އިންޑިޔާގެ ކެރެލާގައި ހަލުވިކަމާއެކު ފެތުރެމުންދާ ނިޕާ ވައިރަސް ފަތުރާ ބާވަތުގެ ވާ ރާއްޖޭގައި އުޅޭތީ، އެބަލި ރާއްޖެއަށްވެސް އައުމުގެ ފުރުޞަތު އެބަ އޮތްކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އެ އޭޖެންސީން މިއަދު ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ މި ބައްޔަކީ ޓެރަފޯސް އާއިލާގެ ވާލުން ނުވަތަ ފްރުޓް ބެޓްސްގެ ޒަރީއާއިން ޖެހޭ ބައްޔެއްކަމަށެވެ. އަދި، ބަލި ފެތުރެނީ، މި ބާވަތުގެ ވާލު ކައިފައި މޭވާ ނުވަތަ ވާލުގެ ކުޅު ނުވަތަ ވާލުގެ ކުޑަކަމުދާ އެއްޗެއް ޖެހިފައިވާ ކާނާ ބޭނުންކުރުމުންކަމަށްވެސް ވިދާޅުވެފައިވެއެވެ.

މީގެއިތުރުން، އެބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ ބަލި ޖެހުނުކަމުގައިވިޔަސް، ބަލީގެ އެއްވެސް އަލާމާތެއް ނުފެނި ހިނގައިދާނެކަމުގައެވެ. އެހެންނަމަވެސް، ބަލީގެ އާއްމު އަލާމާތްތަކުގެ ތެރޭގައި ބޮލުގައި ރިއްސުމާއި، ގައިގައި ރިއްސުމާއި، ކަރުތެރެ ސަކަރާތްވުމާއި، ބައެއް މީހުންގެ ސިކުނޑިއަށް ބަލީގެ އަސަރުކޮށްގެން ބޯއެނބުރުމާއި، ހެއަތް ގޮތްވުން އަދި ފިޓުޖެހުން އެކަށީގެންވާކަމަށެވެ.

އެޗްޕީއޭގެ ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ ކެރެލާ ސްޓޭޓުގެ ސަރުކާރުން އާއްމުކޮށްފައިވާ ގޮތަށް، އެސްޓޭޓުގެ ކޮޒިކޯޑު، މަލައްޕުރަމާ، ވަޔަނާޑާ އަދި ކަންނަންނޫރަށް ދަތުރުކުރުމުގައި ސަމާލުވުމަށް އިލްތިމާސް ކުރައްވާކަމަށެވެ.

މީގެއިތުރުން، މިކަންކަން، ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓްރީއާއެކު ބަލަމުންދާކަމަށްވެސް ވިދާޅުވެފައިވެއެވެ. މީގެއިތުރުން، ބަލި ފެތުރުނަ ނުދިނުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައްވެސް އަޅުއްވަމުންދާކަމަށް ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. މާމިގިލީ މީހާ

    އަނެއްކާ މާމިގިލީ އަނބު ގަސްގަހުން އަނބު ކާ ވާ ތޯ އެއީ..

    • އައްމަޑޭ

      މިހާރެކަށް އައިސް މާމިގިލީގައި ހާދަ ވާ ލެކޭ އެއުޅެނީ ދޯ.. ތިބުނާ ކަހަލަ ވާ ލެއް ވެސް އުޅިދާނެ.. ހަމަ.

  2. Anonymous

    ވާ މަދުކުރުމެގެ މަސައްކަތް އެމްއެންޑީއެފް އިން ފެށުން އެދެން

  3. ވެންއިޓް

    ނިޕާ ވައިރަސް ފަތުރާ ވާ ރާއްޖޭގައި އުޅޭ، ބަލި ރާއްޖެ އައުމުގެ ފުރުޞަތު އެބަ އޮތް ކަމަށް އެޗްޕީއޭ ބުނާނަމަ އިންޑިއާ އިން މިދުވަސް ކޮޅު ތަރުކާރީ ނުގެންނަންވީ ނޫންތޭ އެބައި ޑައިވާރޓް ކުރަންވީއޭ ޗައިނާ އަށް އެނޫނިއްޔާ ކަމަކު ނުދާނެއޭ ވެން އިޓް ކަމްސް ޓު އިންޑިއާ އަދި ލަންކާ ވީ ޑޯންޓް ޓްރަސްޓް ދެމް. ދެން އަނެއް ކޮޅުން އެމްޓީސީސީގެ މަހާޖައްރާފް މެދުވެރިކޮށް އެބަޖެހެއެއް ނޫންތޭ ތިލަފުށި އިރުން އޮތް ބޮޑު ފަޅު ހިއްކާލަން އެއިރުން ނޫންތޭ ރާއްޖެ އަށް ބޭނުންވާ މޭވާ އާއި ތަރުކާރީ އެސްޓީއޯ އިން އެރަށުގައި އުފައްދައިގެން މާލޭގެ ބާޒާރަށާއި އަދި ރިސޯރޓްސް ތަކަށް ސަޕްލައި ކުރެވޭނީ. މިކަމަކީ މީ ގްރީން ހައުސް ހަދައިގެން 25 ބުރިއަށް އިމާރާތް ތައް ނަގައިގެން ކުރެވިދާނެ ކަމެކެވެ. ވެން އިޓް ކަމްސް ޓު އެސްޓީއޯ ޑޯންޓް ބީ ބްލައިންޑް އޮން އިޓް ވޮންޓް ޔޫ ނޯ އިޓް ވޮންޓް ޔޫ ނޯ އިޓް ވޮންޓް ޔޫ ނޯ އިޓް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް...

  4. މީ

    ޔާﷲ އެފަދަބަލިތަކުން އަޅަމެން ރައްކާތެރި ކޮއްދެއްވަވާށި އާމީން

  5. ކަނބޯ

    ހޫން. ހުރިހާ ވާލެއް މަރަންވީ ދޯ. ވާތައް މަރަން ބަހަނާއެއް ތިއޮތީ ލިބިފަ.

    • Mode

      ކަލޭ ގެންގުޅޭ ޕަޕެޓެއްތަ ވާލަކީ.. ތިހާ ވަރުތަކެއް ތި އަރަނީ

    • ޑިމޮކްރަޓިސްޓް

      ކަލޭ އޮވެބަލަ ވާތައް އެއްކޮށްގެން ކޮށްޓަކަށްލައިގެން އެއަށް ބަލަން.. ކޮންމެ ކަމެއްގަވެސް އަނެއްކޮޅަށް ވިސްނުން.. މިދެން ކިހާބޮޑުވެއްޖެކަމެއް..

    • މަމެން

      ޙައްހައްހައް ??

    • މީނާ

      ތީވެސް ވާލެއްދޯ ??

  6. ވެންއިޓް

    ނިޕާ ވައިރަސް ފަތުރާ ވާ ރާއްޖޭގައި އުޅޭ، ބަލި ފެތުރުގެ ފުރުސަތު އެބަ އޮތް ކަމަށް އެޗްޕީއޭ އިން ބުނާނަމަ ވެލާ ކައިފައި ހުންނަ މަދު ނަގާ އެމަދު ފަޅައިގެން އެމަދުން ވިޔަފާރި ކުރާ ދަ ރާއްޖެތެރޭ މީހުން ޖެހޭނެއޭ މިކަމަށް ވިސްނަން ވިސްނާށޭ މިކަމުގައި ވެން އިޓް ކަމްސްޓު ވައިރަސް ޑޯންޓް ބީ ބްލައިންޑް ވޮންޓް ޔޫ ނޯ އިޓް ވޮންޓް ޔޫ ނޯ އިޓް ދަ ރާއްޖެތެރެއަންސް ވޮންޓް ޔޫ ވޮންޓް ޔޫ ޑާންސް ޑާްންސް ޑާންސް ޑާންސް ޑާންސް..

  7. އަލީ

    ކެރެލާއިން ގެނެސްފައިހުރި ތަރުކާރީޔާމޭވާ ވިއްކުން ހުއްތާލަންވީނޫންތޯ

  8. ޑިމޮކްރަޓިސްޓް

    މިބަލި މި ވާ ބައިވަރަށް ޖެހިން މި ސައިތާނުތައް މަރުވާނެ ގޮތެއް ނޯވޭދޯ.. އަބަދުވެސް އެހެން މީހުން މިޖެހެނީ މިކަމާއުޅެން..

  9. އެބަޖެހޭ

    ސްކޫލުތައް ބަންދުކުރީ ހުން ފެތުރޭތީއެއް ނޫން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވާނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ އެކަމަކު މާލޭގައި ވަރަށް ބޮޑަށް އެކްސެލެރޭޓް ވަމުންނޭ ދަނީ ވައިރަލް ފީވަރ މި މިހާ ބާރަށް ފެތުރެމުން މިދަނީ ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ގިނަ އަދަދެއްގެ ބިދޭސީން ތަކެއް އެއް ތަނެއްގައި ނިދާތީއޭ އެމެން އެންމެ ގިނަ އަދަދަކަށް ތިބީ ހުޅުމާލޭގައޭ އެމެން އެބަޖެހޭ ހައްޔަރުކޮށްގެން އެމެން އަވަހަށް ރާއްޖޭން ފުރުވާލަން މިކަން ކުރަން އިމިގްރޭޝަން އިން ފަސް ޖެހެނީ އެއީ އިމިގްރޭޝަން ގެ އޮފިސަރުންނާއި އަދި ކޮންޓްރޯލަރ އަށް މިކަމުގައި ކަޓް ލިބޭތީ ނޫންތޭ ކުދި ކުދި ކުންފުނި ތައް ގަވާއިދުން ކޯޓާގެ ދަށުން އިމިގްރޭޝަން އިން ހަމަޖައްސާ އެެޖެންޓުން މެދުވެރިކޮށް ބޭރު މަސައްކަތު މީހަކު ގެންނާން އުޅުނަސް ނުގެނެވެއޭ އެކަމަކު ވަގުތުން ގެނެވެއޭ ބޮޑެތި ކޮންޓްރެކްޓަރުންނަށް މީގެ ނަތީޖާ އަކީ ކުދި ކުދި ކޮންޓްރެކްޓަރުންނަށް ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ލައްވާ މަސައްކަތް ކުރުވުމޭ ކަން މިހެން ހުރުމުން ސަރުކާރުން ރާއްޖޭގައި ގަވާއިދާއި ޚިލާފަށް މަސައްކަތް ކުރާ ބިދޭސީން ފޮނުވާލުމުގެ ކަންކަން އަވަސް ކުރަންވީއޭ މިކަން ނުކުރާނެއޭ ޕޮލިހަށް ފެނިގެން ޕޮލިހުން ވެސް އަދި އިމިގްރޭޝަން އިން ވެސް މިކަން ކުރަން ނިކުންނަންވީ ސިފައިންނޭ މީ ގައުމަށް ދިވާވެފައިވާ ބޮޑު މުސީބާތެއް ފަދަ ކަމެކޭ މިކަން ފަށާށޭ ހަމަ މިހާރުން މިހާރަށް ސަރުކާރުން މަމެން ޕިންކީންގެ ވެރިކަމުގައި ގަވާއިދާއި ޚިލާފަށް މަސައްކަތް ކުރާ ބަންގާޅީން ނަށް ރާއްޖޭގައި އެގޮތަށް މަސައްކަތް ކުރެވިގެން ނުވާނެއޭ އެކަން ޖެހޭނެއޭ ކަށަވަރު ކުރަން.

  10. ނަސީދު

    ތިގޮތައްމާދުރުން ޖެއްސީމާވެސް މަގޭބޯކަހާލައިފި ކުދިންނޭ މީހާރު މިގައުމްމުގައި ތިވައިރަސް އުޅޭނެ

  11. ކޮވެލި

    ހުރިހާ ވާތަކެއް ސްކްރީން ކުރަން ފެނޭ...ފުރަތަމަވެސް އޭޑީކޭ ހޮސްޕިޓަލްގެ ގޯތިތެރޭ ހުންނަ ބޮޑެތި ބިޔަ ގަސްތަކުގެ ކުރީގަ އެލިގެން ތިބޭ ވާތަކުން ސްކްރީން ކުރަން ފަށަން ފެނޭ.ބަލާލަން ނިކަން ރީތި ހިތްގައިމު މަންޒަރެއް އެއީ...

    • މަމެން

      ????

  12. Anonymous

    އަވަހަށް ވާ މަރަން ފަށާ.

  13. ޗޮން

    ކިޔުންތެރިންވެސް މިފަދަ ސީރިއަސް ކަންކަމުގައި ޖަހަނީ ޖޯކު. ކަޑަދޯ

  14. އިންމަ

    އެންއެސްގެ ފަރާާތުން ވާެމެރުމުގެ ޚާއްސަ އޮަޕަރޭޝަނެއް ޖައްސަން ގޮވާލަން