ރާއްޖޭގެ އިސްލާމީ ވަހުދަތު ނަގާލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އަދާލަތު ޕާޓީގައި އިސްކޮށް އުޅުއްވާ މަޝްހޫރު ދީނީ އިލްމުވެރިޔާ އިލްޔާސް ހުސެއިން މިއަދު ވިދާޅުވެއްޖެއެވެ.
ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ މެމްބަރު އިލްޔާސް މި ޓުވީޓް ކުރެއްވީ އެމަނިކުފާނުގެ ވެރިކަމުގައި ގައުމުގެ މިނިވަންކަމަށް ބުރޫއަރާ ކަމުގެ ތުހުމަތުތަކަށް ރައްދު ދެއްވަމުންނެވެ. މި ވެރިކަން ފެށުނު ފަހުން ރާއްޖެ އިން އިންޑިއާއާ ގާތް ގުޅުމެއް ބާއްވަން ފެށި ފަހުން އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.
hageegatha khilafu dhogu vahakatha kithammevarakah fethuriyas olhuvanuleveyne
HEP @ibusolih ge sarukarun dhivehi rajjege Islamee vahudhathai isthigulalu nagalan masakkah koffane kamakah gaboolu nukuran
Ya Alla milobuvethi vathan himayah kuravvandheyve .— Ilyas Hussain (@shkilyas) November 2, 2020
ހާއްސަކޮށް އިންޑިއާ އިން ބޮޑެތި އެހީތަކެއް ދިނުމާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބޮޑެތި މަޝްރޫއުތަކެއް ހިންގަން ފެށުމަކީ ރާއްޖޭގެ މިނިވަން ކަމަށް ބުރޫ އަރާނެ ކަމެއް ކަމަށް އިދިކޮޅު ފާހަގަ ކުރެއެވެ.
މީގެއިތުރުން ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭތީ، އެއީ ރާއްޖޭގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބުނެ އެމީހުން ގައުމަށް ދިއުމަށް ބާރު އަޅައި އިދިކޮޅު ފަރާތްތަކުން ދަނީ އަބަދުވެސް ވާހަކަ ދައްކަމުންނެވެ. އެކަމަކު، ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ދާދި ފަހުން ވިދާޅުވީ ރާއްޖޭގައި ހަތިޔާރު އެޅި ބޭރުގެ ސިފައިންގެ ބަޔަކު ހަރަކާތްތެރިވަމުން ނުދާ ކަމަށެވެ.
އިލްޔާސް ކުރެއްވި ޓުވީޓުގައި ވިދާޅުވީ ހަގީގަތާ ޚިލާފު ދޮގު ވާހަކަތައް ފެތުރިޔަސް ހަގީގަތް އޮޅުވައެއް ނުލެވޭނެ ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ރާއްޖޭގެ އިސްލާމީ ވަހުދަތާއި އިސްތިގުލާލް ނަގާލަން މަސައްކަތްކޮށްފާނެ ކަމަކަށް ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް ދާދި ފަހުން ދެއްވި ހިތޯބުގައި ވިދާޅުވީ ދުނިޔޭގެ ގައުމުތަކާ އެކުގައި ޚާރިޖީ ގުޅުންތައް ހަރުދަނާ ކުރަނީ ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ފުރިހަމައަށް ރައްކާތެރިކޮށްގެން ކަމަށެވެ. އަދި އެ ގުޅުންތަކުގެ ސަބަބުން، ރައްޔިތުންނަށް ފައިދާއާއި ލާބަ ލިބޭނެކަން ކަށަވަރުކޮށްފައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކުރީ ސަރުކާރާއި ބޭރުގެ ގައުމުތަކާއި އޮތް ގުޅުން ހީނަރުވެ ރާއްޖެ އެކަހެރިވެފައި އޮތުމުން ރާއްޖެ އަށް ލިބެން ހުރި އެހީ އާއި މަންފާ ލިބުމަށް އެތައް ހުރަސްތަކަކާއި ދިމާވި ކަމަށް ރައީސް ވިދާޅުވިއެވެ.
ޢޯ މައި ގޯޑް ކޮންކަހަލަ ބީތާއެއް ތި ދޮގު ހަދަނީ ގަސްތުގަތަ ނުވަތަ ކެރަފާ އާއިލާ ނޭގެނީތަ މަވާ ސަލާން ކަލޭގެ ފަތުވާ އަޑުއަހަންވެސް ބޮޑު ބިރު ހުންނަނީ
ވަހުދަތު ކިޔަނީ ކޯންޗަކަށްތޯ ޝޭޚް .
ޤުރްއާނަށް ހަޖޫޖަހާ ރަސޫލާ އަށް ފުރައްސާރަ ކުރި އިރު މިރައީސް ކޮބާތޯ.
މި ރޢީސް އުޅެނީ އެމީހުން ދިފާއުކޮށް ސަރުކާރު ބޮޑެތި މަޤާމްތައްދީގެން
މުނާފިގުންގެ ސިފަތައްއިނގޭތަ.؟؟!
މުރުތައްދުވާގޮތް މިހާރު އިނގޭތަ.؟؟
އޮފިސަލް ޕާސްޕޯޓް، މަސްދޯނިއިނގޭތަ އިނގޭތަ..؟ވައިޔާޒްބިﷲ..ނުލަފާކަން..!!!!!
ޝެއިޚް އަދިވެސް ހަމަ ހޭފުޅު ނާރާތޯ.
ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެ. ދެން ކީއްވެގެންނޯ ލާދީނީ ރިޕޯޓް ނެރުނީމަ ޖަމިއްޔާ އުވާލީއޭ ކިޔާ އެކަމަކު އެމީހުން އަޑުއުފުލާ އެބަ. ޝެއިޚް މެންނަށް އޯކޭތޯ. ދުޢާދެއްވާފައި ކަމަށް ވިދާޅުވެވުނީމަ އެގޮތުގައި ތޯ އަދިވެސް.
ރަސޫލާއަށް ފުރައްސާރަކުރާ މީހުންނާއި ގުޅުން ކަނޑާލާ - ޝެއިޚް އިލްޔާސް މިކަހަލަ ވާހަކަ ދެއްކިމީހަކު މިއަދު އެހެންވާހަކަ އެއްދެއްކީމާ ދާނީ ހުޅުނބުކަން އެގިވަޑައިނުގަންނަވަނީތޯ ކޮބާތޯ ސަހިންދާ އިސްމާއީލް ކިޔާ މީހަކު ދީނައް ފުރައްސާރަކޮއްފައި އެފިލީ ކާކުތޯ ޒިންމާ ނަގަންޖެހޭނީ ރުފިޔާ ފެނުނީމާ އާޙިރައް ހަދާންނެތޭ ޝެއިޙުން އުޅޭކަމެއް ކުރަޔަކުން ނޭންގޭ މިހާރި ޔަގީން ވެއްޖެ ނޫނޭ އެބަހުރި ދެއްވެއްހިފާފައި ރުފިޔާޔައް
ބުރާންޗާ، އިސްލާމީ ވަހުދަތު ނަގާލިޔަސް ކަލެޔަކަށް ނޭންގޭނެ، ލާދީނީ އެމްޑީއެން އަށް ކަމެއް ކުރަން ނުކެރުނު ވެރިޔަކު ކޮން އިސްލާމް ދީނެއް ދެކެ ލޯބިވަނީ؟ ބޮލެއް ނެތް ގަމާރުންތަ މީ؟
ޜާއްޖޭގެ ތާރީޚްގައި ވެސް މިވަރަށް ދީނަށް ފުރައްސާރަކުރި ދުވަސް ވަރެއް ކަލޭ ދުށިންތަ އަދި އެފަދަ މީހުންނަން މަތީ މަގާމު ދިން ދުވަސް ވަރެއް ދިޔަތަ...ސަރުކާރުން އެޅި ފިޔަވަޅެއް ކަލޭ މަށަށް ބުނެދީބަލަ...މިނިސްޓަރުން ފާޅުގައި
މި ގައުމު ހިފޭނެ އޭ ބުނާއިރުވެސް ކަލެއަށް އޯކޭ ދޯ
ޢަހަރެމެންނަށް ވެސް ދުވަހެއް އަންނާނެ ހަދާން ކުރާތި ލާދީނީ ސަރުކާރަށް ތާއިދު ކުރާމީހުން ޖަވާބު ދޭންޖެހޭނެ
އިލިޔާސް ގަސިމް ބުނާގޮ ތައް ވަހަކަދަކަންމަޖުބުރުވާނެ އެވެސް މިނިވަން ކަމެ ތް ނެ ތް އަގައިންބަސްބުނުމުގެއިލިޔާސް އަކަށް ގަސިމްގެ ޕަޕަޓެ
ޤައުމުގެޢިލްމުވެރިން މިހާބޮޑަށް ލޯއަދިރިވެ އަމިއްލައެދުންބޮޑުވީމާ ޤައިމުގެ ޙާލަތާއިމެދު ލޮލުން ކަރުނަ ނާންނާނީކޮންލޮލަކުންތޯއެވެ. ޤައުމުގެޙާލަތާ މެދުސަހަރޯވެރިނުވާނީ ކޮންފަރުދެއްތޯއެވެ.
އިލްޔާސް ޤަބޫލު ނުކުރިޔަސް އެކަން އެބަ ހިނގާ. ތިޔަ އައިނު ބާލައިފަ ބޭލީމަ ފެންނާނެ
ބަލަގަ އެހެންވެދޯ ރަސޫލާއަށް ފުރައްސާރަކޮއް ގުރުއާނައް ހަޖޫޖެހި މީހުނައް ތިބުނާރައީސްމީހާ ރައްޔިތުންގެ ފައިސާއިން ބޮޑުމުސާރަދީގެން ރައީސްމީހާގެ އޮފީސްކިއާތަނުގަ ގެންގުޅޭކަން ކަލެއައް ބުރާނތިވެފަ ހުރީމަނޭގެނީ ދޯއެވެ .. ތިވެސް މުނާފިގުންގެ ވައްތަރެއް...
މަނިކު ފާނު ކޮންމެ ފަދަ ވާހަކައެއް ވެސް މިހާރު ދައްކަފާނެ ދަހިވެ ތިކަމުގަ....
މުދަލާއި ފައިސާގެ ދަހިވެތި ކަމުގައި ދީން ހަތިޔާރަކަށް ހައްދަވައިގެން އުޅުއްވާ ދޫފަރިތަ ސިޔާސި ހަރަކާތް ތެރިޔާ ޝޭޙް އިޔާސް.
ރައިސް ގެރިކިރު ގިރާގެން ބުޔަސް ކަލޭ ގަބޫލުނުކުރާނެ އެހެނީ ކަލޭ ތީ ލާދީނީ ބައިގަނޑައް ވާގިދޭ ލާރިޔައް ދީންވިއްކާ ސޭކެއްވީމަ ސާފުވެއްޖެ ތަ
އެމްޑީއެންގެ ވާހަކަދެއްކީމާ މި މީހުން ބަހެއް ނުބުނެއި ދެން މި ބުނަނީ އިސްލާމްދީން ދަމަހައްޓާ ރައީސެކޭ ހުރީ އިލްޔާސް ހެޔޮވާނީ ކިހިނެއް
ކުރީސަރުކާރާ ބޭރުގެ ގައުމުތަކާ އެކަހެރިވާންށާއި ޓުވަރިޒަމް ބޯއިކަޓްކުރާށާއި އިގްތިޞާދު އިދަޖެއްސުމަށް ބޭރުގައި މަސައކަތްކުރީ މިހާރުއޮތް ސަރުކާރުގެ ބޭފުޅުންނެވެ. ވީމާ އިބޫގެ ވާހަކަރަގަޅެއްނޫނެވެ. އަދި އިލިޔާހަކީވެސް އިޙްލާސްތެރި ޝޭހެއްނޫނެވެ.
ޟަނިކުފާނަށް ކިހިނެއްވރފަތޯ ތިހުރީ
މިފަހަރު ކަންނެލި އޮޑިއެއް ނޫން މަސްކިރާ ބޯޓެއް ކަންނޭނގެ ލިބުނީ. މިކަހަލަ ބަސްތައް ބުނަމުން ގޮސް ފިރުއައުނު އަކީ އިޚްލާޞްތެރި އަޅެކޭ ބުނަން ދެން ޝައިތާނާ އެމީހުން މަގު ފުރައްދާނެ.
މި ޝެއިޚްއަކީ އަމިއްލަ އެދުމެއް އޮތިއްޔާ އިސްލާމްދީނާ ދެކޮޅަށްދިވެހިން ގެ ބަޔަކު ކުރަމުންދާ ކަންތައްތައް ލޮލަށްފެނުނަސް ނުފެންނަކަމަށް
ހަދާ އެކަންކުރާމީހުނަށް ހިތްވަރުދޭ މީހުންނަށްވެސް ސަނާކިޔާ ފައްކާ ރޯނުއެދުރެއް. އެނ ގިތިބެ ނޭނ ގޭކަމަށް ހަދާމީހުންނަށްވުރެ ނުބައިބަޔަކީ ކޮބައިބާ؟
އިންޑިއާއަށް ގޮސް އެތާ ހުރެ ޓުއިޓު ކުރުމުން ތި ސޭކުގެ ދީނީ ފެން ވަރު ވަޒަން ކުރެވިއްޖެ. ލަދު ހަޔާތް ކޮބާ؟ ފައިސާއަށް ވިކޭ މި ކަހަލަ ޤައްދާރުންނާ ހެދި މި ޤައުމު މި ދަރަޖައަށް މި ވެއްޓުނީ..
މިހާރު މެލޭޝިއާގަ އޮފިޝަލް ޕާސްޕޯޓަކާ ، ހުންނާނެ ގެޔަކާ ދުއްވާނެ ކާރަކާކެއިން ބުއިމާ ބޭހުގެ ޚަރަދު ސަރު ކާރުން ދޭކަމްށްވަނީ މުސާރަ އެއްނޯވެޔޯ ، މުސާރަ އަކަށް ވުރެ މާ ރަގަޅެއްނު
ކަލޭގެފަތުވާއެއްބޭނުމެއްނުވޭނުވީދިމައތިރިވެހުރެބަލަ
ދައްޖާލުގެ ނިއްކުރީގަ ލިޔެވިފަ އިންނަ 'ކާފިރު' ނުފެންނަނީ ލޮލައް ނުފެންނާތީކީ ނޫން! އެއީ ހިއް ކަނުވީމަ.....
މަތި އޮމާން ކުރާނެ ކަމެއް. ދެކޮޅަށް އެއްޗެއް ނުބެނެވޭނެތާ. ނަންނެތްވަޒީފާގެއްލިދާނެ. އެހެންނޫނަސް މިވެރިކަން ގެންނަން އިންޑިޔާއަށް ދަރާވިކިފަ ތިބިވަރު ތިއެނގެނީ. ދެންތިބޭ ދެސޭކުން ބާރަށް އަތްޖަހަން. މީނާމީ ފުރަތަމަ މަޝްހޫރުވެގެން އައިދުވަސްވަރު މައުމޫނަށް އެހާ އެއްޗިހިކީމީހެއް ހުސެންރަޝީދާ މީނާޔާ. ރެކޯޑުތަކުންއެހެރީ އެނގެން އިވެން. ލަދުކޮބާ. ޝޭހުންނޯ.
އެއްޗެއް ގެއްލުވާލަން އުޅެދާނެކަމަށް ގަބޫލުކުރެވޭނީ ތިމާގެ މަގާމު ގެއްލޭ ދުވަހު. އޭރުން ވަރަށް ގިނަ އެއްޗެހި ގެއްލިއްޖެކަމަށް ފެންނާނެ. މިހާރު ސަރުކާރުން ފަންޑުކޮށްދީފަ ދީން ސިޔާސީކޮށްގެން ބަސްބުނުވަން ތިހެން ބަހައްޓާފަ ހުންނަހާ ދުވަހު ދައްކާނީ ތިޔަކަހަލަ ވާހަކަ.