ނިކަމެތި އާއިލާތަކަށް ގެދޮރު ދޫކުރެވިފައިނުވާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިން މުއްސަނދި މަދު ބަޔަކު ވިއްކައި ހުސްކޮށް ނުލުމަށް އާދޭހާ އެކު ސަރުކާރަށް ގޮވާލައްވާ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު، މާލެ މޭޔަރު ކަމަށް ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް މުއިއްޒު މި ގޮތަށް ގޮވާލެއްވީ ސަރުކާރަށް އާމްދަނީ އިތުރު ކުރުމުގެ ގޮތުން ދިވެހިންނަށް ބިން ވިއްކުމަށް އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓްގައި ސަރުކާރުން ހިމަނާފައި ވަނިކޮށެވެ. މި ބަޖެޓް މިހާރު ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.

ޑރ. މުއިއްޒު މިއަދު ކުރެއްވި ޓްވީޓްގައި އެންމެ ފުރަތަމަ ކަންބޮޑުވުން ފާޅުކުރެއްވީ މީގެ ކުރިން އެކި ފަހަރު މަތިން އޭނަ ކަންބޮޑުވުން ފާޅުކުރައްވާފައިވާ ގުޅިފަޅުގައި ވިޔަފާރި ބަނދަރު ހެދުމުގެ މަޝްރޫއަށެވެ.

މުއިއްޒު ވިދާޅުވާ ގޮތުގައި ތިލަފުށީގައި ބަނދަރު ހެދުމުގެ ޖާގަ ރަނގަޅަށް ލިބިދޭއިރު އެ ރަށުގައި ބަނދަރު ހެދުމަށް ފަހު ގުޅިފަޅު ތަރައްގީ ކުރަންވީ ރައީސް ޔާމީންގެ ވެރިކަމުގައި ނިންމާފައި އޮތް ގޮތަށް ބޯހިޔާވަހިކަމަށް ހާއްސަ ރަށެއްގެ ގޮތުގައެވެ.

"ގުޅީފަޅުގައި ޕޯޓް ހެދުން އަދިވެސް ހުއްޓައިލެވޭނެ. މާލެ ރައްޔިތުންނަށް ހެޔޮ އެދޭނަމަ ރައީސް ޔާމީން ވެރިކަމުގައި ނިންމާފައި އޮތް ގޮތަށް ތިލަފުއްޓަށް ބަދަލު ކުރައްވަން. ގުޅިފަޅަކީ ބޯހިޔާވަހި ކަމަށް ހާއްސަ ތަނަކަށް ހަދަން ސަރުކާރަށް އާދޭހާއެކު ގޮވާލަން." މުއިއްޒު ލިޔުއްވާފައިވެއެވެ.

ސަރުކާރުން ބިން ވިއްކަން ނިންމާފައިވާ ނިންމުމަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިން މުއްސަނދި މަދު ބަޔަކަށް ވިއްކައި ހުސްކޮށްލުމުގެ ބަދަލުގައި ނިކަމެތި ރއްޔިތުންނަށް ބޯހިޔާވަހިކަން ލިބޭނެ ގޮތެއް ހޯއްދެއްވުމަށް ގޮވާލައްވާ ކަމަށެވެ.

"މާލެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ އުއްމީދުގައި ކޮޅުފައިން ޖަހައި ދައްކާ ވާހަކައާ ކުރާ މިކަހަލަ ކަންކަން ހުއްޓުވާލަން ގޮވާލަން،" މުއިއްޒު ލިޔުއްވާފައިވެއެވެ.

ސަރުކާރަށް ދެއަހަރު ވެގެން ދިޔައިރު ވެސް މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭ ކަމަށް ރައީސް ޞާލިހް މިއަދު ވަނީ އިއުތިރާފުވެ ވަޑައިގެންފައެވެ. މިއަދު ރައީސް ޞާލިހް ވިދާޅުވީ އަންނަ އަހަރު ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް މާލޭ ރައްވެހިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ލލ

    މުއީޒުވެސް ކަންކުރީ ހަމައެގޮތަށް ސިޔާސީ ވަފާތެރި ކެހިވެރިން ހައްތާވެސް !

    11
    15
  2. ާއަނިޔާ

    ނިކަމެތިން އަބަދުވެސް ނިކަމެތިވާނެ މިގައުމުގަ ހުރިހާ މަންފާ އެއް އޮތީ މުއްސަދީން ނަށް.ނިކަމެއްޗަކައް ގަނެވޭނެ ގޮތަކަށް ބިންކޮޅެއްވެސް ނުވިއްކާނެ. ވަކިބަޔައަށް ހުރިހާ މަންފާއެއް..... ާ

  3. މާމި

    މުއިއްޒުމެން އުޅުނު ސަރުކާރުން އަޅާފަހުރި ފުލެޓުތައް ނުފެން ނަނީބާ؟ މިސަރުކާރުން އެފުލެޓުތައް ހައްގުވެރިންނައް 2އަހަރުވި އިރު ހަވާލު ނުކުރެވުނީމަ ރައީސް ނުރޮވޭތޯ އެތަން ތައް ލިބެނީ ހަމަ ވޯޓު ހައްގުވާ މީހުންނޭ. މިހާރުވެސް ކުރި އާދޭސްތަކާ ހެދި ދޮގުތައް ހަދާނެއްނުނެތޭ އިނގޭތޯ؟؟؟؟/

    6
    2
  4. އަހްމަދު

    މުއިއްޒު އެހެންވެ ދޯ 2ވަނަ ފިޔަވހިން ނިކަމެތި މީހުންނަށް ބިއްހިލޭ ދިނި ދޯ.

    4
    1
  5. ޙަލާލު

    މީއަދި މާތާހިރު މީހެއްތަ މިހެން ކިޔަން!

    2
    2
  6. މާލެ މީހާ

    މުއީޒް ކަލޭވެސް ވެރިކަމުގަ ހުލުމާލެ އިން ބޮޑު ބިމެއްނެގި ނިކަން ކެރެންޏާ އެތަން މިހާރުގެ ސަރުކާރާ ހަވާލު ކޮއްބަލަ އަގަތަޅާނީ ތެޚޭވަރުމީހުން

    1
    2