ރައްޔިތުން މަޖިލީހުގައި ޤުރުއާނުގެ އާޔަތްތައް ނުކިއުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެދުމުން ކުރީގެ ނައިބު ރައީސް ގާނޫނީ ވަކީލު ޑރ.މުހައްމަދު ޖަމީލް އަހުމަދު ފާޑުވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލް ވިދާޅުވީ ކީރިތި ޤުރުއާނަކީ މުސްލިމުންނަށް އެންމެ ސައްހަ ގައިޑް ކަމަށާއި، ގާނޫނު އަސާސީގެ 10 ވަނަ މާއްދާއިން ޝަރީއަތް ލާޒިމް ކަމަށާއި، މަޖިލީހުގެ ރައީސްގެ މި އެންގެވުމަކީ ގާނޫނާއި ހިލާފް އެންގުމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ލާދީނީ ފަރާތްތަކަށް ހިތްވަރު ލިބޭނެ ކަމަށާއި، މިކަމަށް ނަޝީދު މާފަށް އެދެން ޖެހޭ ކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ.

އިއްޔެ ބޭއްވި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް މަރުހަލާގައި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ގުރްއާނުގެ އާޔަތެއް ވިދާޅުވެ އޭގެ މާނަ ވިދާޅުވާން ފެއްޓެވުމުން ނަޝީދު ވަނީ އޭނާގެ ވާހަކަ ހުއްޓުވައި މަޖިލީހުގައި އާޔަތްތައް ވިދާޅުވާ އިރު ކުރިން ވެސް ސައްހަ ނޫން ގޮތަށް ބައެއް ފަހަރު އާޔަތްތައް ވިދާޅުވާކަން ފާހަގަ ކުރައްވާފައެވެ.

އެހެންކަމުން އެކަން އެގޮތަށް ނުކުރުމަށް ރައީސް ނަޝީދު އެދިވަޑައިގެންނެވިއެވެ.

"އަޅުގަނޑު ގުރުއާން ހިތު ދަހެއް ނޫން އެހެންވީމަ މިތަނުގައި އަޅުގަނޑު ރިޔާސަތުގައި އިނދެ އިއްޒަތްތެރި މެމްބަރުން ގުރުއާނުގެ އާޔަތްތައް ވިދާޅުވަމުން ގެންދަވާއިރުގައި އަޅުގަނޑަށް އޭގެ ސައްހަކަން ކަށަވަރެއް ނުކުރެވޭ. އިއްޒަތްތެރި މެމްބަރުން، މިތަނުގެ ޝޭހުން މަދު ދީނީ އިލްމުވެރިންނެއް ނޫން އިއްޒަތްތެރި މެމްބަރުންނަކީ. އެހެންވީމަ އެ މަގަށް ވާހަކަ ގެންދަވާތީ މިހެން މިދެންނެވީ،" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވުމުން ސަލީމް ވަނީ އެހެން ރައީސް ނަޝީދު ދެންނެވީ އެމަނިކުފާނުގެ ހިތުގައި ގުރުއާނާ މެދު ދެކެވަޑައިގަންނަވާ ގޮތުގެ ސަަބަބުން ކަމަށް ވިދާޅުވެފައެވެ.

"އެއީ އިއްޒަތްތެރި ރައީސްގެ ހިތްޕުޅުގައި ގުރުއާނާ މެދު އޮތް ގޮތް ގޯސްވުމުން ކަމަށް ވެދާނެ." ސަލީމް ވިދާޅުވިއެވެ.

ސަލީމް އެހެން ވިދާޅުވުމުން ރައީސް ނަޝީދު ވަނީ ކޯފާ އިސްކުރައްވާ ސަލީމްއަށް އެހެން ވާހަކަ ނުދެއްކެވޭނެ ކަމަށް ވިދާޅުވެފައެވެ.

ނަޝީދު އިއްޔެ މަޖިލީހުގައި ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން ވަނީ އެމަނިކުފާނަށް އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ައަނިޔާވެރި ސަރުކާރު

    ތަރުޖަމާން އެކު ވިދާޅުވާށޭ އެބުނަނީ.....

    3
    1
  2. ޓައްޕު

    ގުރުއާން ކިޔަވާ ކޮންމެ މީހަކީ ލަފާ މީހެއްނޫނެވެ ލަވަ ކިޔާ ކޮންމެ މީހަކީ ލާދީނީ މީހެއްވެސް ނޫނެވެ އެކަމަކު ﷲ އަށް ގޮންޖަހާ އިސްލާމްދީން ހިމާޔަތް ނުކުރާ ކޮންމެ މީހަކީ ޝައިތޯނެކެވެ

    17
    1
  3. އޭކޭ

    ޖަމީލު ކަލޭތީކާކުތަށް އަގަފަޅަން ލަދުހަޔާތުގެ ކަންފުޅެއްވެސް ކަލޭގަޔަކުނެތޭ

    5
    19
  4. އަލީ ވަޙީދު

    سبحان الله

    12
  5. ކަނބުލޮ

    އަންނި އަށް އަޅުގަނޑު ސުވަަލެއްކުރަން ބޭނުން. ޤުރުއާން ހިތުދަސް މީހުންނަށްތީ ްުރުއާން އަޑު އެހުން އޮންނަންވީ. ތިބޭފުޅާ ނަމާދު ކުރައްވަނީ ނަމާދުގައި ކިޔާ ތަކެތީގެ މާނަ އެނގިލައްވައިގެންތޯ #އަންނި

    16
  6. ޅަބޭ

    ކެނެރީގޭ ފުރޭތަ ނުބުންޏަސް، ރާއްޖޭގަ ގުރުއާން ކިޔަވާމީހުން ދަނީ ދުވަހަކައްފަހު ދުވަހެއް މަދުވަމުން.

    1
    2
  7. ޒާ

    ގުރުއާނުގެ އަޑު އިވޭހިނދު ޝައިޠާނާ ބިރުން ތެޅިގަނެއެވެ.

  8. ސިއްތި

    މީ ވެރިކަމަށް އަންނަންވެގެން ޔަހޫދިންގާތުވިވަޢުދެއް އިސްލާމްދީނާދުރަށް ރައްޔިތުން ގެންދަން މަސައްކަތް ކުރާނެކަން އޭރުން އެވެރިން ނަހައްގުން ލާރިލިބޭނީ