ދައުލަތުގެ ދަރަނި ބޮޑުވި ނަމަވެސް މެނޭޖްކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށްފަހު ދެއްވި ބަޖެޓާ ގުޅޭ ބަޔާނުގައި އަމީރު ވިދާޅުވީ، 2021 ވަނަ އަހަރު ނިމޭއިރު ބަޖެޓް ޑެފިސިޓް ނުވަތަ ދަރަނި ހުންނާނީ 15.50 ބިލިއަން ރުފިޔާގައި ކަމަށެވެ. އެއީ ގައުމީ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީގެ ނިސްބަތުން 23 އިންސައްތައިގެ ޑެފިސިޓެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މިއަދު މިނިސްޓަރު ދެއްވި ބަޔާނުގައި އަމީރު ވިދާޅުވީ، ދަރަންޏާއި ދަރަނި އަދާކުރުމުގެ ގާބިލްކަމާއި މެދު އެކި ފަރާތްތަކުން މިހާރުވެސް ސުވާލު އުފައްދަމުން އަންނާނެ ކަމަށާއި، ދަރަނި މެނޭޖްކުރުމަށް މަސައްކަތް ކުރާނީ ހާލަތު އިތުރަށް ގޯސް ނުވާނޭހެން ވިސްނުންތެރިކަަމާ އެކުގައި ކަމަށެވެ.

ކޮވިޑް-19 އާއި އެކު ދިމާވި އިގްތިސާދީ "ޝޮކާއި"އެކު ދުނިޔޭގެ ގިނަ ގައުމުތަކުގެ ކްރެޑިޓް ރޭޓިން ވަނީ ދަށްކޮށްފައި ކަމަށާއި، އެގޮތުން ކްރެޑިޓް ރޭޓިން އެޖެންސީތަކުން ވަނީ މިއަހަރުގެ ތެރޭގައި ރާއްޖޭގެ ކްރެޑިޓް ރޭޓިންވެސް ޑައުންގްރޭޑްކޮށްފައި ކަމަށް އަމީރު ވިދާޅުވިއެވެ.

"ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކޮށްފައިވާ އަސަރު ބޮޑު. އެހެންކަމާއި އެކު ރާއްޖޭގެ އުފެއްދުންތެރިކަމާއި ނޮމިނަލް ޖީޑީޕީ ވަނީ ދަށްވެފައި، އިގްތިސާދު ނެގެހެއްޓުމަށް ކުރާ މަސައްކަތުގައި ދަރީ ވަނީ ބޮޑުވެފައި" އަމީރު ފާހަގަކުރެއްވިއެވެ.

ނަމަވެސް ދިވެހި ސަރުކާރުން ދަރަނި އަދާކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދަރަނި އަދާކުރުމަށް ކުރަން ޖެހޭ ޕްލޭންތައްވެސް ވަނީ ކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ. މިނިސްޓަރު ވަނީ ދަރަނި މެނޭޖް ކުރެވޭނެ ކަމުގެ އިތުބާރުވެސް އޮތް ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ މި ހާލަތުން އަރައިގަތުމަށް އެންމެންގެ އެއްބާރުލުންވެސް ބޭނުންވާ ކަމަށެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި 34.7 ބިލިއަން ރުފިޔާގެ ބަޖެޓުގެ ބެލެންސަކީ 15.5 ބިލިއަން ރުފިޔާގެ ޑެފިސިޓެއް ކަމަށް ވާއިރު ޕްރައިމަރީ ބެލެންސަކީ 12.9 ބިލިއަން ރުފިޔާގެ ޑެފިސިޓެކެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ބޮންދު

  ހާސްނުވޭ ގައުމު ވިކާލާފަވެސް ދަރަނި އަދާކުރާނަން

  25
  1
  • ޙައްގުބަސް

   މިގައުމު މިކޯލިޝަން ސަރުކާރާ ދިވެހި ރައްޔިތުން 2018 ވަނަ އަހަރު ނޮވެމްބަރ މަހު ޙަވާލުކުރިއިރު މިރާއްޖޭގެ ޙާލަތު ހުރިހާގޮތަކުންވެސް ހުރީ ރަގަނޅަށް!! އިގުތިސޯދު ރަގަނޅު! މިނިވަންކަމާއެކު ބަސްބުނުމުގެ ޙައްގު ރާއްޖެއަށް އޮތް!! ގައުމުގެ މާލިއްޔާގައި ހުރި 800 މިލިއަނެއްހާ ޑޮލަރު! ހުޅުމާލެ އާއި މާލެ އާއި ދެމުދު އޮތީ ގުޅުވާލެވިފަ! މީހުން ޖީބުތައް ތަނަވަސް! ޑޮލަރު ލިބޭ އޭޓީއެމް މެޝިނަށް ކާޑު ޖަހާލީމަ!! އޭގެ ދެއަހަރު ފަހުން ޙާލަތު މިވަނީ ގޯހުން ގޯހަށް ގޮސްފަ!! ގައުމުގެ ދަރަނި 80 ބިލިއަން ޑޮލަރުގަ! ގައުމު ފޮރިން ރިޒާވް ދަށްވެ 2 މަސް ދުވަހަށް ވާ ވަރަށްވެސް ނެތް!! ޑޮލަރެއް ނުލިބޭ! ބެންކު އޮފް މޯލްޑިވްސްގެ ކުރެޑިޓް އަދި ޑެބިޓް ކާޑު ބޭނުންކޮށްގެން ކުރެވޭނެ އެއްވެސް ކަމެއް ނެތް! މަހަކު 250 ޑޮލަރަށް ލިމިޓް ކޮށްފި! ރާއްޖެއިން ބޭރުގައި ކިޔަވަން ތިބޭ ކުދިންނަށް އެހާދަތި!! ލޯނު ނުނަގާނަމޭ ބުނެ އައި ސަރުކާރުން ހަމައެކަނި އިންޑިޔާއިން 800 މިލިޔަން ޑޮލަރު ނަގައިފި!! ރާއްޖޭގެ މިނިވަންކަން ގެއްލޭގޮތަށް މިސަރުކާރުންދަނީ މަސައްކަތްކުރަމުން! އިންޑިޔާ ސިފައިން ތިބި ޢަދަދެއް ހާމަނުކުރި! އަޑި ނޭގޭ ޑީލްތައް އިންޑިޔާ އެކު ހަދަނީ!! މިއަދު ފިނޭން މިނިސްޓަރު ދެއްކި ވާހަކައިން މިރާއްޖެ ބަނގު ރޫޓު ވެފައި އޮތް މިންވަރު އެނގޭ!! އެއީ ސަރުކާރުގެ ކުންފުނިތަކުގެ ޙިއްސާ ވިއްކާލައިގެން ބަޖެޓަށް ފައިސާ ހޯދަން މިއަންނަ އަހަރު ރާވައިވާކަމަށް ބުނެފި!! މިއަންނަ އަހަރު މުދަލާއި ޚިދުމަތުގެ އަގު ބޮޑުވާނެކަމަށް ސަރުކާރުން ބުނެފި! ދިވެހިންގެ ވަޒީފާތައް ގެއްލިއްޖެ!! އެކަމަކު އަދިވެސް މިސަރުކާރުން މިބުނަނީ ހާސްނުވާށޭ!! މިރާއްޖޭގައި ކިރިޔާވެސް ގައުމާދޭތެރޭ އަދި ގައުމުގެ ސިޔާދަތާ މިނިވަންކަމާ ދޭތެރޭ ވިސްނާ ބަޔަކު ތިބިނަމަ އެނގޭނެ މިރާއްޖެ މިދާ މިސްރާބު ރަގަނޅު ނޫންކަމަށް!! ދިވެހި ރައްޔިތުންނާއި ވިޔަފާރިވެރިންނާ ސިޔާސީ މީހުން އެންމެން އެކައްޗެއް ކިޔައިގެން މިސަރުކާރު ޖަވާބުދާރީ ކުރުވަން ހަމަ ވަގުތުން ވަގުތައް މަގުމައްޗަށް ނިކުންނަންޖެހޭ!! ބިރު ދައްކާނެ! ހައްޔަރުކުރާނެ!! އެކަމަކުވެސް ގައުމާ ދީނާ މިނިވަންކަމުގެ ޙައްގު މިކަހަލަ ކަންތައްތަކަށްވުރެ ބޮޑު!!

   12
 2. އަސީ

  ހާސްނުވާށޭ ވަކިހިސާބަކުން މަށަކައް މިކަމެއްނުވާނެޔޭކިޔާ ރާއްޖެދޫލޮއްފިލާނީ

  30
 3. މެދު ރާސްތާ

  މީ ކޮންމެދު ރާސްތާޔެ އް. މިބަ އިގަނޑު ވެރިކަމަށް އަރާ ކޮންމެ ފަހަރަކު ބަ އިތުލްމާލު ފޫވެ އްޓެ. ގަ އުމަށް ކިތަންމެ ގެ އްލުމެ އްވިޔަސް ފަ އިދާ ވާމީހުންނަށް ފަ އިދާވާތީ ދޯ ވެރިކަމަށް އަނެ އްކާވެސް ގެންނަނީ

  27
 4. ޠ

  ހާހެއްނުވޭ ނޭވާ ނުލެވެނީ

  28
 5. މަޖިލިސް

  ވާނުވާނޭގޭހާލު މިގައުމު އިނދަޖައްސާނުލާ ތިތަނުން ދުރަށްދާންވެއްޖެއެއްނު.

  28
 6. ޓުރިލިޔަން

  އެމް ޑީ ޕީ ގަ ހަމަ ވާނުވާ އެނގޭވަރުގެ އެކަތިވެސް ނެތީދޯ...

  29
 7. ކެޔޮޅު

  އާނ ދަރަނިމެނޭޖުކުރެވޭނެ އާގޮތެއް ކަލޭގެ ސަރުކާރުން މިހާރުވެސްވަނީ ފަށާފަ އެއީ ސިޔާސީޕާޓީތަކަށް ދޭންހުރި ލާރި ނުދީ ހިފައްހަށްޓައިގެން ތިބެ އެލާރިން ދަރަނި ދެއްކުން ވަރަށްރީއްޗެއްނު ދައްކާވާހަކަ.

  23
 8. ކޮރޯނާ

  ޑޫޑް، އެހެންވިއްޔާ ހަމަ ޔާމީނުވެސް ދަރަނި އަދާކުރިސް. މިވަރުގެ ބުރާންތި ސަރުކާރެެއް ނުދެކެން. ޑަބަލް ސްޓޭންޑަޑް. ބޯ ހަލާކުވެދާނެ. މަތި މައްޗަށް ދަރަނި!

  15
  1
 9. ތިރިބެ

  ދަރަނި މެނޭޖުކުރަނީ ދަރަނިނަގައިގެއް ، ބޮޑުބޯގޯހެއް ، މިނަމިވިސްނަނީ ލޯނުދައްކައް ލޯނު އެލޯނުދައްކަ އަނެއްކަލޯނު އެއީއެބުނާމެނޭޖަކީ،އެނޫގޮއެއް ބުނެނުދެވޭނެ ،5 ރުފިޔާ ލިބޭމީހަ 25ރުފިޔާ ހަރަދު ކުރީމަ 20ރުފިޔަ ހޯދައްޖެހޭނެ

 10. ސޭހް

  މިހާލަތުން އަރައިގަންނަން އެންމެންގެ އެއްބާރުލުން ބޭނުންވޭ ތިކަމުން އަރައިގަންނަން މަށަކަށް ނެތް އެއްބާރުލުމެއް ދެވޭކަށް ވަރަށް ސޮރީ

 11. ރޯދަ މުބާރިކް

  ކޮނެމެވެސް ދުވަސްވަރެއްގައި ތި މަނިއްޕުޅު އުޅުއްވި ދަރަނިން ރާއްޖެ ސަލާމަތް ނުވާނެކަމަށް ވިދަޅުވަމުން!..މިހާރު ލަވައިގެ ރާގު ބަދަލުވީ ތޯ؟..ދެން މަޖްލީހު ވަރަށް ސާފުކޮށް އެބަ ވަދާޅުވެދެއްވާ އަޅުގަނޑުމެން މި ތި ބީ ޗައިނާއަށް ދަރާ ވިކިފައިކަމަށް! ތެދު ބަސްފުޅަކީ ކޮބާތޯ؟

 12. ﷲއަށްބިރުވެތިވޭ އަނިޔާވެރިންނާދުރައްދޭ

  ހާސްނުވޭ ސަރުކާރު ރައްޔަތުންނަ ވަރައްއޯގާތެރި އިހުލާސްތެރިވާނެ ނޭވާނުލާތިބޭތި

 13. އަހުމަދު

  ކުރިން ވެސް ހުރި ފިނޭންސް މިނިސްޓަރު 2011 ގައި ވެސް ތިޔަހެން ބުނި އެންމެ ފަހުން ކުންފުނިތަކުގެ ހިއްސާ ވިއްކާލާ އެއަރޕޯޓް ވިއްކާލީ ބަޔަކު ވީ ގުރުބާނީން އެއަރޕޯޓް ލިބުނީ އަނެއްކާ މިއުޅެނީ ވިއްކާލަން އިންޓަނެޓް އަގުހެޔޮ ވަނީ އޭ ބުނެ ބޭންކް އިން އިފްލާސް ކޮށްފައިވާ އިންޑީޔާގެ ކުންފުންޏެއް މިގެންނަނީ ވާގޮތް ފެންނާނެ ފުރަތަމަ މެޓާދޭނެ ފަހުން ދަންތުރަގައި ޖައްސާނެ ޖީއެމް އާރުންވެސް އެއަރ ޕޯޓް މުވައްޒަފުންނަށް މުސައްލައާއި ހަތިމް އަދި ޗޮކުލެޓްވެސް ބެހި

 14. ޔަލްހާން

  ސަންދޯކޭ ނުކިޔައި އިންތިއުފާ ދީފައި، މަންމަ ބިޑިއަނބުރައިގެން ހޯދި ދެ ކަންނެލި އޮޑިން މަހަށްދާން ފަށަންވީނު