނިޔެއާއި އާޚިރަތުގެއި ތިޔަބޭފުޅުން ތާއަބަދީ ނިކަމެތިކަމަށް ހުށައެޅިގެން ދިއުމަކީ ނުހަނު ގާތް ކަމެއް ކަމުގައިވެސް ރައްޔިތުންގެ އިއްތިޙާދުގެ ފަރާތުން ހަނދުމަކޮށްދެމެވެ." ސިޓީގައި ލިޔެފައިވެއެވެ.

އިސްލާމްދީނުގެ އަސްލުތަކާއި ޚިލާފު އެތައް ވާހަކައެއް ހިމަނައިގެން އެމްޑީއެން އިން ރިޕޯޓެއް ނެރުމުން އެޖަމިއްޔާ ވަނީ އުވާލާފައެވެ. ނަމަވެސް ރިޕޯޓް ނެރުމުގައި ބައިވެރިވި އެއްވެސް މީހަކު އަދި މިހާތަނަށް ތަހުޤީޤަށް ހާޒިރުކުރިކަން އެނގިފައެއް ނުވެއެވެ. އެމްޑީއެންގެ ރިޕޯޓާއި ދާދި އެއްކަހަލަ ރިޕޯޓެއް ނެރުނު އުތެމަ ޖަމިއްޔާ އާއި މެދު އަދި މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

އެމްޑީއެން އުވާލާފައިވާއިރު، އެ އެޖަމިއްޔާގެ އިސް މެންބަރުންނާއި، ރިޕޯޓް ތައްޔާރު ކުރުމުގައި ބައިވެރިވި މީހުންނަށް އަދަބު ދިނުމަށް އާއްމު ރައްޔިތުންނާއި ދީނީ އިލްމުވެރިންވެސް ގޮވާލަމުން ގެންދާތާ އެތައް ދުވަހެއް ވެއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ގަރަންމަސާލަ

    ތިކަންކޮށްފިނަމަ އެބަހީ ފޮރިންމިނިސްޓުރީން އދ ގައި އެމްޑީއެންއަކީ ޢައިރުގާނޫނީ ޖަމާއަތެއްކަމުގައި އަންގައިފިނަމަ ޝާހިދު މާލޭގެ މަގުމަތީ އެކޮޅުކޮޅުން ހިނގާނެ.

    33
    2
    • ޝޑ

      ކަލޭ ހާދަ މޮޅޭ

      8
      1
  2. ވޭކަޕް

    ލާހި ކެއްނޫން މިލާދިނީ ކކާރު ކާރު އޮތްހާހިނދަ ކު ދީނަށް ފުރަށް ކުރާ ޖަމިއްޔާތަ ކާ ދީނުގެ އަދުއްވުންގެ އަމަލްތަށް ހުއްޓުވާ ކަށް މިމީހުން ވެރި ކަމުގަ ދެމި މިތިބެނީ ޔަހޫދީ ޢައިރު މުސްލިމުންގެ މާލީ އެހިތެރި ކަމަ އެ ކު މީ އެމިހުނ އަމިއްލަޔަށް ބުނި އެއްޗެއް އެމީހުން ވެރި ކަމަށް އިންޑިޔާގެ ކޮރަޕްޝަންގެ ލަރީގަ ހިފާގެން ކަމަށް މީ ސީދާ ލާދީނިއްޔަތުގެ އައްޑާއެއް އިލްޔާސް އިޔާޒުމެން ކަހަލަ މުނާފިގު ގައްދާރުން ފަތުގަ އެތިބީ ދީނީ ތާ ކިހަ އަޅާގެން މި ދެމިހުން ދަރުހެއް ދެންޔާ އެތަނަ ކުން ފަހާލަން ޖެހޭނެ މީ އެންމެބޮޑު 2 ޚާއިނުން ދީނުގެ ްްްްްްްްްްްްްްްްްްްްްްްްްްްްްްްްް

    12
    1
  3. ފިނިފެންމާކްލަބް

    ކަމެއް ވާއިރަށް އދ އަށް ޝަކުވާ ކުރުން އެއީ ލަދު ގަންނަން ޖެހޭވަރު ކަމެއް. އަމިއްލަ ޤައުމުގެ ތެރޭގެ ހިނގާ ކަންތައް ހައްލުކުރަން ޖެހޭނީ މިޤައުމުގެ މީހުން .

    5
    4
  4. ވިސްނާ

    ސަރުކާރައް ނުވަންޔާ އަހަރުމެން ރައްޔިތުން ތިކަން ހުއްޓުވަންނުކުންނާނަން