ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީއިން ވެއްދީ އެ ކޯލިޝަންގެ ރިޔާސީ ޓިކެޓް ހުށަހެޅުމުން އެ ކަން އިމްރާން ގަބޫލު ނުކުރެއްވުމުން ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން) މިއަދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަންގެ މެންބަރުން ހިމެނޭ ގޮތަށް މަޖިލިހުގެ 11 މެންބަރަކު ސޮއި ކުރައްވައި މަޖިލީހަށް ހުށަހެޅުއްވި އިމްރާންގެ އިތުބާރު ނެތް މައްސަލައަށް ބަހުސް ކުރައްވަމުން އަނދުން ހުސައިން ވިދާޅުވީ މި މައްސަލަ އިދިކޮޅުން ހުށަހެޅުއްވީ އިމްރާންގެ އެއްވެސް މައްސަލައެއް އޮވެގެން ނޫން ކަމަށެވެ.
އަނދުން ހުސައިން ވިދާޅުވީ އިމްރާންގެ ގާބިލް ކަމުގެ ސަބަބުން އިދިކޮޅު ކޯލިޝަންގެ ރިޔާސީ ޓިކެޓް އިމްރާނަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.
އެކަމަކު އިމްރާން އެ ޓިކެޓް ގަބޫލު ނުކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުގައި ހުންނަވަން ނިންމެވުމުން އިދިކޮޅު ކޯލިޝަނުން މިހާރު ވަރަށް ބޮޑަށް ނުރުހިފައިވާ ކަމަށް ވިދާޅުވިއެވެ.
"މިނިސްޓަރު އިމްރާނަށް ވަނީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް 2023 އަށް ހުށަހަޅާފައި. މިނިސްޓަރު އިމްރާން ވަނީ އެ ކަން ގަބޫލު ނުކުރައްވާފައި. ޕީޕީއެމްއިން ބޮޑަށް ރޭވިގެން ރިޔާސީ ޓިކެޓް ގަބޫލުފުޅު ނުކުރެއްވީމަ އެމަނިކުފާނުގެ އިސްތަށިފުޅުގައި އިލްޒާމްތައް އަޅުއްވަން އޭގެ އަދަބެއްގެ ގޮތުގައި ހުށަހެޅުއްވި މައްސަލައެއް މިއީ،" އަނދުން ހުސައިން ވިދާޅުވިއެވެ.
އަނދުން އެހެން ވިދާޅުވި ނަމަވެސް އިދިކޮޅު ކޯލިޝަނުން ހުށަހަޅާފައިވާ އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ގަރާރުގައި ފާހަގަކޮށްފައި ވަނީ ދެ މައްސަލައެކެވެ.
ފުރަތަމަ ކަމަކީ މަރުތަކާ ގުޅޭ ގޮތުން އެކި ޕްލެޓްފޯމްތަކުގައި އެކި ގޮތަށް އިމްރާން ވާހަކަ ދެއްކެވުމެވެ. މިގޮތުން ބައެއް މަރުތަކާ އެކި ސިޔާސީ ބޭފުޅުންނާ ގުޅުވައި އިމްރާން ދެއްކެވި ވާހަކަތައް ހިމެނެއެވެ.
ދެ ވަނަ ކަމަކީ ރޭޑިއޯ ޕްރޮގްރާމެއްގައި ހުޅުމާލެ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި އިމްރާން ދެއްކެވި ވާހަކައެކެވެ. އިމްރާން ވިދާޅުވެފައިވަނީ ސަފާރީގައި ރޭޕްގެ އަމަލެއް ނުހިނގާ ކަމަށާއި ސަފާރީގައި ހިނގީ އާންމު ތަނެއްގައި ކޮންމެ މީހަކަށް ވެސް ކުރެވޭ ވަރުގެ އާދައިގެ ކުޑަ ކަމެއް ކަމަށެވެ.
މިކަމާ ގުޅިގެން ދިފާއުގައި އިމްރާން ވިދާޅުވެފައިވަނީ މީޑިއާތަކުން އޭނާގެ ވާހަކަ އޮޅޭ ގޮތަށް ހަބަރުތައް ގެނެސްދިނީ ކަމަށެވެ. އަންހެނަކަށް ޖިންސީ ގޯނާ ކުރުމާއި އެ ނޫން ޒާތެއްގެ އަނިޔާއެއް ދިނުމަށް ހިތްވަރު ލިބޭ ވާހަކައެއް ނުދައްކަވާ ކަމަށެވެ. އެކަމަކު އޭނާގެ ވާހަކައިން އެފަދަ ކަމެއް ދޭހަވާނަމަ ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
ކަލޭމެންމީހެއްގެ އާއިލާ މީހަކަށް އެހެން ވި ނަމަ ކަލެއަކަށް ނުވާނެ ހަޖަމެއް. މަޖިލީހުގަވެސް މިކަހަލަ އަމިއްލައެދުން ބޮޑު އެއްޗެހި މިއުޅެނީ.. އަނިޔާ ލިބުނު މީހުންގެ ހައްގު ކޮބާ؟ އިމްރާން އައުޓް
ހައްހައްހާ.. ޖޯކް އޮފް ދަ މިލޭނިއަމް.
ސިހުރު އަނދުން ނާޅައެއްނު މިއަދު އަވަސް އަރުވާފަ ތިދިޔައީ. އެހެންވެ ވާނުވާ ނޭނގުނީ. ކޯސްޓުކިރުދަޅަކާ ފަހަރިއެއް ގަބޫލު ނުކޮށްގެން އަސްލު އެއުޅެނީ.
އަދުންހުސެންމެންގައިގަމިހުންނަ ސިފައަކީ ޖަނަވާރުންގެގައިންފެއްނަ ސިފަ އެއްވެސްކަހަލަ އަހުލާގެއްވެސްނެއްމީހެއް އަދިންހުސޭނަކީ
އަސްލު އެންމެ ގާބިލު މީހަކީ އަނދުން ހުސޭނު. ޙުސޭނަށް ޓިކެޓް ދޭން ބޭނުމީ. އެކަމަކު ހައްތާވެސް ހުސޭނު ނޫނެކޭ ބުނެފާނެތީ ބިރުން އިމްރާނަށް ދޭން އުޅުނީ. އުޅުނީމަ އޭއްޗަކުވެސް ބުނީ ނޫނެކޭ. ދެން މިޓިކެޓާ ހަވާލުވާނެ މީހަކު ނުވެގެން މިއުޅެނީ. އަޅެ ހުސޭނު މީތި ނަގަންވީނު. ޕްލީޒް!
ދެން އަތް ޖައްސަވާ ..
ޚަލޯގަޔާ! މި އުދުން ހުސޭނު މީ އަޅެ ކާކުތަ؟ ސަރުކާރަށް ބައު އުޅަނދު ވިއްކާ ވަގެއް މީ! ނުކިޔާ ގްރޭޑް 4 ނިންމާފަ މީނަޔާ ދޮންބިލެތް ހަލީމާއި ދެމީހުން މި މަޖިލީހަކަށް ވަނީ! މި މީހިންގެ އަގައިން ނުކުންނާނީ އެތެރޭގަ ހުރި އެއްޗެއްތާ! ޤާސިމަ އަންހެނުން ނަހުލާ އަދުން ހުސޭނަށް ސަލާމް ބުނި! ވަރަށް ސަލާން 😂
ރޯ ބުހުތާން ދޮގު ހަދަން މި މީހުން ޖެހިލުމެއްވެސްނުވޭ
އިމްރާނަ ވުރެ ހުސެން ކަލޭވެސް ރިޔަސި ޓިކެޓް ދެން އިމްރަނަވުރެ އިމްރާން ހަ ދާކަހަލަ ދޮގް ނަހަ ދާއި ދެވެތޯބަލަ
މިއަނދުން ވެސް މިއީ ބުރާންޗެއް
އަނދުންއަޅައިގެން ކަލޭ ހުރެބަލަ އަހަރުމެން ބިރެއްނުގަނޭ އަދުންހުއްޔެއް ޖަހާފާނެތީ .
މިހާރުމިވީގޮތުން ޢިމްރާނާއެކު ޢިމްރާނުގެއަންހެނުންދަނިކޮށްވެސް އެކަހަލައާދައިގެކަމެއް ކޮށްލެވިދާނެ ދެއްތޯ؟
އަނ ދުން އަޅާ ބޭފުޅުންނަށް ތިހެން ހީވެ ދާނެ!
ތިޔައީފީއަނދުން ކިތަންމެވަރައްގޭނިޔަސް ތިޔަކުންކުލައެއްނުނިކުންނާނެ ވަރައްސަލާމް
މީ އަދުނަކީ ޤައުމުގެ ޙަލާކު
ސާބަހޭ ހަމަމޮޔަވަނީއުތަ ކާކުއުޅެނީ އިމްރާނަކީ މީހަކަށް ބަލައިގެން އެވަރެއްނެތިގެން ކަލޭމެން ކަހަލަ ވަގުންނަށް މިއަދު މާމީހަކަށްވިޔަސް އެހެންމީހުންނޫޅެ މިކަހަލަޖާހިލަކަށް ރިޝްވަތުދީގެން ކުލަބަދަލުކުރާކަށް ތަންކޮޅެއްކުރިން 7 އަހަރު ކުރިން އިމްރާނޭބުނީމަ ފަޚުރުވެރިވެވޭ ނަމަވެސް މިހާރު ހަމަޖާހިލުންގެ ޕިޔޯނެއްގެ އިހްސާސްވަނީ ކަލޭމެން ދުނިޔެ އުމުރައް ތިޔްޒާތަށް ވަށްކަންކުރާނަމޭ ހީކުރަންތަ މާދަމާވެސް ނޭގެގޮތެއް ތިޔަހައިސިއްޔަތު ވެއްޔާމޮޑެވި ސަލާންޖަހަން ނާށިގަނޑު ހިފައިގެން ދުވަން ޖެހިދާނެ
ތިޔައީ މަނިކުފާނު ހެއްކެތް ޤަރީނާއެއް ނެތި ހައްދަވާ ބުހުތާނު ސިޔާސީ ދޮގު. މޭޑޭ ގެ މަތިން ހަނދާންކުރައްވާ. އެންމެ އާދައިގެ އެކްޓިވިސްޓެއްހެން ނޫސްތަކުން ބުހުތާނު ޚަބަރު ނަގައިގެން ކުޅުއްވި ސްޓަންޓް މަތިން ރައްޔިތުން ހަނދާން އެބަހުރި. މަތީ މަޤާމު ލިބިވަޑައިގަތީމަ މަރިޔަނބުވެސް ގެއްލުނީ. 05 ދަރިންގެ މަންމަ އެއްލާލި މީހަކަށް ތިޔަކަހަލަ ސިޔާސީ ސްޓަންޓް ކުޅުމަކީ ބޮޑުކަމެއް ނޫން. ޢިމްރާނު ލަދު ކޮބާ؟؟؟
ބަލަ އަދުނާ ޕީޕީއެމުންނޫޅޭ އިމްރާނަށް ޓިކެޓްދޭކަށް އަދި ޓިކެޓް ކިހިނެއްދޭނީވެސް ޕްރައިމަރީން އިމްރާނަށް ނުލިބޭނެ 1 ވޯޓުވެސް، ޕީޕީއެމްގައި ގާބިލް ބޭފުޅުން އެބަތިއްބެވިއެވެ. ޔާމީން ނެތްނަމަ، ގަސްއާން، ޑރ. ވަހީދު، އުމަރު ނަސީރު، މިހެންގޮސް ބައިވަރު ޤާބިލް ބޭފުޅުން އެބަތިއްބެވެ.
މަ ހާދަ ފޫހިވާ ގޮލައެކޭ މީ، އަނދުނޭ.
އިދިކޮޅުން އިމުރާނޔ ވަކިކުރަން އުޅެނީ އަދުން ހުސެންގެ ދޮންަފާއަކައް ނުވީމަ ކަލޭކިޔާބަލަ ބަނޑުގެ ހަނގަޑޭ
އިންރާނަށް ރިޔާސީޓީކެޓް ދޭނެ ބަޔަކު މިގައުމުގައި ނޫޅޭނެ ކުރީގެ އަންމީހާވެސް އަދި މިހާރުގެ އަންބިމީހާވެސް ތިނުދޭނެ އެސޮރަކަށް