ލަންޑަނާއި ރާއްޖެއާއި ދެމެދު ސީދާ ފްލައިޓް ދަތުރުތައް ފެށުމަށް ސްރީލަންކަން އިން ތައްޔާރު ވެއްޖެއެވެ.

ސްރީލަންކަން އިން ލަންޑަންގެ ހީތްރޯ އެއާޕޯޓުން ވެލާނާ އެއާޕޯޓަށް ދަތުރު ކުރުމަށް ހަމަ ޖެހިފައިވަނީ އަންނަ މަހުގެ 12 ވަނަ ދުވަހުން ފެށިގެންނެވެ. މި ފްލައިޓްތައް އޮންނަނީ ކޮންމެ ހަފްތާއަކު އަންގާރަ އަދި ހޮނިހިރު ދުވަހުއެވެ.

އަންނަ މަހުގެ 12 ވަނަ ދުވަހުން ފެށިގެން ދަތުރުތައް ފެށި ނަމަވެސް، އަންނަ އަހަރުގެ މާޗް މަހުގެ 30 ވަނަ ދުވަހުން ފެށިގެން ދަތުރުތައް ކުރާ ގަޑި ބަދަލުވާނެ ކަމަށް ސްރީލަންކަން އިން ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ރާއްޖެއާއި ލަންޑަނާއި ދެމެދު ޑައިރެކްޓް ފަލައިޓްތަކެއް އަންނަ މަހުން ފެށިގެން ސްރީލަންކަން އެއާލައިންސް އިން ފެށުން އެއީ އުފާވެރި ހަބަރެއް ކަމަށެވެ. އަދި އެ ދަތުރުތައް ފެށުމާއި އެކީ އެއީ ރާއްޖެއަށް ޒިޔާރަތް ކުރަންވީ ވަގުތު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޮޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލާފައިވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. އޭގެ ފަހުން ގިނަ އަދަދެއްގެ އެއާލައިންތަކުން އަންނަނީ ރާއްޖެއަށް ކުރަމުން އައި ދަތުރުތައް އަލުން ފަށާފައެވެ.

އެގޮތުން ބަލާއިރު މިހާތަނަށް ރާއްޖެއަށް 500،000 އަށް ވުރެ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ރަޝިޔާއާއި އިންގިރޭސިވިލާތެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. މަރުބަލި

  ލަން ކާގެ ވިޔަފާރި ނެ ތީމަ ރައްޖެ އައް ދީލާލީ ހަމަ ލަން ކާކޮލެއް ފެންނަ އި ރައް ހުއްޓާލާނެ . ތީ ފިރާގު އަޑީގަ ހުރެގެން ރާވާރޭވުން ކީއްވެ ގައުމީ އެއާލައިނައް ނުވާން ވީ މި ފަހަރު.

 2. ީބޭބެ

  ކީއްވެ މޯލްޑިވިއަން އަށް ނުދެދީ މިކަން ކުރަން؟

 3. އަހުމަދު

  ވަރަށް އުނދަގޫ ސީޓުުހުންނަ އެއަރލައިންއެއް.

 4. ޕުތުރީ

  މީ ލާ ރި ގަނޑެއް. ކީއްވެ ދިވެހި އެއަ ރލައިނަކުން މިކަނަނުކު ރަނީ