މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 36 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެޗްޕީއޭ އިން މިރޭ އާއްމުކޮށްފައިވާ މައުލޫމާތައް ބަލާއިރު މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 21 މީހުންނަކީ ދިވެހިންނެވެ. މިއަދު ފައްސިވި ބިދޭސީންގެ އަދަދަކީ 15 އެވެ. މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންނާއި އެކު ރާއްޖެ އިން ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 11737 އަށް އަރާފައެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 ޖެހިފައި ވަނީ 7480 ދިވެހިންނަށާއި 4257 ބިދޭސީންނަށެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 33 މީހަކު މިއަދު ވަނީ ބަލިން ރަނގަޅު ވެފައެވެ. އެއާއިއެކު މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 10916 އަށް އަރާފައެވެ. މިހާރު ރާއްޖޭގައި ކޮވިޑް-19 އެކްޓިވް ކޭސްގެ ގޮތުގައި 776 މީހުން އެބަތިއްބެވެ. ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން މިހާރު ފަރުވާ ދެމުން ގެންދަނީ 56 މީހަކަށެވެ. އައިސޮލޭޝަންގައި 228 މީހަކު މިހާރު ވެސް އެބަތިއްބެވެ.

ވޭތުވެ ދިޔަ 24 ގަޑިއިރުތެރޭ ކޮވިޑް-19 އަށް ރާއްޖޭގައި 1318 ސުންކު (ސާމްޕަލް) ވަނީ ޓެސްޓް ކޮށްފައެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 31 ދިވެހިންނާއި، 7 ބިދޭސީއަކު ހިމެނޭހެން މިހާތަނަށް 38 މީހަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

    މި ސަރުކާރުން ޒުވާނުނަށް ޖައްސާނީ ބަލާވެރިކަމާއި މުސީބާތް. ޖަނަވާރުން އެކްސެލް ދަޅުވެސް އަގުބޮޑުކޮށް ޖޫރިމަނާކޮށް ޒުވާނުނަށް ކޮށްދިން ކަމެއް ނެތް. ނުވިތާކަށް ކާޑުން އޮންލައިން ވިޔަފާރި ނުކުރެވޭ ގޮތް ހެދީ