ކޮންމެ މީހަކަށް 6000ރ. ގެ އެެލަވަންސެއް ލިބޭ ގޮތަށް ހައުސިން ޑިވެެލޮޕްމަންޓު ކޯޕަރޭޝަން (އެެޗްޑީސީ)ގެ އެޕްރެންޓިސްޝިޕުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެެ.

އެޗްޑީސީ އިން ބުނީ އެ ކޯޕަރޭޝަނުން މަސައްކަތުގެ ތަޖުރިބާ ހޯދުމަށް ބޭނުންވާ ކޮންމެ ފަރާތަކަށް ވެސް އެޕްރެންޓިސްޝިޕުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާ މީހުންނަށް އަމަލީ މަސައްކަތްތައް ދަސްކޮށް ދިނުމުގެ އިތުރުން ކްލާސްރޫމް ސެޝަންތަކެއް ކުރިއަށް ގެންދާނެ ކަމަށް އެ ކޯޕަރޭޝަން އިން ވަނީ ހާމަކޮށްފައެވެ. އެޗްޑީސީ އިން ވިދާޅުވީ މި އެޕްރެންޓިސްޝިޕުގައި ބައިވެރިވާ ކޮންމެ ފަރާތަކަށް 6000ރ. އެލަވަންސެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ޕްރޮގްރާމް މެދުވެރިކޮށް ތަމްރީންކުރާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ގާޑެނިން، މެޝިނަރީ، ވެލްޑިން، އިލެކްޓްރީޝަން، ހެވީވެހިކަލް އޮޕަރޭޓިން އަދި ސައިޓް ސުޕަވައިޒަރ ފޯ ބިލްޑިން އެންޑް ކޮންސްޓަރަކްޝަން ކަމަށް އެެޗްޑީސީ އިން ވަނީ ވިދާޅުވެފައެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާ ކޮންމެ މީހަކަށް މަހަކު 6000ރ. ދިނުމަށް ހަމަޖެހިފައިވާ އިރު، މިއީ ހަތަރު މަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް އެޗްޑީސީ އިން ވަނީ ހާމަކޮށްފައެވެ.

އެޕްރެންޓިސިޝިޕުގައި ބައިވެެރިވާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ލެވެލް ދޭއްގެ ކޯހެއް ހަދައި ސެޓްފިކެޓް ލިބިފައި ވުން ނުވަތަ އޯލެވެލް ފުރިހަމަކޮށްފައިވާ ފަރާތަކަށް ވުން ހިމެނޭ ކަމަށް އެޗްޑީސީ އިން ވަނީ ހާމަކޮށްފައެވެ. އަދި މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ 16 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންނަށް ކަމަށް އެެޗްޑީސީ އިން ވަނީ ހާމަކޮށްފައެވެެ.

އެޕްރެންޓިސްޝިޕްގައި ބައިވެރިވާ ފަރާތަތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރާތެއް ހޮވާ ވަޒީފާ ދޭނެ ކަމަށްވެސް އެޗްޑީސީ އިން ވަނީ ހާމަކޮށްފައެވެެ.

ކިޔުންތެރިންގެ ހިޔާލު