ރާއްޖެއާއި އިންޑިޔާ އާ ދެމެދުގައިވާ ގުޅުން ބަދަހިވެގެން ދިޔުމުގައި ކުރީގެ އަދި އެމްއާރްއެމްގެ އިންތިގާލީ ރައީސް، ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ވަރަށް ބޮޑު ހިއްސާއެއް އަދާކުރެއްވާފައިވާ ކަމަށް އިންޑިޔާގެ ފޮރިން ސެކްރެޓަރީ ހިޒް އެކްސެލެންސީ ހަރްޝް ވަރްދާން ޝްރިންގްލާ ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ، ރައީސް މައުމޫން އަރިހަށް ކުރެއްވި އިހްތިރާްގެ ޒިޔާރަތުގައެވެ.

މިއަދު ހެނދުނު 10:15 ގައި ހޮޓެލް ޖެންގައި ބޭއްވި އެ ބައްދަލުވުމުގައި ފޮރިން ސެކްރެޓަރީ ވަނީ ރައީސް މައުމޫނަށް ބޮޑުވަޒީރު ނަރެންދްރާ މޯދީގެ ހެޔޮއެދުންތައް ރައްދުކޮށް ދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި ކަމަށް ވިދާޅުވިއެވެ.

އަދި ރައީސް މައުމޫނަކީ ސިޔާސީ މުއްސަނދި ތަޖުރިބާތަކެއް ހާސިލް ކުރައްވާފައިވާ އަދި އިންޑިޔާ ސަރުކާރު އަބަދުވެސް ވަރަށް ބޮޑަށް އިޙްތިރާމް ކުރައްވާ ބޭފުޅެއް ކަމަށް ފޮރިން ސެކްރެޓަރީ ވިދާޅުވިއެވެ. އަދި ރާއްޖެއާއި އިންޑިޔާ އާ ދެމެދުގައިވާ ގުޅުން ބަދަހިވެގެން ދިޔުމުގައި އެމަނިކުފާނު ވަރަށް ބޮޑު ހިއްސާއެއް އަދާކުރައްވާފައިވާ ކަމަށް ވިދާޅުވެ ރައީސް މައުމޫނަށް ޝުކުރު އަދާކުރެއްވިއެވެ.

ރައީސް މައުމޫން ވަނީ އިންޑިޔާގެ ބޮޑުވަޒީރު ހިޒް މޯދީއަށް ރައީސް މައުމޫނުގެ ވެދުމާއި ހެޔޮ އެދިވަޑައިގަތުން ރައްދުކޮށްދެއްވުން އެދިވަޑައިގެންފައެވެ.

އަދި އިންޑިޔާއަކީ ރާއްޖޭގެ އަބަދުވެސް އެންމެ ގާތް ރަޙްމަތްތެރިޔާ ކަމަށާއި އަދި ރާއްޖޭގެ ތަރައްގީގައި ވެދެއްވާ ގިނަގުނަ އެހީތެރިކަމަށްޓަކައި އިންޑިޔާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ވަކިން ޚާއްޞަކޮށް އެމަނިކުފާނު ރާއްޖޭގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރު އިންޑިޔާ ސަރުކާރުން ރާއްޖެއާ މެދު ގެންގުޅުއްވި ގާތް ރަޙްމަތްތެރި ކަމުގެ ހަރުދަނާ ސިޔާސަތަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

އަދި އެމަނިކުފާނުގެ ރިޔާސަތުގައި އިންޑިޔާގެ އިސްބޭފުޅުންނާ ގާތް ގުޅުމެއް ބެހެއްޓެވި ކަމަށާއި އޭގެތެރެއިން ގިނަ ބޭފުޅުން ރާއްޖެއަށް ޒިޔާރަތް ކުރެއްވި ކަމަށްވެސް ވިދާޅުވިއެވެ. އަދި މިހާރު މި ވެވޭ އެއްބަސްވުންތަކަކީ އޭގެ ސަބަބުން ރާއްޖޭގެ ތަރައްގީއަށް ގިނަގުނަ ފައިދާތަކެއް ކުރުވާނެ އެއްބަސްވުންތަކެއް ކަމުގައިވެސް ވިދާޅުވިއެވެ.

އަދި އެމްއާރްއެމްއިން ރައީސް އިބްރާހީމް މުޙަންމަދު ޞާލިޙަށް ފުރިހަމައަށް ތާއީދު ކުރާ ކަމަށްވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މާމީ

    މިސަރުކާރު ގެންނަން އިންޑިއާގެ އެހީހޯދަން ދިޔައީ މައުމޫނު ކަން ހުރިހާ އެންމެން ދަންނަ ހަގީގަތެއް ތިހެން ތިމީހާ ނުބުންޏަސް އެނގޭ..

    20
    3
  2. ކައްބެ

    މައުމޫނު ގައުމަށް ގަށްދާރު ވެއްޖެ މަށްސަލަ ޖެހޭދުވަހު މައުމޫނު ހަށްޔަރުކުރެވެން ވާނެ.

  3. ޟުގުރި

    މީނަގެ ވެރިކަންވައްޓާލީވެސް މިމީހުން