ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި އިއްޔެ އެންމެ ގިނައިން ވާރޭވެހިފައި ވަނީ، ވ. ރަކީދޫއަށް ކަމަށް މޯލްޑިވްސް މީޓްރޮލޮޖީ ސާވިސް (މެޓް)ގެ ޑާޓާތަކުން ދައްކައިފިއެވެ.

ފާއިތުވެދިޔަ ހަފްތާއެއްހާ ދުވަހުގައި ރާއްޖޭގެ އެކި ކަންކޮޅުތަަކަށް ބޯކޮށް ވާރޭ ވެހި ބައެއް ރަށްތަކުގައި ފެންބޮޑުވެފައި ވެއެވެ. އަދި ބައެއް ގޭގެއަށް ފެންވަދެ ގެއްލުންތައް ވެފައިވެއެވެ.

މެޓް އޮފީހުން މިއަދު އާއްމު ކުރި ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ވާރޭ ރެކޯޑް ކުރެވިފައިވާ ރަށްތަކަށް ބަލާއިރު، އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ރަކީދޫއަށެވެ. އެރަށަށް 168.2 މިލިމީޓަރަށް ވާރޭ ވެހިފައި ވެއެވެ. ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ކ.ދިއްފުއްޓަށެވެ. އެރަށަށް 68.0 މިލިމީޓަރަށް ވާރޭ ވެހިފައި ވެއެވެ. ތިންވަނަށް އަށް އެންމެ ގިނައިން ވޭރޭ ވެހިފައި ވަނީ، ލ.ކައްދޫއަށެވެ. އެރަށަށް 50.0 މިލިމީޓަރަށް ވާރޭވެހިފައި ވެއެވެ.

މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، މިހާރު ރާއްޖޭގެ މޫސުން މީގެ ދެ ދުވަހާއި އަޅާ ބަލާއިރު، ރަނގަޅުވެފައިވާ ކަަމަށެވެ. އަދި މިއަދު އިރާކޮޅުން ފެށިގެން ރައްޖޭގެ މޫސުން ރަނގަޅުވަމުންދާނެ ކަމަށްވެސް މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވިއެވެ.

އެ އޮފިޝަލް ވިދާޅުވިގޮތުގައި، އުތުރުގެ ސަރަހައްދުތަކަށް މޫސުން ރަނގަޅެވެ. ނަމަވެސް މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް ވިއްސާރަ ކުރަމުންދާ ކަމަށާއި، މެދުރާއްޖެ ތެރެެއާ ދެކުނުގެ އަތޮޅުަކަށް ވައި ބާރު ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ރާއްޖެއަށް މިހާރު ކުރަމުން ދަނީ މޫސުމީ ވިއްްސާރައެވެ.

ކިޔުންތެރިންގެ ހިޔާލު