ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ވައުދުތައް ފުއްދުމަށްޓަކައި އެކުލަވާލާފައިވާ "ސްޓެރެޓެޖިކް އެކްޝަން ޕްލޭން 2019-2023" ގައި ކަނޑައަޅާފައިވާ ސިޔާސަތުތަކާއި ސްޓްރެޓެޖީތަކާއި އަދި އެކްޝަންތައް ތަންފީޒުކުރުމަށްޓަކައި ޔޫތު މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަހްމަދު މަހްލޫފްއެވެ. އަދި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ފައްޔާޒް އިސްމާއިލެވެ.

ޒުވާނުން ކުރިއެރުމުގައި ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމަށް ކަމާބެހޭ އެކިއެކި ފަރާތުގެ އެހީތެރިކަން ހޯދުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ ގުޅިގެން ސަރުކާރުގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް މަސައްކަތްތައް ރާވާ ހިންގުމަށްޓަކައި މި އެމްއޯޔޫގެ ދަށުން މަސައްކަތްތައް ބައްޓަންކުރެވިގެން ދާނެކަމަށް ދެ ވުޒާރާއިން މައުލޫމާތުދެއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ޔޫތު މިނިސްޓްރީ

މި އެމްއޯޔޫގެ ދަށުން ކުރާ މަސައްކަތްތައް ކުރުމަށްޓަކައި ދެ މިނިސްޓްރީ ޝާމިލްވާ ގޮތަށް ކޮމިޓީއެއް އެކުލަވާލުމަށް ވަނީ ނިންމައިފައެވެ.

މި ކޮމިޓީގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ:

 • އަތޮޅުތަކާއި އާބާދީ ބޮޑެތި ސަރަޙައްދުތަކުގައި ދިރިއުޅޭ ޒުވާނުންނަށް ޖެހޭ މައްސަލަތައް ދިރާސާކޮށް ސަރުކާރުގެ އިދާރާތަކުގެ ތެރޭގައި ރޭވޭނެ ހަރަކާތްތައް ދެނެގަތުން.
 • ވަޒީފާ އަދާނުކުރާ ޒުވާނުންނާއި ގުޅޭ މައްސަލަތަކަށް ހައްލު ގެނައުމަށް އެކްޝަން އޮނިގަނޑެއް އެކުލަވާލުން.
 • ވަޒީފާ އަދާކުރުމާއި ވިޔަފާރިކުރުން ޒުވާނުންގެ މެދުގައި ކުރިއެރުވުން.
 • މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އާއި ގުޅިގެން ޖޮބް ސެންޓަރުތަކުގެ ޚިދުމަތް ވަލްނަރެބަލް ޒުވާން އަންހެނުންނަށާއި ފިރިހެނުންނަށް ފޯރުކޮށްދިނުމަށް ފުޅާކުރުން
 • މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގެ ކެރިއަރ ޕޯޓަލްއަށް އެޓް ރިސްކް ޒުވާނުން ހިމެނުމަށް ކޯޑިނޭޓްކުރުން
 • ޔޫތު ސެންޓަރުތައް ރިޕަރޕަސްކޮށް އިނޮވޭޓިވް ލެބްތަކެއް ޤާއިމްކޮށް ޒުވާނުން އިކޮނޮމިކަލީ އެމްޕަވަރ ކުރެވޭނެ ނިޒާމެއް ޤާއިމްކުރުން

މިއީ ދެ މިނިސްޓްރީއެއް ގުޅިގެން މިހާތަނަށް ފެށި އެންމެ ބޮޑު މަސައްކަތެވެ. މި މަސައްކަތުގެ އިތުރުން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ދެ މިނިސްޓްރީން އެއްބާރުލުން ދިނުމަށްވެސް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޠ

  ސަރުކާރުތެރޭ އިތުރު ސަރުކާރެއް އުފައްދާނީ ސީދާ ސިޔާސީ ވިސްނުމެއްގައި މަހުލޫފަކީ މައުމޫނުގެ އޭޖެންޓެއްހެން އުޅުނު މީހެއްކަން ނުދަންނަ މީހަކު ނޫޅޭނެ. މިހާރުދެން ބުރޯހެން މިތެޅިގަތީ.

  4
  1
 2. ާައަހުމަދު

  މީހުން ތުހުމަތު ކުރާގޮތުގަ މިގައުމުގަ ތިބި އެންމެ ކޮރަޕްޓް ވަޒީރުންނޯ، އެއީ ތެދެއްބާ؟

 3. ސސ

  ބައްލަވާ އެންމެ ދެ ވުޒާރާތޯ އެއްގަލަކަށް އެރީ ހުރިހާ ވުޒާރާތަށްވެސް އުޅެންވަނީ އެއްގަލެއްގެ މަތީގައި ނުންތޯ ؟ކޮންމެސް ގޯސް ވައްތަރު އެބަވޭ !

 4. ސީލާވަތީ

  މަހޭ ހާދަ ދޮނޭ ފޮޓޯގަ. ފުއްޖަހާފަތަ